ޚަބަރު

އާރަށުގައި ސާޖިދާ އުޅުއްވާތީ، ޒަމާނުން ސުރެ، މަސްވެރިން އެންވެރިކަން ކުރާ އާރަށު ތިލައަށް މަސްވެރިން ދިޔުން ސަރުކާރުން މަނާ ކޮށްފި

ދިޔަވަރު
އާރަށުގައި ސާޖިދާ އުޅުއްވާތީ، ޒަމާނުން ސުރެ، މަސްވެރިން އެންވެރިކަން ކުރާ އާރަށު ތިލައަށް މަސްވެރިން ދިޔުން ސަރުކާރުން މަނާ ކޮށްފި

އާރަށުގައި ސާޖިދާ އުޅުއްވާތީ، ޒަމާނުން ސުރެ، މާލެ ސަރަހައްދުގެ މަސްވެރިން އެންވެރިކަން ކުރާ އާރަށު ތިލައަށް މަސްވެރިން ދިޔުން ސަރުކާރުން މަނާ ކޮށްފިއެވެ. މިއަދު އެންވެރިކަން ކުރުމަށް އެ ސަރަހައްދަށް ގޮސް އެންވެރިކަން ކުރަން އުޅުނު ދޯންޏެއް، ފުލުހުންނާއި، ސިފައިން އައިސް ވަނީ ހުއްޓުވާފައެވެ.

ސަރުކާރުން މަސްވެރިން ދެކެނީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައެވެ. މި ގޮތުން އެމީހުން ބާނާ މަހަށް ފައިސާ ނުދީ އެތައް މަހެއް ވަންދެއް ހިފަހައްޓައި، އެފައިސާއިން އެއްވަނަ ދަރަޖައިގެ ސިޔާސީ މުއައްޒަފުންނަށް މުސާރަ ދިނުމާއި، މަސްވެރިކަމާއި ގުޅިގެން ވެފައިވާ އެއްވެސް ވައުދެއް ނުފެއްދުން ހިމެނެއެވެ.

ދާދިފަހުން، މަސްވެރިން އެމީހުންގެ ހައްޤުތަކުގެ ދިފާޢުގައި ނުކުތުމުން، ރައީސް އޮފީހުން އަންގައިގެން މަސްވެރިންގެ އަގު ވައްޓައި މަސްވެރިންނާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ޓްވީޓް ކޮށް ހެދުމަށް ރައީސް އޮފީހުން އަންގާފައި ވެއެވެ.

އާރަށު ތިލައަށް މަސްވެރިން ދިޔުން މުއިއްޒު އަންގައިގެން ހުއްޓުވުމުން، މަސްވެރިން ވަނީ މިކަމާއި، ކަންބޮޑުވުން ސޯޝަލް މީޑިޔާގައި ފާޅު ކޮށްފައެވެ.