ޔުނެސްކޯއިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް އދ ގައި ނެގި ވޯޓުގައި 2011 ވަނަ އަހަރު ރާއްޖެއިން ބައިވެރި ނުވިނުވުމަކީ ދިވެހި ތާރީޙުގައި ފުރަތަމަ ފަހަރަށް ފަލަތީނާއި ދެކޮޅަށް، ސަރުކާރަކުން ބައިނަލްއަޤްވާމީ ދުނިޔޭގައި ހިންގި ލާއިންސާނީ އަމަލެވެ.
ރާއްޖެއަށް އޭރު އެކަން ވެގެންދިޔައީ ދިވެހިން ކަންބޮޑުވި ހިތްދަތި މައްސަލައަކަށެވެ! ދިވެހިންނަކީ އަބަދުވެސް ފަލަސްތީނަށް ހެޔޮ އެދޭ ބަޔެކެވެ! ސަރުކާރަކީ ރައްޔިތުންގެ އަޑުއިއްވަން އޮތް ތަނެއް ކަމުގައި ވީ ނަމަވެސް، ބައެއްފަހަރު އަމިއްލަ މަސްލަހަތު އިސްކުރުމަކީ ހެދޭ ގޯހެކެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އޭރު ދިޔައީ އިޒްރޭލުގެ މީހުންނަށް ފަހިވާގޮތަށް ކަންތައް ކުރުމަށް ފަހު ފަލަސްތީނުގެ ރައްޔިތުންނަށް ދެރަވާ ގޮތަށް ކަންތައް ކުރަމުން ކަމަށް ޑރ. އަފްރާޝީމް މިކަމާއި ގުޅިގެން އޭރު ވިދާޅުވިއެވެ. .
"ފަލަސްތީނަކީ ޔުނެސްކޯގެ މެމްބަރު ގައުމަކަށް ހެދުމަށްޓަކައި ދީނާ އެއްގޮތަށް ވޯޓު ދިނުމުގެ މަހްފޫމަށް ބަލައިފިނަމަ އެއީ އިޒްރޭލާ އެއްކޮޅަށް ވޯޓު ދިނުން ކަހަލަ ކަމެކެވެ.. އަދި ފަލަސްތީނާ ދެކޮޅަށް ވޯޓު ދިނުން ފަދަ ކަމެއް ކަމުގައި ބެލިދާނެއެވެ..
ރައީސް ނަޝީދުގެ ސަރުކާރާއި ޚިލާފަށް އިބްރާހިމް މުހައްމަދު ސޯލިޙް ގެ ސަރުކާރުން ފަލަސްތީނުގެ ދިފާޢުގައި އދ ގައި ވަނީ ތަކުރާރުކޮށް އަޑު އުފުލާފައެވެ. އިޒްރޭލާއި ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ފުރިހަމަ މިނިވަން ކަމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ޔުނެސްކޯގެ ދާއިމީ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ނެގި ވޯޓުގައި 107 ގައުމަކުން ފަލަސްތީނަށް ތާއީދު ކޮށްފައިވާއިރު އެ ގައުމާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދިނެވެ. ވޯޓުގައި ބައިވެރި ނުވަނީ 52 ގައުމަކުންނެވެ.