ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާ ބޭފުޅުންނާއި، މެމްބަރުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތަށް ހެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މިހާތަނަށްް އަމަލުކުރަމުން އައީ މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިން ބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހުގެ އިދާރާއަށެވެ.
މަޖިލިސް މެމްބަރުންނާއި އެކު ފުރާ އެންމެނަށް ވީއަޕީ ހިދުމަތް ދޭން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. އޭނާގެ މި ހުށައެޅުވުމަށް ތާއީދުކުރެއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުލްލަތީފު އަބްދުއްރަހްމާންއެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށައެޅުއްވީ މަޖިލިސް މެމްބަރުންގެ އާއިލާ ބޭފުޅުންނާއި، މެމްބަރުންނާ އެކު ފުރާ އެންމެންނަށް ވީއަޕީ ލޯންޖުން ހިދުތަމް ފޯރުކޮށްދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 2018 އިން 2020 ގެ ނިޔަލަށް ވީއައިޕީ ލައުންޖުން ހިދުމަތް ދިނުމަށް 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެއެވެ. މި ބަދަލާއެކު މަޖިލިސް މެމްބަރުންގެ ވީއައިޕީއަށް އެކަނިވެސް ދައުލަތުން މަހަކު 5 މިލިއަން ރުފިޔާ ޚަރަދު ކުރަންޖޭހެނެކަމަށް އަންދާޒާ ކުރެވެއެވެ.
މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންގެ ޕްރޮމޯޝަންތަކާއި އިތުރު ގަޑީގެ ފައިސާވެސް ހިފަހައްޓާފައިވި ނަމަވެސް, ސަރުކާރުން ގެންދަނީ ސިޔާސީ މަގާމްތަކަށް ކުރާ ހޭދަތައް އެތައް ގުނައަކުން ބޮޑުކޮށް, ސިޔާސީ ބޭނުމަށް ކުރާ ހޭދަ އެތައް ގުނައަކުން އިތުރު ކުރަމުންނެވެ.