ޚަބަރު

ޕޮލް: އެންމެ ރަނގަޅު ސިޔާސީ ވާހަކަ މިހާރު ދައްކަނީ ރައީސް ޔާމީން

ދިޔަވަރު
ޕޮލް: އެންމެ ރަނގަޅު ސިޔާސީ ވާހަކަ މިހާރު ދައްކަނީ ރައީސް ޔާމީން

ދިޔަވަރު ނޫހުން އިއްޔެ އާއި މިއަދު ނެގި ޕޮލް އިން ރައީސް ޔާމީން އަކީ މިހާރު އެންމެ ރަނގަޅު ސިޔާސީ ވާހަކަތައް ދައްކަވާ ލީޑަރު ކަމަށް %65 މީހުން ވޯޓު ދީފިއެވެ. ދިޔަވަރު ނޫހުން ޓްވިޓަރ ގައި 24 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޕޮލްގައި، 334 ފަރާތެއް ބައިވެރި ވެފައި ވެއެވެ. އެހެން ކަމުން މިއީ ރަނގަޅު އަދަދެއްގެ ސާމްޕަލިންގ އެއް ކަމަށް ބެލެވިދާނެއެވެ.

މި ޕޮލްގައި އެމްޑީޕީއަށް ލިބިފައި ވަނީ %24 އެވެ. އަދި މިހާރުގެ ސަރުކާރުގެ މިނިސްޓަރުންނަށް ލިބިފައިވަނީ %11 އެވެ. ސަރުކާރަށް %11 ލިބިފައިވަނީ އިޤްތިޞާދީ ގޮތުން އެއްވެސް އިލްމެއް ލިބިފައި ނުވާ، މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް ބުނެފައި ވަނިކޮށް، ރާއްޖޭގެ ހާލަތު ވަރަށް ގޯސް ކަމަށް ވިދާޅުވެ، މުއިއްޒުގެ އާއިލީ ގާތް ބޭފުޅެއް އަދި ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށްވާ އަލީ އާރިފް، އިޤްތިޞާދު ރަނގަޅު ކުރުމަށް، ދިވެހި ރައްޔިތުން ގަރުދިޔާ ބަތާއި ކެއުމަށް އެދިފައި ވަނިކޮށެވެ.

https://twitter.com/DhiyavaruNews/status/1813225648254800023
ދިޔަވަރުން ނަގާފައި ވާ ޕޮލް.

ރައީސް ޔާމީން ގެނެސްދެއްވާ ސިޔާސީ ވާހަކަ އަށް ރައްދު ދިނުމުގެ ގޮތުން ޕީއެންސީ އިން ރައީސް މުއިއްޒުގެ އެދުމުގެ މަތިން، ހަރުގެ ޖަލްސާ ބާއްވައި ރައީސް ޔާމީނަށް ހަމަލާ ދެމުން ދަނިކޮށް، ގަރުދިޔަ ބުއިމަށް ބުނެވި، ދިފާޢަށް ނުކުތް ޕީއެންސީގެ ލީޑަރޝިޕް ބައިކޮޅަށް ގޯލް ޖައްސަވައި، މިހާރު ތިއްބެވީ ރައީސް އޮފީހަށް ވަދެ ފިއްލަވައެވެ.

ރައީސް ޔާމީން ޖަލްސާތައް ކުރިއަށް ގެންދަވާ އުސްލޫބުގެ ސަބަބުން، ރައްޔިތުންނާއި އޮންނަ އެންގޭޖްމެންޓް ވަނީ އިތުރު ވެފައެވެ. މީގެ ސަބަބުން އެމަނިކުފާނަށް އޮތް ތާޢީދު ސަރުކާރު ތެރޭގައި ތިބި ފަރާތްތަކުގެ މެދުގައި ވަނީ އިތުރުވެގޮސްފައެވެ، މިކަމާއި ރައީސް މުއިއްޒު ވަނީ ކަންބޮޑުވެފައި ކަމަށް ދިޔަވަރު އަށް މައުލޫމާތު ލިބެއެވެ.