ދައުލަތުގެ ބޮޑުން މީރު ކާނާ ކައިގެން, ފަސްޓު ކުލާހުގައި އުދުހެމުން ދިޔަނަމަވެސް, އާދައިގެ ނިކަމެތި ރައްޔިތުން ޖެހޭނީ ގަރުދިޔައާއި ބަތާ ކައިންގެން އުޅެންކަމަށް ބުނި, ޕީއެންސީގެ ޕޯޑިއަމްގައި ރައްޔިތުންނަށް މަލާމާތްކުރި އަލީ އާރިފްއަކީ, ޖުމުހޫރީ ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަގާމުގައި އޭނާހުރި އިރު, ކުނޫޒުގައި ވަޒީފާ އަދާކުރަމުންދިޔަ 20 އަހަރުގެ ޅަ އަންހެން ކުއްޖަކު ފެނިގެން އޭނާއާހެދި ދީވާނާވެ, އަމިއްލަ އުފަން ދަރިން މަގުމަތި ކޮށްލި މީހެންކަން ހާމަވެއްޖެއެވެ.
ރައީސް މުއިއްޒުއާވެސް ތިމާގެ ގުޅުންއޮންނަ, އަލީ އާރިފް ރައީސް ޔާމިންގެ ވެރިކަމުގައި އޭރު ހުންނެވީ މަޖިލިސް މެމްބަރެއްގެ މަގާމްގައެވެ. އަދި އޭނާ އޭރު އުޅުއްވާފައިވަނީ ޕީޕީއެމްގެވެސް އިސް ފަރާތެއްގެ ގޮތުގައިވެސް މެއެވެ. އެހެންނަމަވެސް ރައީސް ޔާމިން 2018ގެ ރިޔާސީ އިންތިޚާބުން ބަލިވުމާއެކު, އަދި އަލީ އާރިފް 2019ގެ މަޖިލިސް އިންތިޚާބުން ބަލިވުމާއެކު, ރައީސް ޔާމިންއާއި ޕީޕީއެމް ދޫކޮށް އޭނާ ގުޅުނީ މަހުޖަނު ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީއާއެވެ.
އެގޮތުން ޖުމުހޫރީ ޕާޓީގައި އޭރު އުޅެމުންދިޔަ އިލްހާމް އަހުމަދުއާއި އަދި ރިޔާޒު ރަޝީދުމެންފަދަ ބައެއް ފަރާތްތަކާއި ގާތް ގުޅުމެއް އުފައްދާ, މަހުޖަނު ގާސިމް އިބުރާހިމްގެ ބޮލަށް ސަވާރުވެ, އޭނާ ކަށަވަރު ކުރީ ޖޭޕީގެ ސެކެޓްރީ ޖެނެރަލްގެ މަގާމެވެ. އެމަގާމްގައި އޭނާ ހުރިއިރު, މަހުޖަނު ގާސިމް ގެންދެވީ އަލީ އާރިފަށް މަހަކު 60,000 ރުފިޔާގެ މުސާރައެއް ދެމުންނެވެ.
އަލީ އާރިފް ޖުމުހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމްގައި ހުރެ, އޭނާ ކުރައްމުންދިޔަ އެއްކަމަށް ވެގެންދިޔައީ, ޖޭޕީގެ މައި މަރުކަޒު ކުނޫޒުގައި ވަޒީފާ އަދާކުރަމުންދިޔަ ޒުވާން އަންހެން ކުދިންނާއި މައްލަވަކޮށް, އެކުދިންނާއި ބެހުންކަމަށް, ކުނޫޒުގައި އޭރު ވަޒީފާ އަދާކުރަމުންދިޔަ ފަރާތްތަކުން ބުނެފައި ވެއެވެ.
އެގޮތުން ޖޭޕީގެ ކުނޫޒުގައި ވަޒީފާ އަދާކުރަމުންދިޔަ ޒުވާން އަންހެންކުދިންނާއި ލޯބީގެ ގުޅުން އުފައްދާ, އޭނާ އެންމެފަހުން މުށުތެރެއަށް ލީ, މަހުޖަނު ގާސިމް އިބުރާހިމްގެ އަތުން ލާރިކޮޅުކޮޅު ހޯދުމަށް އޭރު ޖޭޕީ ޖަގަހާގައި މުގޯލި އަޅައިގެން އުޅުނު ޖަޢުފަރު ޝަފީޢު (ޖޯރޭ)ގެ, އުމުރުން 20 އަހަރުގެ އަންހެންް ދަރިފުޅާއެވެ.
ޖޯރޭގެ ދަރިފުޅު އޭރު ވަޒީފާ އަދާކުރަމުން ދިޔައީ, ޖުމުހޫރީ ޕާޓީގެ ވަޒީފާގައި ކުނޫޒްގައެވެ. އަދި އެންމެ ފަހުން, ޖޯރޭގެ 20 އަހަރުގެ އަންހެން ދަރިފުޅާއި އަލީ އާރިފް ކައިވެނި ބައްލަަވައިގަތީ, އަލީ އާރިފްގެ އަނބިކަނބަލުންގެ ނުރުހުމުގައި, އަމިއްލަ އުފަން ދަރިން މަގުމަތި ކޮށްލުމަށްފަހުއެވެ.
މިއީ, ނިކަމެތި ރައްޔިތުން ބޯންޖެހޭނީ ގަރުދިޔަކަމަށް ބުނަމުންއަންނަ, ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަލީ އާރިފްގެ އަމިއްލަ ދިރިއުޅުމުގެ ފެންވަރެވެ. އޭނާގެ އަމިއްލަ އާއިލާގެ މައްޗަށް އޭނާގެ ހިތުގައި އޮތް ކުލުނާއި ލޯބީގެ ވާހަކައެވެ. އަމިއްލަ އެދުމާއި, އޭނާ އުޅުމާއި އަޚުލާގު ހުރި ފެންވަރެވެ.
އެހެންކަމުން, ނިކަމެތި ރައްޔިތުންމީހާއަށް ހައްގީ ގަރުދިޔައާއި ބަތްކަމަށް އޭނާ ދެކުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. އަމިއްލަ އުފަން ދަރިންނާއި އާއިލާއަށް ކުލުނެއް ނެތް މީހަކު, ނިމަކެތި ރައްޔިތު މީހާއަށް ކުރާނީ ކޮން އިހުތުރާމެއްތޯއެވެ. މިއީ މިސަރުކާރުގެ މަތިފަޑީގައި ތިބި ފަރާތްތަކުގެ އުޅުމާއި އަޚްލާގު ހުރި ފެންވަރެވެ. އެފަރާތްތަކުގެ ވިސްނުމާއި ފިކުރު ހުރި ގޮތެވެ. މިއީ މިސަރުކާރުގެ އަސްލު ހަގީގަތެވެ.