ޚަބަރު

މިޔަންމާއިން ހިންގި ގަތުލުއާންމާއި ދެކޮޅަށް ގެމްބިޔާއިން ހުށައަޅާފައި މައްސަލައިގެ ތެރެއަށް ރާއްޖެ ވަދެއްޖެ! ނަމަވެސް ވީގަރ މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތައް މުއިއްޒަށް ރަނގަޅު؟

ދިޔަވަރު
މިޔަންމާއިން ހިންގި ގަތުލުއާންމާއި ދެކޮޅަށް ގެމްބިޔާއިން ހުށައަޅާފައި މައްސަލައިގެ ތެރެއަށް ރާއްޖެ ވަދެއްޖެ! ނަމަވެސް ވީގަރ މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތައް މުއިއްޒަށް ރަނގަޅު؟

މިޔަންމާއިން ހިންގި ރޮހިންގޔާ މުސްލިމުންނާއި މެދު ހިންގި ގަތުލުއާންމާއި ގުޅިގެން ގެމްބިޔާއިން ބައިނަލް އަގުވާމީ ކޯޓަށް ހުށައަޅާފައި މައްސަލައިގެ ތެރެއަށް ރާއްޖެ ވަދެއްޖެ ކަމަށް ބަންޑާރަނައިބް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ހާމަ ކޮށްފިއެވެ.

ބައިނަލް އަގުވާމީ ކޯޓުގައި އޮތް މި މައްސަލާގެ ތެރެއަށް ރާއްޖެ ވަންކަން ސަރުކާރުން ހާމަ ކުރި އިރު، ބޮސްނިޔާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލުއާންމުއާއި ގުޅޭ ގޮތުން ދުވަހެއް ފާހަގަ ކުރަން އދ. އިން ކުރި މަސައްކަތާއި ދެކޮޅަށް ދިވެހި ރާއްޖެއިން ޗައިނާގެ އެދުމުގެ މަތިން ވޯޓު ދީފައި ވެއެވެ.

ޗައިނާއިން ވީގަރ މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލު ތަކާއި ދެކޮޅަށް އދ. ގައި ވާ މައްސަލަ ތަކުގެ ތެރެއަށް ސަރުކާރުން ވަދެ، ޗައިނާގެ ރައްޔިތުންގެ ގޮތުގައި ތިބި ތުރުކީގެ ނަސްލަށް ނިސްބަތްވާ ވީގަރ މުސްލިމުންގެ ތެރެއިން މިލިއަނެއްހާ މީހުން ޖަލަށް ލައި ދެމުންދާ ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް ބަސް ބުނެ، ތެދުވުމަށް މުއިއްޒުގެ ސަރުކާރު ނުކުޅެދިފައި ވަނީ ކީއްވެތޯއެވެ؟

މުސްލިމް އުއްމަތަކީ އެއް އުއްމަތެކެވެ. ބޮސްނިޔާގައި ތިބީ ވެސް ހަމަ މުސްލިމުންނެވެ. ޗައިނާގައި ތިބީ ވެސް ހަމަ މުސްލިމުންނެވެ. ފަލަސްތީނުގައި ތިބީވެސް ހަމަ މުސްލިމުންނެވެ. ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުން ފަދަ އިސްލާމީ އުއްމަތަށް ނިސްބަތްވާ މުސްލިމުންނެވެ.

ދިވެހި ދައުލަތުން އިސްލާމީ އުއްމަތަށް އޮންނަން ޖެހޭ ލޯތްބާއި އިހްސާންތެރި ކަމަކީ، ދީން ޤަބޫލު ނުކުރާ ޗައިނާއިން އަންގާ ގޮތަކަށް އޮންނަން ޖެހޭ އެއްޗަކަށް މިއަދު މިވަނީ ވެފައެވެ.