ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ދީފައިވާ ގޯތިތައް އަތުލުމަށް، އޮޑިޓެއް ހަދަން މަޖިލިސް މެދުވެރިކޮށް އޮޑިޑް އޮފީހަށް މުއިއްޒު އަންގައިފި

ދިޔަވަރު
ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ދީފައިވާ ގޯތިތައް އަތުލުމަށް، އޮޑިޓެއް ހަދަން މަޖިލިސް މެދުވެރިކޮށް އޮޑިޑް އޮފީހަށް މުއިއްޒު އަންގައިފި

ބިންވެރިޔާ ސްކީމްގެ ދަށުން، ރައީސް ސޯލިހްގެ ސަރުކާރުން، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިންތައް އަތުލުމަށްޓަކައި، ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލަށް އަންގަން ރައްޔތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މުއިއްޒު އަންގައިގެން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މި ހުށަހެޅުން މުއިއްޒު އަންގައިގެން ހުށައެޅީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއެވެ.

ހަމަދުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރީ ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހްއެވެ.
ކޮމެޓީގައި ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ހުށަހެޅުން މިހާރު ފާސްކޮށްފައެވެ.

ގޯތި ގެދޮރުގެ ދަތިކަން ދިމާވެފައިވާ މާލޭ ރައްޔިތުންނަށް، ދޫކޮށްފައިވާ ގޯތި ތައް ނެގުމަށް އޮޑިޓް އޮފީސް މެދުވެރިކޮށް އެކަމަކީ ދައުލަތަށް ގެއްލުންވި ކަމެއް ކަމަށް ބުނެ ލިޔުން ހޯދައި، އެ އޮޑިޓް ކޮށްފައިވާ ލިޔުމުގެ މައްޗަށް ބަލައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހުޅުމާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތައް އަތުލުމަށް ނިންމުމެއް ނިމައިދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައި ކަމަށް އެ ކޮމިޓީގައި އިންނެވި، އެކަން އެނގޭ ފަރާތަކުން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެކަމަށް ރިއާޔަތް ކުރުމަށް ފަހު، ހުޅުމާލެއިން ދީފައިވާ ގޯތިތައް އެތާގައި ވަޅުލާފައިވާ ކަރަންޓް ލައިންތަކުގެ މައްޗަށް އަރާކަމަށް ބުނެ، އެ ގޯތި ދީފައިވާ ފަރާތްތަކުގެ ގޯތި އަތުލުމަށް މުއިއްްޒު ނިންމާފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ. އޮޑިޓް އޮފީހާއި މަތިކޮށް، މިކަން ނިންމުމަށް މުއިއްޒު އުޅެނީ އޭނާއަށް އަންނަ ފާޑުކިޔުން ތައް ކުޑަ ކުރުމުގެ ގޮތުން ކަމަށާއި، ސަރުކާރުން ރައްޔިތުން ބޯހިޔާވަހިކަން ހަމަ ޖެއްސުމަށް އެއްވެސް އިހްލާސްތެރި ކަމެއް ނެތް ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

ހުޅުމާލެއިން އާންމު ރައްޔިތުންނަށް ދީފައިވާ ގޯތިތައް ނެގުމަށް މުއިއްޒު ރާވާފައިވާއިރު، ލަންކާ ރައްޔިތެއް ކަމަށްވާ، ރާޖޫއަށް އާންމުންނަށް ގޯތި ދޭ ސަރަހައްދުން މުއިއްޒު ވަނީ 10 ހެކްޓަރުގެ ބިން ދީފައެވެ. މަޖިލީސް އިންތިހާބަށް މުއިއްޒަށް އެތައް މިލިއަން ރުފިޔާގެ ރިޝްވަތެއް ރާޖޫ ދީފައިވާއިރު، ރާޖޫއަށް 10 ހެކްޓަރުގެ އިތުރުން އެތައް މިލިއަން ރުފިޔާއެއް މީގެ ދެތިން ހަފްތާ ކުރިން މުއިއްޒު ފުށި ދިއްގަރުފަޅު ހިއްކުމަށް ވަނީ ދީފައެވެ.