މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް މަތިވެ ހައްދު ފަހަނައަޅާފައިވަނިކޮށް, އެންމެހާ މުސްލިމުންވެސް ފަސާދައާއި ދެކޮޅަށް ތެދުވާންޖެހޭނެ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
އާޝޫރާ ދުވަހުގެ މާތްކަމާއި ގުޅޭގޮތުން މިއަދު ގެނެސްދިން ޚުތުބާގައި ވިދާޅުވީ ދުނިޔެ ފަސާދަކުރާ މީހުންނަށް ގަދަފަދަ އަޒާބު ދެއްވާ ނެތި ކުރައްވާނެކަމަށާއި, އެންމެހާ ރައްޔިތުންގެސް ފަސާދައާއި ދެކޮޅަށް ތެދުވާން ޖެހޭނެ ކަމުގައެވެ.
މުސްލިމް އަޚުންނޭވެ! ފިރުޢައުނު ޢަރަގު ކުރެއްވި ހާދިސާއިން އެނގެނީ މާތް اللهއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވާ ނެތިކުރައްވާނެ ކަމެވެ. އެމީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެ ކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެ ކަމެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި ވިދާޅުވީ މާތްﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައިވެސް އިއްޒަތާއި، ޝަރަފާއި ގަދަރު ދެއްވާނެ ކަމަށާއި، ފިރުއައުނު އަރަގު ކުރެއްވި ހާދިސާފަދަ ހާދިސާތަކުން އިބުރަތް ހާސިލްކޮށް، ނަފްސު އިސްލާހު ކުރާ ބަޔަކު ކަމުގައި މުސްލިމުން ވާންޖެހޭނެ ކަމުގައެވެ.
ފަސާދައާއި ދެކޮޅަށް ތެދުވުމަށް މިއަދުގެ ޚުޡުބާގައި ގޮވާލެއްވިއިރު, މުއިއްޒުވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ ބޮޑުވެ, ދައުލަތް އޮތީ ބަނގުރޫޓް ވުމުގެ މަގުމަތީގައެވެ.
އެހެންނަމަވެސް މުއޮއްޒުގެ ކޮރަޕްޝަނާއި ފަސާދައަށް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.