ޚަބަރު

ބޭރުގެ ގައުމުތަކުގެ ލީޑަރުންގެ އަބުރަށް އަރައިގަނެ, މައްލަވަކޮށް, ޖެއްސުންކުރަމުންދަނީ ސަރުކާރުގެ އިސް ވަޒީފާތަކުގަ ތިބި މުއިއްޒުގެ އެންމެ ގާތް ފަރާތްތަކުން, މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ގައުމަށް އޮތް ބޮޑު ލަދެއް!

ދިޔަވަރު
ބޭރުގެ ގައުމުތަކުގެ ލީޑަރުންގެ އަބުރަށް އަރައިގަނެ, މައްލަވަކޮށް, ޖެއްސުންކުރަމުންދަނީ ސަރުކާރުގެ އިސް ވަޒީފާތަކުގަ ތިބި މުއިއްޒުގެ އެންމެ ގާތް ފަރާތްތަކުން, މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ގައުމަށް އޮތް ބޮޑު ލަދެއް!

މިސަރުކާރު ވެރިކަމަށް އައުމަށްފަހު, ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި ބައެއް އިސް ފަރާތްތަކުން ބޭރުގެ ގައުމުތަކުގެ ވެރީންގެ އަބުރަށް އަރައިގަނެ, ބޭރުގެ ގައުމުތަކުގެ ލީޑަރުންނަށް މައްލަވަކޮށް, އަދި ޖެއްސުން ކުރަމުންދަނީ ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި, މުއިއްޒުގެ އެންމެ ގާތް ފަރާތްތަކުންކަން ފާހަގަކޮށް, މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

ގިނަބަޔަކު މުއިއްޒުއަށް ފާޑުކިޔަން ފަށާފައިވާއިރު, މި ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޒުހަރު ޢަބްދުﷲ ސަޢީދު މިއަދުވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްންއަކީ "މުސްކުޅި ކާފައެއް" ކަމަށް ބުނެ ބައިޑްއަށް ހަޖޫ ޖަހާފައެވެ.

”Thanks grandpa, unfit joe“ ބުނެ މުއިއްޒުގެ ޑެޕިއުޓީ މިނިސްޓަރ އަޒުހަރު އަބްދުއް ސައީދު ވަނީ އެމެރިކާގެ ރައީސް އަށް މަލާމާތްކޮށް، ޤައުމެއްގެ ރައީސް އަށް މުހާތަބުކޮށް ބުނަން ނުވާވަރުގެ ހުތުރު ބަސްމަގުން މުހާތަބު ކޮށްފައެވެ.

މިކަން ހިނގާފައި މިވަނީ، މުއިއްޒު ސަރުކާރުގެ އިތުރު 3 ޑެޕިއުޓީ މިނިސްޓަރަކު އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އަށް އަދަބު ކުޑަކޮށް، އިއްޒައްތެރިންނާއި މެދު މުހާތަބު ކުރަން ނުޖެހޭ ބޭ އަދަބީ ބަސްތައް ބޭނުން ކޮށްގެން ޓްވީޓްކޮށް ރާއްޖެއާއި، އިންޑިޔާގެ ރައްޔިތުންނާއި ދެމެދު އޮތް ގާތް ގުޅުން ހީނަރުކޮށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދީފައި ވަނިކޮށެވެ.

އެހެންނަމަވެސް, މީގެ ކުރިން އިންޑިޔާގެ ބޮޑު ވަޒީރަށް ފާޑުވިދާޅުވުމާ ގުޅިގެން ސަސްޕެންޑްކުރި, ޒުވާނުންނާގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް ނަމެއްގައި ސަސްޕެންޑްކޮށް, މުއިއްޒުވަނީ ދުނިޔޭގެ ގައުމުތަށް ގުނބޯ ހެއްދުމަށް މަސައްކަތް ކޮށްފައެވެ.

އެގޮތުން މި 3 ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރިކަމަށް ބުނެ, ގޭގައި ތިބެގެން މުސާރަ ނަގަމުންދާތާ މިހާރުވަނީ 6 ދުވަސް ފާއިތުވެގެން ގޮސްފައެެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްއަކީ "މުސްކުޅި ކާފައެއް"ކަމަށް ބުނެ އެމެރިކާގެ ރައީސަށް މިއަދު މައްލަވަކުރި, މި ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު މިނިސްޓަރުގެ މަގާމުގައި ހުރި އަޒުހަރު ޢަބްދުﷲ ސަޢީދު އަކީ ރާއްޖޭގެ މިހާރުގެ ފޮރިންގ މިނިސްޓަރ އާއި އެކު ކޮފީ އަށް އާންމުކޮށް އަރާއުޅޭ, މޫސާ ޒަމީރުގެ އާދަޔާޚިލާފަށް އަރިސް ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ހަމަ އެއާއެކު, ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޒުހަރު ޢަބްދުﷲ ސަޢީދުއަކީ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ އިތުރުން އަޒްހާރަށް ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ބޯޑުގެ މެމްބަރުކަން ވެސް ދެއްވާފައެވެ. މި ގޮތަށް ދެ މަޤާމެއް ދެއްވަނީ މުއިއްޒު އާއި ގާތް ވަރަށް އަރިސް ފަރާތްތަކަށް އެކަންޏެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްންއަކީ "މުސްކުޅި ކާފައެއް"ކަމަށް ބުނި ޑެޕިއުޓީ މިނިސްޓަރ އަޒުހަރު ޢަބްދުﷲ ސަޢީދުއަކީ މީގެކުރިންވެސް ޖޯ ބައިޑްންއަށް ވަރަށް ހުތުރު ބަހުރުވައިން މުޚާތަބްކޮށް ޓުވީޓް ކޮށް ހަދާފައިވާ ފަރާތެކެވެ.

ގަބޫލުރެވޭ ގޮތުގައި އަޒުހަރު ޢަބްދުﷲ ސަޢީދުއާއިމެދުވެސް މުއިއްޒު ފިޔަވަޅެއް ނާޅުއްވާނެއެވެ. އެހެންނަމަވެސް ބޭރުގައުމުތަކުގެ ޕްރެޝަރ މާބޮޑުވެއްޖެ ނަމަވެސް, "މުސާރައާއި ކޮއްތު" ލިބޭގޮތަށް ޝިއުނާ، މަލްޝާ އަދި މަހުޒޫމް, ނަމެއްގައި ސަސްޕެންޑު ކުރިގޮތަށް, ނަމެއްގައި އަޒުހަރު ޢަބްދުﷲ ސަޢީދު ސަސްޕެންޑް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސަރުކާރުތަކުގެ އިސް މަގާމްތަކުގައި ތިބޭ ފަރާތްތަކުން, އެހެން ގައުމުތަކުގެ ވެރިންނަށް ހަޖޫ ޖަހާ ޖެއްސުން ކޮށް މައްލަވަ ކޮށް ހެދުމަކީ, ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކާ ޚިލާފު ކަމެކެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރެއެއެވެ.

އަދި ސަރުކާރުތަކުގެ އިސްވެރިން އެފަދަ ނޭދެވޭ އަމަލުތައް ކުރުމުން, ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމުހުރިއްޔާ, މަލާމާތް ރައްދުވި ގައުމުގެ ފާރާތުން މާފަށް އެދުމަކީ ޑިޕްލޮމެޓިކް ރިވެތި އުސޫލެވެ. އެހެންނަމަވެސް, މި ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންމުންދާ މި ނާތަހުޒީބީ އަމަލުތަކަށް މާފަށް އެދުމަށް މުއިއްޒު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި މުއިއްޒުގެ ޚާރިޖީ ސިޔާސަތު ވެގެން ގޮސްފައިވަނީ ދިވެހި ގައުމަށް އޮތް ބޮޑު ލަދަކަށެވެ.