ޚަބަރު

މިހާރު ހުރި ކޮމިޝަނާ ޖެނެރަލް މާނިއު އަށް އޭނާ ވަކި ކުރި ކަމެއް ނާންގައި، ކަސްޓަމަށް އާ ކޮމިޝަނާ ޖެނެރަލެއް މުއިއްޒު އައްޔަން ކޮށްފި!

ދިޔަވަރު
މިހާރު ހުރި ކޮމިޝަނާ ޖެނެރަލް މާނިއު އަށް އޭނާ ވަކި ކުރި ކަމެއް ނާންގައި، ކަސްޓަމަށް އާ ކޮމިޝަނާ ޖެނެރަލެއް މުއިއްޒު އައްޔަން ކޮށްފި!

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ، ފާތިމަތު ދިޔާނާ އައްޔަންކޮށްފި އެވެ.

ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރިއިރު، ކުރިން އެ މަގާމުގައި ހުންނެވި ޔޫސުފް މާނިއުއާ މި މައުލޫމާތެއް ނޭނގެ އެވެ. މިކަން ސާފުކުރުމަށް ރާއްޖޭގެ އެންމެ ހިނގާ ދުވަހު ނޫސް "އަދަދު" އިން އޭނާއަށް ގުޅުމުން މާނިއު ވިދާޅުވީ، މަގާމުން ވަކިކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެެވެ.

"ރައީސްގެ ފަރާތުން އެފަދަ އެއްވެސް ވާހަކައެއް އަދި ނުލިބޭ،" ފޯނުން ވާހަކަދައްކަވަމުން މާނިއު ވިދާޅުވި ކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ދިޔާނާ އައްޔަންކުރީ ކަސްޓަމްސް ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އަދި، އެ މަގާމުން ވަކި ކުރި މާނިއު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކިކޮށްފައި މިވަނީ، މަގާމުގައި ހުންނަވައިގެން ދެއްކެވި ގިނަ ވާހަކަތަކަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެގޮތުން ކަސްޓަމްސް އިން އަތުލާ މަސްތުވާތަކެތި ފުލުހުންނާ ހަވާލުނުކޮށް، އެ އިދާރާއިން އެތަކެތި 24 ގަޑީރުގެ ތެރޭގައި ނައްތާލަން ބޭނުންވާ ކަމަށް މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީގައި މާނިއު ވިދާޅުވުމުންވެސް ފާޑުކިޔުން އަމާޒުވި އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މާނިއު ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން މިވަގުތު ކަސްޓަމްސްގައި ނެތް ކަމަށާއި ރާއްޖެ ވަންނަ އުޅަނދުތައް މޮނީޓާކޮށް އެ އުޅަނދުތަކާ ހަމައަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ކަސްޓަމްސްގައި ނެތް ކަމަށް އޭނާ އެދުވަހު ވިދާޅުވި އެވެ.

"އޭގެއިތުރުން އެމެރިކާއިން އަޅުގަނޑުމެން އެބަގެންނަން ޑްރޯންސް ވެސް، ޗައިނާއިން ވެސް އެބަގެންނަން ޑްރޯންސް، އަޅުގަނޑުމެން އެބަ ބޭނުންވާ ޑްރޯންސް، ވާގޮތަކީ ބޭރުން މި އަންނަ ވެސަލްތައް މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަކަށް،" މާނިއު ވިދާޅުވި އެވެ.

ސަރުކާރުގެ %98 މަގާމުތަކުގައި ތިބީ ކަމަށް ކުފޫ ހަމަ ނުވާ ވާގާބިލު މީހުން ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.