ރައްޔިތުންގެ ފެންވަރު މަގޫފަތާހަމަޔަށް ތިރިކުރާ ވާހަކަ ދެއްކުމަކި ހަޑި ހުތުކަމެއް ކަަމަށް ވިދާޅުވެ, ގަރުދިޔަ ޖަގަހާގައި ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް ޔާމިން ރައްދު ދެއްވައިފިއެވެ.
ޕީއެންސީގެ ރަސްމީ ހަރުގެ, ގަރުދިޔަ ޖަގަހާގައި ވާހަކަ ދައްކަވަމުން, އަލި އާރިފް ވިދާޅުވެފައިވަނީ, ޚަރަދު ކުޑަކުރުމަށްޓަކާ ރައްޔިތުން "ޓޭކްއަވޭ" ގެނެސްގެން ކެއުން ހުއްޓާލުމަށްފަހު, ހަމަ ބިމަށް ތިރިވެ, ގަރުދިޔައާއި ބަތް ކައިގެން އުޅެން ދަސްކުރަންޖެހޭ ކަމަށެވެ.
އަލީ އާރިފްގެ މިވާހަކަތަކަށް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެ, އޭނާ ހޫނުފެނަށް ވެއްޓިފައި ވަނިކޮށް, އޭނާގެ ވާހަަކަތަކަށް ރައްދު ދެއްވަމުން, ޕީއެންއެފްގެ ޖަގަހާގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންގެ ފެންވަރު މަގޫފަތް ކާންޖެހޭ ހިސާބަށް ތިރި ކުރީމަ އެއީ ވަރަށް ހަޑި ހުތުރު ކަމެެއް ކަމުގައެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ, އެޒާތުގެ ހަޑިހުރު ވާހަކަ ނުދައްކަވާ, މިސަރުކާރުގެ ވެރިންނަށް ޚިދުމަތްކުރަން ލިބުނު ފުރުސަތުގައި ދޮގު ނުހަދާ އޮޅުވާނުލާ އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.
މިރޭގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ގަރުދިޔަ ޖަގަހާގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުންދާ ގިނަ މީހުންނަކީ އެމަނިކުފާނު ޖަލުގައި އޮތް އޮއިރު އެމަނިކުފާނާ ދެކޮޅަށް ބަޢާވާތް ކުރި މީހުންކަމަށާއި, އޭގެ ތެރެއިން ގިނަ މީހުންނަކީ އެމަނިކުފާނުގެ އަރިހުން ތަރުބިއްޔަތުވެ, އިހަށްދުވަހާ ހަމަޔަށް އެމަނިކުފާނުގެ އަރިހުގައި ތިބި މީހުން ކަމަށެވެ. އަދި އިހަކަށް ދުވަހާއި ޖެހެންދެންވެސް, އެމަނިކުފާނު ސަލާމަތް ކުރާނެކަމަށް ބުނަމުން އައި ފަރާތްތައް ކަމުގައިވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
އެހެންނަމަވެސް އެމީހުންނަކީ އެވަައުދަށްވެސް ޚިޔާނާތްތެރިވީ މީހުންކަމަށް މޭރުން ކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުންނަކީ އެމަނިކުފާނު ފުރަތަމަ ޖަލަށް ގެންދިއުމުންވެސް ބަޢާވާތެއް ކުރި މީހުން ކަމަށާއި, އެކަން އޭރު ކޮންމެވެސް ވަރަކަށް ބަލާފަ އަޅާ ނުލެއްވީ ކަމުގައެވެ.
ދެންވެސް ކުރީ ބަޢާވާތް. އެމީހުންގެ ފަރާތުން ކޮންމެވެސް ބަޔަކު ނިކުމެ މަސައްކަތް ކުރި ހެޔޮ ހިތުން. އެކަމަކު އެވެސް ހުއްޓުވާލީ. މަގުމައްޗަށް މީހުން ނެރުންވެސް ހުއްޓުވާލީ. އެހެންވީމަ އެކަންކަން ދިޔަގޮތް އަޅުގަޑުމެންނަށް އެނގޭ. ދިވެހި ރައްޔިތުންނަށް އެނގޭ. އެހެންވީމަ މިވާހަކަތައް ތަފްސީލާއެކީ އަޅުގަޑު އަދި ކޮންމެވެސް ޖަލްސާއެއްގައި ދައްކާނަން.
ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ އެވާހަކަތައް މިހާރު ދައްކަވަން އެވަރަށް ބޭނުން ނުވަނީ އެއީ މިހާރު މާޒީވެގޮސްއޮތް ކަމެއްކަމަށް ވާތީ ކަމުގައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެންނެވެ.
އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.
އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދުވެ ހުވާ ކުރައްވަމުންނެވެ.
އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ. އެއަށްފަހު ރައީސް ޔާމިން މިނިވަން ކޮށްފައިވަނީ މަޖިލިސް އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް, ޔާމިންގެ ޝަރީއަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައެވެ.
އެއަށްފަހު މުއިއްޒު ގެންދަވަނީ ސިޔާސީ އެއްވެސް ހަރަކާތަކަށް ނިކުމެއްޖެނަމަ ހުކުމް އިސްތިއުނާފް ކުރާނެކަމުގެ އިންޒާރުދީ ރައީސް ޔާމިނަށް ބިރު ދައްކަމުންނެވެ.