ޚަބަރު

ޕްރެޝަރ ބޮޑުވެ, ގަރުދިޔަ ޖަގަހައިގެ ޖަލްސާތަކުގައި ވާހަކަ ދެއްކުން މުއިއްޒު އަލީ އާރިފަށް މަނާކޮށްފި! ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ އެންމެ ފަހުން ބޭއްވި ޖަލްސާގައި އަލީ އާރިފް ވާހަކަ ދެއްކެވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް!

ދިޔަވަރު
ޕްރެޝަރ ބޮޑުވެ, ގަރުދިޔަ ޖަގަހައިގެ ޖަލްސާތަކުގައި ވާހަކަ ދެއްކުން މުއިއްޒު އަލީ އާރިފަށް މަނާކޮށްފި! ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ އެންމެ ފަހުން ބޭއްވި ޖަލްސާގައި އަލީ އާރިފް ވާހަކަ ދެއްކެވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް!

ޕީއެންސީގެ ރަސްމީ ހަރުގެ, ގަރުދިޔަ ޖަގަހާގެ ޖަލްސާތަކުގައި ޕޯޑިއަމްގައި, ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް ވާހަކަ ދެއްކުން މުއިއްޒު މަނާ ކޮށްފިއެވެ.

ގަރުދިޔަ ޖަގަހައިގެ ޖަލްސާތަކުގައި ވާހަކަ ދެއްކުން އަލީ އާރިފަށް މުއިއްޒު މަނާކޮށްފައިވަނީ އެންމެ ފަހުން ބޭއްވުނު ޖަގަހަ ޖަލްސާގައި އޭނާ ދައްކަވާފައިވާ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ, ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެންސީގެ ރަސްމީ ހަރުގެ, ގަރުދިޔަ ޖަގަހާގައި ވާހަކަ ދައްކަވަމުން, އަލި އާރިފް ވިދާޅުވެފައިވަނީ, ޚަރަދު ކުޑަކުރުމަށްޓަކާ ރައްޔިތުން ”ޓޭކްއަވޭ“ ގެނެސްގެން ކެއުން ހުއްޓާލުމަށްފަހު, ހަމަ ބިމަށް ތިރިވެ, ގަރުދިޔައާއި ބަތް ކައިގެން އުޅެން ދަސްކުރަންޖެހޭ ކަމަށެވެ.

އަލީ އާރިފްގެ މިވާހަކަތަކަށް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެ, އޭނާ ހޫނުފެނަށް ވެއްޓިފައި ވަނިކޮށް, އޭނާގެ ވާހަަކަތަކަށް ރައްދު ދެއްވަމުން, ޕީއެންއެފްގެ ޖަގަހާގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންގެ ފެންވަރު މަގޫފަތް ކާންޖެހޭ ހިސާބަށް ތިރި ކުރީމަ އެއީ ވަރަށް ހަޑި ހުތުރު ކަމެެއް ކަމުގައެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ, އެޒާތުގެ ހަޑިހުރު ވާހަކަ ނުދައްކަވާ, މިސަރުކާރުގެ ވެރިންނަށް ޚިދުމަތްކުރަން ލިބުނު ފުރުސަތުގައި ދޮގު ނުހަދާ އޮޅުވާނުލާ އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި, ގަރުދިޔަ ޖަގަހާގައި އެންމެ ފަހުން ބޭއްވުނު ޖަލްސާގައި އަލީ އާރިފް ވާހަކަ ދައްކަވާފައިވަނީ މަސްތުގެ ހާލަތުގައި ހުންނަވައިގެންނެވެ. އެގޮތުން އެކަމަަށް ޝައްކު ކުރެވޭ ބައެއް އަލާމާތްތައް އެރޭ ވާހަކަ ދައްކަވަމުން ގެންދެވިއިރު އޭނާގެ ކިބައިން ފާހަގަވެފައިވެސް ވެއެވެ.

އޭގެ ތެރޭގައި, އޭނާ ޕޯޑިއަމްގައި ވާހަކަ ދައްކަމުން ދިޔައިރު, ދަހިއްލާ ހާސްވެ, އަދި ކިޔޭ ނުކިޔޭ ހިސާބަށް ބައެއްފަހަރު ވާހަކަ ގޮސްފައިވާކަން ފާހަގަވުން ހިމެނެއެވެ. އަދި ޕޯޑިއަމްގައި ވާހަކަ ދައްކަމުން ދިޔައިރު, އެރޭ ފެނިގެން ގޮސްފައިވަނީ އަލީ އާރިފް އެއްވެސް މިސްރާބެއް ނެތި, ދައްކާ ވާހަލަ ދެކޮޅު ނުޖެއްސިގެން އުޅެންޖެހުނު މަންޒަރުތަކެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު, ސަރުކާރުގެ އިސް މަގާތަކަށް އައްޔަން ކުރަމުންދާ ގިނަމީހުންނަކީ, ރަލާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރެވޭ, އަދި ލިޔަންކިޔަންވެސް ނުދަންނަ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.