ޚަބަރު

5 އަހަރު ވަންދެން ބޭނުން ނުކޮށް ހުރި 42,000 މީހުންގެ ބޭންކު އެކައުންޓް ތަކުގައި ހުރި ފައިސާ، އެމީހުންނަށް ނާންގައި ސަރުކާރަށް ނަގައި ފޭރި ގަނެއްޖެ! ރާއްޖޭގެ މާލީ ހާލަތު ނުރައްކާތެރި ފައްތަރަކަށް ވެއްޓިއްޖެ!

ދިޔަވަރު
5 އަހަރު ވަންދެން ބޭނުން ނުކޮށް ހުރި 42,000 މީހުންގެ ބޭންކު އެކައުންޓް ތަކުގައި ހުރި ފައިސާ، އެމީހުންނަށް ނާންގައި ސަރުކާރަށް ނަގައި ފޭރި ގަނެއްޖެ! ރާއްޖޭގެ މާލީ ހާލަތު ނުރައްކާތެރި ފައްތަރަކަށް ވެއްޓިއްޖެ!

5 އަހަރު ވަންދެން ބޭނުން ނުކޮށް ހުރި 42,000 ވުރެ ގިނަ މީހުންގެ ބޭންކު އެކައުންޓް ތަކުގައި ހުރި ފައިސާ ސަރުކާރަށް އެމީހުންނަށް އެންގުމަކާއި ނުލައި އަތުލައިފިއެވެ.

އެއްވެސް ގޮތަށްް ބޭނުން ނުކުރާ އެކައުންޓުގެ ގޮތުގައި ކަމަށް ބުނެ، ފައިސާ ނަގާފައިވަނީ، ފަސް އަހަރު ވަންދެން އެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ޖަމާކޮށްް ނުވަތަ ނަގާފައި ނުވާ އެކައުންޓްތަކުންނެވެ. މީގެ ތެރޭގައި މައިންބަފައިން ދަރިފުޅަށް މަތީ ތައުލީމް ހޯދައި ދިނުމަށް ބޭންކުގައި ރައްކާ ކޮށްފައިވާ ފައިސާ އާއި، މުސްކުޅިން އެމީހުންގެ ވަޒީފާ ހުއްޓާލުމަށް ފަހު، ފަހަށް ރައްކާ ކޮށްފައިވާ ފައިސާ ތައް ސަރުކާރުން މިވަނީ ބަޖެޓަށް ބޭނުންވެގެން ނަގާފައެވެ. މި ފައިސާގެ ބޮޑު ބަޔެއް ހޭދަ ކުރާނީ ސިޔާސީ މީހުންނަށް މުސާރަ ދިނުމަށް ކަމަށް ގަބޫލު ކުރެވެއެވެ.

ބޭންކަށް އިތުބާރު ކުރުމަށް ފަހު، ބޭންކުގައި ރައްކާ ކުރާ ފައިސާ ވަކި މުއްދަތެއް ވަންދެން ބޭނުން ނުކޮށް ހުރެއްޖެ ނަމަ، ދައުލަތަށް ނަގާ ކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ. އާބާދީގެ %99.99 މީހުންނަކަށް ނޭނގެއެވެ. އަދި އެމީހުންގެ ފައިސާ ސަރުކާރަށް ނެގުމަށްޓަކައި އެކައުންޓަށް ގެންނަ ބަދަލެއްވެސް، އެކައުންޓުގެ ވެރިފަރާތަކަށް ނާންގައެވެ. މިކަން ކުރަނީ ވަރަށް ރޭވުންތެރި ކަމާއި އެކު، އެތައް ހާސް ބަޔަކަށް ދައުލަތުން އަނިޔާވެރިވެ، އެމީހުންގެ އުމުރު ދުވަހު ރައްކާ ކުރާ ފައިސާ ފޭރި ގަތުމަށެވެ. ގާނޫނީ އިޖްރާއަތްތައް ފުރިހަމަ ކޮށް، ފަހުން ކޯޓަށް ދިޔައަސް ދައުލަތުން އެފައިސާ އަނބުރައި އެމީހަކަށް ނުލިބޭނެ ގޮތަށް، ގިނަ ބަޔަކަށް ނުފެންނަހެން ކުޑަ އިއުލާނެއް ކޮށްލުމަށްފަހު، އެ ފައިސާ ފޭރި ގަންނަނީއެވެ. މިއީ އެމްއެމްއޭއިން ވަރަށް ބޭއިންސާފުން ކުރާ ވަރަށް ބޮޑު އަނިޔާވެރި އަމަލެކެވެ.

ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި، އެ މުއްދަތު، 5 އަހަރުގެ ބަދަލުގައި 2 އަހަރަށް ނުވަތަ 1 އަހަރަށް ނޫނީ 6 މަސްދުވަހަށް ހަދައި ބޭންކު އެކައުންޓްތަކުގައި ހުރި ފައިސާ ދައުލަތަށް ނެގުމަކީވެސް، މި ސަރުކާރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ނިކަމެތިންނަށް ކޮށްފާނެ ކަމެކެވެ. އެހެން ކަމުން ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން، ސަރުކާރަށް ބާރު ފޯރުވޭ ރާއްޖޭގެ ބޭންކު ތަކުގައި ފައިސާ ރައްކާ ކޮށްފައި ބެހެއްޓުމަކީ ބިރުވެރި ކަމަކަށް މިވަނީ ވެފައެވެ.

ލަސް ނުކޮށް މި އެކައުންޓްތަކުގެ ފައިސާ ހޯއްދެވުމަށް ބޭންކަށް "ޑޯމަންްޓް އެކައުންޓްގައި ހުރި ފައިސާ ނެގުމަށް ހުށަހަޅާ ފޯމް" އެފަރާތެއްގެ އެކައުންޓް އޮންނަ ބޭންކަކަށް ހުށައެޅައިފިނަމަ ލިބިދާނެއެވެ. ނަމަވެސް އެމްއެމްއޭއިން މި ފުރުޞަތު ދީފައި ވަނި އެއް ދުވަހަށް ކަމަށް، ދެ ދުވަހަށް ކަމަށް އެނގޭހެން މުހުލަތެއް ދީފައި ނުވެއެވެ.

އެމްއެމްއިން ބުނީ ބޭނުން ނުކުރާ އެކައުންޓްތަކުގެ ލިސްޓް އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.