ކާނާ ވިހަވެގެން ނުވަތަ ފުޑް ޕޮއިޒން ވެގެން ހޮސްޕިޓަލަށް ގެންދިޔަ އައްޑޫ ޕޮލިސް ކޮލެޖުގެ ދަރިވަރުންގެ ތެރެއިން އަދިވެސް ދެ ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު، އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކާނާވިހަވެގެން ޖުމުލަ 32 ދަރިވަރަކު އައްޑޫ އީކްއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
"އޭގެ ތެރެއިން ދެ ދަރިވަރަކު ފިޔަވައި އެހެން އެންމެ ވަނީ ދޫކޮށްލާފައި. އެ ދެ ދަރިވަރު އޮތީ އައިސީޔޫގައި،" ޝިފާން ވިދާޅުވި އެވެ.
ހޮސްޕިޓަލަށް ރޭ ގެންދިޔަ ދަރިވަރުންގެ ތެރެއިން އައިސީޔޫގައި ރޭ ފަސް ދަރިވަރަކަށް ފަރުވާ ދޭން ޖެހުނެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.
ނަމަވެސް ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ކާނާވިހަވީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.