ޚަބަރު

އާސަންދައިން ބޭސް ސިޓީ އަށް އެއްކޮށް ބޭސް ދެވެން ނެތް ކަމަށާއި، އަމިއްލަ އަށް ބޭސް ނަގަން ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބަޔާނެއް ނެރެފި

ދިޔަވަރު
އާސަންދައިން ބޭސް ސިޓީ އަށް އެއްކޮށް ބޭސް ދެވެން ނެތް ކަމަށާއި، އަމިއްލަ އަށް ބޭސް ނަގަން ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބަޔާނެއް ނެރެފި

އާސަންދައިން ބޭސް ސިޓީ އަށް އެއްކޮށް ބޭސް ދެވެން ނެތް ކަމަށާއި، އަމިއްލަ އަށް ބޭސް ނަގަން ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބަޔާނެއް މިއަދު ނެރެފިއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އާ ސިޔާސަތު ތަކެއް އާސަންދަ އާއި ގުޅިގެން ތައްޔާރު ކޮށް ފައި ވާ ކަމަށާއި، ތަންފީޒުކުރާ މި ސިޔާސަތާ އެކު، އާސަންދަ ނިޒާމު ހިމެނޭހެން ގުޅުން ހުރި ހުރިހާ ކަމަކަށް ބަދަލުތައް ގެންނަން ފަށާނެ ކަމަށެވެ. މީގެ ތެރޭގައި ބޭހަށް އާސަންދައިން ކަނޑައަޅާފައިވާ އަސާސީ އަގަށް ބަދަލު ގެނައުމާއި، އެ އަގަށް ވުރެ ބޮޑުވާ ނަމަ އަމިއްލަ ޖީބުން ބާކީ ބައި ދެއްކުމަކީ ދެ ވަނަ މަރުހަލާގައި ކުރަން ފަށާނެ ކަމެއް ކަމަށެވެ.

މި ބަޔާން ނެރެފައި ވަނީ، ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި އެމްއެފްޑީއޭ އަދި އެސްޓީއޯ ގުޅިގެންނެވެ.

https://twitter.com/nspamaldives/status/1815359476008100198?
ސަރުކާރުން އާސަންދަ ދަތިކޮށް ނެރެފައިވާ ބަޔާން.

ސަރުކާރުން މިއަދު މި ނެރުނު ބަޔާނުން އެނގޭ ގޮތުގައި، ކުރިއަށް އޮތްތާގައި ސަރުކާރުން އާސަންދަ މެދުވެރިކޮށް ދޭ ބޭހުގެ އަގު ސަރުކާރުން ކަނޑައަޅާ އަގަށް ވުރެ، ބޮޑު ނަމަ، އެ ބޭހަކަށް ބޭނުންވާ ފައިސާ ދައްކަން ޖެހޭނީ އެމީހެއްގެ އަތުންނެވެ. މިސާލަކަށް 250ރ އަށް ވިއްކާ ބޭހެއް އާސަންދައިން އެބޭހުގެ އަގުގެ %50 ކަވަރު ކުރުމަށް ނިންމައިފި ނަމަ، އެ ބޭސް ގަތުމަށް 125ރ އަމިއްލަ އަތުން ޚަރަދު ކުރަން ޖެހޭނެއެވެ.

ސަރުކާރުން މި ބަދަލު އާސަންދައަށް ގެނެސް، އާސަންދައިގެ ލިމިޓް ކަނޑާލަން ނިންމާފައި މިވަނީ، ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ނެތުމުން ކަމަށް ބެލެވެއެވެ. މި ގޮތުން ސަރުކާރުން ދަނީ، އެކި ގޮތް ގޮތުން ރައްޔިތުން އަތުން އެކި ނަންނަމުގައި ފައިސާ ނަގަމުންނެވެ. އިއްޔެ ސަރުކާރުން ވަނީ އެމްއެމްއޭ މެދުވެރި ކޮށް، 40،000 ވުރެ މީހުންގެ އެކައުންޓުގައި ހުރި ފައިސާ ނަގާފައެވެ. އަދި ސަރުކާރުން ވަނީ އިންޑިޔާގެ ހޮސްޕިޓަލަކަށް އާސަންދަ ދިނުން ހުއްޓާލާފައެވެ.

ސަރުކާރުން އާސަންދަ ދަތިކޮށް، އާންމު ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުން ޓެކްސް ބޮޑުކުރަމުން ދާއިރު، ސިޔާސީ ވަޒީފާތައް ކޮންމެ ދުވަހަކުވެސް ދަނީ އިތުރު ކުރަމުންނެވެ.