ގަރުދިޔަ ޖަގަހާގައި (ޕީއެންސީގެ ރަސްމީ ޖަގަހާގައި) ޕޯޑިއަމްގައި ވާހަކަ ދައްކަމުންދާ ގިނަ މީހުންނަކީ އެމަނިކުފާނު ޖަލުގައި އޮތް އޮއިރު އެމަނިކުފާނާ ދެކޮޅަށް ބަޢާވާތް ކުރި މީހުންކަމުގައި ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި އޮތް ޖަހަގަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ, ގަރުދިޔަ ޖަގަހާގައި ޕޯޑިއަމްގައި ވާހަކަ ދައްކަމުންދާ ގިނަ މީހުންނަކީ އެމަނިކުފާނުގެ އަރިހުން ތަރުބިއްޔަތުވެ, އިހަށްދުވަހާ ހަމަޔަށް އެމަނިކުފާނުގެ އަރިހުގައި ތިބި މީހުން ކަމަށާއި, އެމަނިކުފާނު ސަލާމަތް ކުރާނެކަމަށް ބުނަމުން އައި ފަރާތްތައް ކަމުގައެވެ.
އެހެންނަމަވެސް އެމީހުންނަކީ އެވަައުދަށްވެސް ޚިޔާނާތްތެރިވީ މީހުންކަމަށް މޭރުން ކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުންނަކީ އެމަނިކުފާނު ފުރަތަމަ ޖަލަށް ގެންދިއުމުންވެސް ބަޢާވާތެއް ކުރި މީހުން ކަމަށާއި, އެކަން އޭރު ކޮންމެވެސް ވަރަކަށް ބަލާފަ އަޅާ ނުލެއްވީ ކަމުގައެވެ.
ދެންވެސް ކުރީ ބަޢާވާތް. އެމީހުންގެ ފަރާތުން ކޮންމެވެސް ބަޔަކު ނިކުމެ މަސައްކަތް ކުރި ހެޔޮ ހިތުން. އެކަމަކު އެވެސް ހުއްޓުވާލީ. މަގުމައްޗަށް މީހުން ނެރުންވެސް ހުއްޓުވާލީ. އެހެންވީމަ އެކަންކަން ދިޔަގޮތް އަޅުގަޑުމެންނަށް އެނގޭ. ދިވެހި ރައްޔިތުންނަށް އެނގޭ. އެހެންވީމަ މިވާހަކަތައް ތަފްސީލާއެކީ އަޅުގަޑު އަދި ކޮންމެވެސް ޖަލްސާއެއްގައި ދައްކާނަން.
ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ އެވާހަކަތައް މިހާރު ދައްކަވަން އެވަރަށް ބޭނުން ނުވަނީ އެއީ މިހާރު މާޒީވެގޮސްއޮތް ކަމެއްކަމަށް ވާތީ ކަމަށާއި, އެހެންނަަމަވެސް މިސަރުކާރުގެ ވެރިންނަށް ޚިދުމަތްކުރަން ލިބުނު ފުރުސަތުގައި ދޮގު ނުހަދާ އޮޅުވާނުލާ އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް އިލްތިމާސް ކުރާ ކަމުގައެވެ.
ރައީސް ޔާމިން ވިދާޅުވީ, ރައްޔިތުންގެ ފެންވަރު މަގޫފަތާހަމަޔަށް ތިރިކުރާ ވާހަކަ ދެއްކީމަ, ރައްޔިތުންގެ ފެންވަރު މަގޫފަތް ކާންޖެހޭ ހިސާބަށް ތިރި ކުރީމަ އެއީ ވަރަށް ހަޑި ހުތުރު ކަމެެއް ކަމުގައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެންނެވެ.
އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.
އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދުވެ ހުވާ ކުރައްވަމުންނެވެ.
އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ. އެއަށްފަހު ރައީސް ޔާމިން މިނިވަން ކޮށްފައިވަނީ މަޖިލިސް އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް, ޔާމިންގެ ޝަރީއަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައެވެ.
އެއަށްފަހު މުއިއްޒު ގެންދަވަނީ ސިޔާސީ އެއްވެސް ހަރަކާތަކަށް ނިކުމެއްޖެނަމަ ހުކުމް އިސްތިއުނާފް ކުރާނެކަމުގެ އިންޒާރުދީ ރައީސް ޔާމިނަށް ބިރު ދައްކަމުންނެވެ.