ޚަބަރު

ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ "ނާރެސް" ޕްރޮގްރާމް އަކީ މި ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ދެއްކުމަށް، ބޮޑު ރަސްމިއްޔާތެއް ބާއްވައި އަނެއްކާވެސް ދޮގު ހަދައިފި!

ދިޔަވަރު
ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ "ނާރެސް" ޕްރޮގްރާމް އަކީ މި ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ދެއްކުމަށް، ބޮޑު ރަސްމިއްޔާތެއް ބާއްވައި އަނެއްކާވެސް ދޮގު ހަދައިފި!

ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ "ނާރެސް" ޕްރޮގްރާމް އަކީ މި ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ހެދުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވައި, މުއިއްޒު ވަޑައިގެން އަނެއްކާވެސް ރައްޔިތުންނަށް ދޮގު ހަދައިފިއެވެ. ރޭގެ ބޭއްވި ހަފްލާގައި މުއިއްޒު މި "ނާރެސް" ޕޯޓަލް އިފްތިތާހުވެސް ވަނީ ކޮށްދީފައެވެ. ނަމަވެސް މިއީ މިދިޔަ ސަރުކާރުން ކޮށްފައި، އަދި މިހާރުވެސް ހިނގަމުން ދާ ކަމެއް ކަމަށް، ކުރީ ސަރުކާރުގައި އައިޑީ ކާޑް ޑިޕާރޓްމެންޓްގައި އުޅުއްވި މަރިޔަމް ވަހީދާ ސޯޝަލް މީޑިޔާގައި ހާމަ ކޮށްފިއެވެ.

މަރިޔަމް ވަހީދާ ފޭސްބުކްގައި ހާމަ ކޮށްފައިވާ ގޮތުގައި އައިޑީ ކާޑު ހެދުމަށް ނާރެސް ޕޯޓަލް ބޭނުން ކުރުމަކީ ކައުންސިލްތަކުން އަލަށް ފެށި ކަމެއް ނޫން ކަމަށާއި، އެކަން ފަށާފައިވަނީ އޭނާ އެޑިޕާޓްމެންޓްގެ ވެރިއަކަށް ހުރި އެރު ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހުރި، ރާއްޖޭގެ ބައެއް އެމްބަސީތަކުންވެސް އެ ޚިދުމަތް ދީފައިވާ ކަމަށް އޭނާ ލިޔެފައިވެއެވެ. އަދި މާކުރިން ފަށާފައިވާ މަސައްކަތްތަކަކީ މިސަރުކާރުގެ މަސައްކަތުގެ ގޮތުގައި ލޭބަލް ކުރުމަކީ ދެރަ ކަމެއް ކަމުގައި ވަހީދާ ލިޔެފައި ވެއެވެ.

މީގެ އިތުރުން، އޭނާ އެ ޑިޕާޓްމެންޓްގައި ކުރީ ސަރުކާރުގައި އުޅުނު އިރު މި މަސައްކަތް ކުރުމަށް، ކައުންސިލް ތަކަށް ލެޕްޓޮޕް ތަކާއި، ފިނގަރޕްރިންޓް މެޝިން ތަކާއި، ކެމެރާ ދީފައިވާ ކަމަށާއި، އަދި ކައުންސިލް ތަކުގެ ވައިފައި އިންޓަރނެޓް ބިލްވެސް އޭރު މި ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން ކޮށްފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ.

މުއިއްޒު ވަނީ މިއީ، މުއިއްޒުގެ ސަރުކާރުން ކައުންސިލް ތަކަށް ކޮށްދިން ކަމެއް ކަމަށް ބުނެ، ރޭގެ ޖަލްސާގައި ދޮގު ހަދާފައެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ދިން ކައުންސިލަރަކު ރޭގެ ހާމަ ކުރި ގޮތުގައި ބައެއް ކައުންސިލަރުން ރޭގެ ތިބީ ޖަލްސާގައި ހޭން ނުކުރިފައި ކަމަށެވެ. މުއިއްޒު މިކަހަލަ ހަފްލާތައް ބާއްވައި ކައުންސިލްތަކާއި މެދު މާ ހެޔޮ ފަރާތެއް ކަމަށް ހެދިވަޑައިގެން އުޅުއްވަނީ ކުކުޅަށް ކަތިލުމުގެ ކުރިން ފެންދޭ އުސޫލުން ކަމަށް ކައުންސިލަރަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވިއެވެ.

ދޮގު ހެދުމުގައި މުއިއްޒު ހުންނެވީ އިންތިހާ ކުރީގައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އޭނާ އަށް "ކައްޒާބު"ގެ ނަމުން މުހާތަބު ކުރެއެވެ.