ޚަބަރު

މަޖިލިސް މެމްބަރުންނާއި ސިޔާސީ މަގާމްތަކުގަ ތިބި ފަރާތްތަކުގެ ތެރެއިން, ޔާމިންއާއި ގުޅުން ބާއްވާކަމަށް ޝައްކުވާ ފަރާތްތައް ޖަގަހަ ޖަލްސާތަކުގައި ވާހަކަ ދައްކަން ޕޯޑިއަމަށް އަރުވަން ފަށައިފި! ޝައްކުގެ ބަލިމަޑުކަން މުއިއްޒުގެ ނަފްސާނީ ބައްޔަކަށް!

ދިޔަވަރު
މަޖިލިސް މެމްބަރުންނާއި ސިޔާސީ މަގާމްތަކުގަ ތިބި ފަރާތްތަކުގެ ތެރެއިން, ޔާމިންއާއި ގުޅުން ބާއްވާކަމަށް ޝައްކުވާ ފަރާތްތައް ޖަގަހަ ޖަލްސާތަކުގައި ވާހަކަ ދައްކަން ޕޯޑިއަމަށް އަރުވަން ފަށައިފި! ޝައްކުގެ ބަލިމަޑުކަން މުއިއްޒުގެ ނަފްސާނީ ބައްޔަކަށް!

ސަރުކާރުގެ ސިޔާސީ މަގާމްތައް ދީފައިވާ ޕީއެންސީގެ ފަރާތްތަކާއި މަޖިލިސް މެމްބަރުންގެ ތެރެއިން, ޔާމިންއާއި ގުޅުން އޮންނަކަމަށް ޝައްކުރެވޭ, އަދި ރައީސް މުއިއްޒުއަށް އިތުބާރު ނުކުރެވޭ ފަރާތްތަށް ޕީއެންސީގެ ހަރުގޭގައި އޮންނަ ޖަގަހަ ޖަލްސާތަކުގައި ވާހަކަ ދައްކަަން އަރުވަން ފަށައިފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ, ޕީއެންސީގެ ހަރުގެ ޖަލްސާތަކުގައި ވާހަކަ ދައްކާ ފަރާތްތަކުގެ ލިސްޓު އެކުލަވާލާއިރު, ޖަގަހަ ޖަލްސާތަކުގައި ވާހަކަ ދައްކަންޖެހޭ ލިސްޓުގައި ހިމެނުމަށް މިހާރު އިސްކަން ދެމުންދަނީ ރައީސް ޔާމިންއާއި ގުޅުން ބާއްވާކަމަށް ޝައްކު ކުރެވޭ ފަރާތްތަކަށް އިސްކަން ދީގެން ކަމުގައެވެ.

އޭގެ އެއް ބޭނުމަކީ, ޔާމީނަށް ހަމްދަރުދީވާ, ނުވަތަ ޔާމިންއާއި ގުޅުން ބައްވާކަމަށް ޝައްކުރެވޭ ފަރާތްތަކަށް ޔާމިނަށް ފާޑުކިޔުއްވަން މަޖުބޫރުކޮށް, އެފަރާތްތަކުން ޔާމިނާއި ބާއްވާކަމަށް މުއިއްޒު ޝައްކު ކުރައްވާ ގުޅުން ކަނޑުވާލުން ކަމުގައިވެސް "ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އޮފިޝަލް ވިދާޅުވީ ޕީއެންސީގެ ލީޑަރޝިޕް ހިމެނޭގޮތުން, ސިޔާސީ މަގާމްތަކުގަ ތިބި އެއްވެސް ފަރާތަކަށް މުއިއްޒުއަށް އިތުބާރު ނުކުރެއްވޭ ކަމުގައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީވެސް, ޕީއެންސީގެ ފަރާތުން ސިޔާސީ މަގާމްތަކުގަ ތިއްބެރި ފަރާތްތަކުން ރައީސް ޔާމިންއާއި ސިއްރިޔާތުގައި ގުޅުން ނުބާއްވާނޭކަމަށް މުއިއްޒުއަށް ގަބޫލު ނުކުރެއްވުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން ޕީއެންސީގެ ޖަގަހަ ޖަލްސާތަކުގެ ޕޯޑިއަމަށް މީހުން ހަމަޖައްސާއިރު, ރައީސް ޔާމިންއާއި ގުޅުން ބާއްވާކަމަށް ރައީސް މުއިއްޒުއަށް ޝަކު ކުރެއްވޭ މީހުންނަށް އިސްކަން ދީގެން, ޕޯޑިއަމުގައި ވާހަކަ ދައްކަންޖެހޭ މީހުން މިހާރު ހަމަޖައްސަން ފަށާފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުންނެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން މުއިއްޒުވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވިދާޅުވެ ވީ ވައުދަށް ޚިޔާނާތްތެރިވެ, ރައީސް ޔާމިނަށް ލާއިންސާނީ އެތައް އަނިޔާއެއް ދީފައެވެ.

އަދި މުއިއްޒުގެ އަރިހުގައި ތިއްބެވި ގިނަ ފަރާތްތަކަކީ ރައީސް ޔާމިނަށް ހިތާއި ރޫހުން ވަރަށް ބޮޑަށް އަދިވެސް ތާއީދުކުރާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.