ޚަބަރު

އިޒްރޭލް ޕާސްޕޯޓު މަނާކުރަން މުއިއްޒު ނިންމި ފަހުން ޖޫންގައި އިޒްރޭލުގެ 82 ފަތުރުވެރިން އައި، ޖުލައިގައި އައި އަދަދު އިތުރުވެ، މުއިއްޒު އަންގައިގެން އެ އަދަދު ވަނީ ވަންހަނާ ކޮށްފައި!

ދިޔަވަރު
އިޒްރޭލް ޕާސްޕޯޓު މަނާކުރަން މުއިއްޒު ނިންމި ފަހުން ޖޫންގައި އިޒްރޭލުގެ 82 ފަތުރުވެރިން އައި، ޖުލައިގައި އައި އަދަދު އިތުރުވެ، މުއިއްޒު އަންގައިގެން އެ އަދަދު ވަނީ ވަންހަނާ ކޮށްފައި!

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ރައީސް މުއިއްޒު ނިންމި ފަހުން ވެސް އިޒްރޭލުގެ 80 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

މިއީ ސަރުކާރުން އާންމު ކޮށްފައިވާ އަދަދެކެވެ. ޖޫން މަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ރާއްޖެއިން ޝާއިޢު ކޮށްފައި ވަނީ އެހެން މަސްތަކާއި އަޅާ ބަލާއިރު ލަހުންނެނެވެ. ދިޔަވަރު ނޫހަށް ބޮޑަށް ބެލެވޭ ގޮތުގައި ފަތުރުވެރިން ރާއްޖެއަށް އައި އަދަދު ސަރުކާރުން ދަނީ ބަދަލު ކޮށް އޮޅުވާލަމުންނެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ބޭރުގެ އިންވެސްޓަރުންނާއި، ރޭޓިން އެޖެންސީ ތަކަށާއި، މާލީ އިދާރާތަކަށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކަމަށް ދެއްކުމެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ޖޫން މަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހުރީ 82 ގަ އެވެ. ޖުލައި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ރާއްޖެ އައި އިޒްރޭލު ފަތުރުވެރިންގެ އަދަދު ސާފެއް ނޫނެވެ.

މި ބަދަލުތައް ގެނައުމުގެ ތެރޭގައި އިޒްރޭލުން އައިސްފައިވާ ފަތުރުވެރިންގެ އަދަދު ޖޫން މަހުގައި ވެސް މަދުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުން ބޭނުންވެގެން، މުއިއްޒުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން 241 ކޮމިޓީގައި އެބިލް ވަނީ 02 ޖޫން 2024 އިން ފެށިގެން ޕާކް ކޮށްފައެވެ. މި ކޮމިޓީގައި އިސްކޮށް އިންނަވާ އެކަކީ އަޒާންއެވެ.

އެމެރިކާއިން ވަނީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ އެމެރިކާއަށް ގެންގޮސް، މުއިއްޒަށް އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރެވޭނެ ކަމަށް ބުނެފައެވެ. މިހާރު މުއިއްޒު ކުޅެމުންދާ ދައުރަކީ އިޒްރޭލުގެ އެޖެންޓެއްގެ ދައުރެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިމިވަނީ، ސަރުކާރުގެ ނިންމުން ދުނިޔޭގެ ސަމާލުކަށް އައިސް، ރާއްޖެއަށް ދަތުރުނުކުރުމަށް އިޒްރޭލުގެ ސަރުކާރުންވެސް އިލްތިމާސްކޮށްފައިވަނިކޮށެވެ.