ޚަބަރު

ލަންކާގެ ދިވެހި އެމްބަސީގެ މުވައްޒަފުންނަށް ދެމުންއައި 300 ޑޮލަރުގެ ހައުސިލް އެލަވަންސްގެ ބަދަލުގައި, ގޭގެ ކުލި ދައްކާ ދޭން ފަށައިފި! މުވައްޒަފުން މިހާރު ދިރިއުޅެނީ އަގުބޮޑު ލަގްޒަރީ ރެސިޑެންޝަލް މޯލް ތަކުން އެޕާރޓްމަންޓްތައް ނަގައިގެން!

ދިޔަވަރު
ލަންކާގެ ދިވެހި އެމްބަސީގެ މުވައްޒަފުންނަށް ދެމުންއައި 300 ޑޮލަރުގެ ހައުސިލް އެލަވަންސްގެ ބަދަލުގައި, ގޭގެ ކުލި ދައްކާ ދޭން ފަށައިފި! މުވައްޒަފުން މިހާރު ދިރިއުޅެނީ އަގުބޮޑު ލަގްޒަރީ ރެސިޑެންޝަލް މޯލް ތަކުން އެޕާރޓްމަންޓްތައް ނަގައިގެން!

‏ސްރީލަންކާގެ އެމްބަސީގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް ހައުސިންގ އެލަވަންސްގެ ގޮތުގައި މީގެ ކުރީ ސަރުކާރުތަކުން ހަމަޖައްސަމުން އައިސްފައިވަނީ އެފަރާތްތަކުގެ މުސާރައާއި ފިކްސްޑް ހައުސިން އެލެވަންސްގެ ގޮތުގައި 300 ޔޫއެސްޑީ ދޭ ގޮތަށެވެ.

މި ސަރުކާރު މިހާރު ވަނީ ސަރުކާރު ވަޒީފާގައި ސްރީލަންކާގެ ދިވެހި އެމްބަސީ އާއި ސޯސަންވިލާގެ އުޅެމުންދާ ފަރާތްތަކުގެ ގޭގެ އެގްރިމަންޓް ކުލި އެނގޭގޮތަށް އެމްބަސީއަށް ހުށަހެޅުމުން ފުލްކޮށް ހައުސިންގ އެލަވަންސް (ގޭގެ ކުލި އެކީ ލިބޭގޮތަށް) ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެޕާރޓްމަންޓްގެ އެޑްވާންސް ފައިސާވެސް އެމްބަސީގެ ބަޖެޓުން ވަނީ ހަމަޖައްސަން ނިންމާފައެވެ. އެގޮތުން ސްރީލަންކާގައި ދިވެހި އެމްބަސީގެ އާއި ސޯސަންވިލާގެ ވަޒީފާގައި އުޅޭ ގިނަ ފަރާތްތައް ވަނީ ސްރީލަންކާގެ އަގު ބޮޑު ލަގްޒަރީ އެޕާރޓްމަންޓްތައް ބޮޑު އަގުގައި ނެގުމަށްފަހު ސްރީލަންކާ އެމްބަސީއަށް ހުށަހަޅާ ފައިސާ ނަގަމުންނެވެ.

މީގެ ބައެއް މުވައްޒަފުން 5 މަހަށް ގަޑުކޮށް ފައިސާ ދައްކާ ގޮތަށް ވެސް އެގްރިމަންޓް އެމްބަސީއަށް ހުށަހަޅާފައިވެއެވެ. އެގޮތުން ސަރުކާރު ފަރާތުން ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ ބައެއް ފަރާތްތައް އަގު ބޮޑުކޮށް ލަގްޒަރީ ރެސިޑެންޓަލް މޯލް ތަކުން އެޕާރޓްމަންޓް ކުއްޔަށް ނަގާފައިވެއެވެ. މި ފައިސާ ހަމަޖައްސަނީ ސްރީލަންކާ އެމްބަސީ މެދުވެރިކޮށް ޕޮރިންގ މިނިސްޓްރީ ބަޖެޓުގެ ތެރެއިން ސީދާ ޔޫއެސްޑީ ޑޮލަރު އެ މުވައްޒަފުންނަށް ލިބޭ ގޮތަށެވެ.

މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންގެ ޕްރޮމޯޝަންތަކާއި އިތުރު ގަޑީގެ ފައިސާވެސް ހިފަހައްޓާފައިވި ނަމަވެސް, ސަރުކާރުން ގެންދަނީ ސިޔާސީ މަގާމްތަކަށް ކުރާ ހޭދަތައް ބޮޑުކޮށް, އެމްބަސީތަކަށް ބޮޑު މުސާރައިގައި ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުންނެވެ.

އެގޮތުން ދާދިފަހު މުސަރުކާރުންވަނީ, ރައްޔިތުން ޖެހޭނީ ގަރުދިޔައާއި ބަތް ކައިގެން އުޅެންކަމަށް ވިދާޅުވި, ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފްގެ ބަފާބެ, ޖޯރޭ (ޖައުފަރު ޝަފީއު)އަށް ސްރީ ލަންކާގެ އެމްބަސީން 80,000 ރުފިޔާގެ މުސާރައެއްގައި މަގާމް ހަމަޖައްސާފައެވެ.

އެހެންނަމަވެސް ޖޯރޭއަކީ ކިޔަންކިޔަން ނުދަންނަ މީހެއްކަން ފާހަގަ ކޮށްލެވެއެވެ.