ޚަބަރު

ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ އަށް ހެޔޮ އަގުގައި ގެނައުމަށް ކުރީ ސަރުކާރުން ސޮއެ ކޮށްފައި ވަނިކޮށް، މި ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ދޮގު ހަދައިފި

ދިޔަވަރު
ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ އަށް ހެޔޮ އަގުގައި ގެނައުމަށް ކުރީ ސަރުކާރުން ސޮއެ ކޮށްފައި ވަނިކޮށް، މި ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ދޮގު ހަދައިފި

ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށް ބުނެ އެކަން ހާސިލް ވެފައިވާ ކަމަށް ބުނެ ދޮގު ހަދައިގެން ސަރުކާރުން ބަޔާނެއް ނެރުނު އިރު، މި ބޭސް ގެނައުމަށް 1 ޖޫން 2023 ގައި އެމްޑީޕީ ސަރުކާރުން ވަނީ ހުރިހާ ކަމެއް ނިންމައި، އެއްބަސް ވުންތަކުގައި ސޮއެ ކޮށްފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ޔޫރަޕް ކޮލިޓީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމަށް ޓަކައި، މިހާރު އަމިއްލަ ފަރާތްތަކުން އެ ބާވަތްތަކުގެ ބޭސް ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް އެކަން ކުރެވޭނެ މަގު ފަހިކޮށް އެކަމާއި ގުޅުން ހުރި ހުރިހާ އެއްބަސް ވުމެއްގައި ސޮއެ ކޮށްފައެވެ.

https://twitter.com/undpmaldives/status/1664209351702380544?
ޔޫއެންޑީޕީއިން ކުރީ ސަރުކާރުގައި މިކަމާއި ގުޅުން ހުރި އެއްބަސްވުމުގައި ސޮއެ ކުރަނީ.

ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އެމަސައްކަތް ވަނީ ރައީސް ސޯލިހުގެ އެމްޑީޕީ ސަރުކާރުން ފަށާފައެވެ.

މުއިއްޒުގެ ސަރުކާރުން ދަނީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުންނެވެ. މުއިއްޒުގެ ދޮގުތަކާއި އެއްވަރަށް ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީތަކުންވެސް މިހާރު ދަނީ ދޮގު ހަދަމުންނެވެ. ސަރުކާރަށް 8 މަސް ދުވަސް ވެގެން 9 މަސް ފެށިގެން ދާއިރު، އެއްވެސް މިންވަރަކަށް ޤައުމަށް ކަމެއް ކޮށް ދެވިފައި ނެތުމުން، ރައްޔިތުންނަށް ދޮގު ހަދައިގެން ކުރީ ސަރުކާރުން ކޮށް ނިންމާފައިވާ ކަންކަމުން ކްރެޑިޓް ދަނީ ނަގަމުންނެވެ.