ޚަބަރު

ޗައިނާގެ ރައީސް އަށް އާދޭސް ދަންނަވައި، މުއިއްޒު ފޮނުވި ދެ ސިޓީ އާއި ހަވާލުވެ، ރާއްޖެއިން ދިޔަ މިނިސްޓަރުންގެ ވަފްދާއި ޝީ ޖިންޕިން ބައްދަލެއް ނުކުރި!

ދިޔަވަރު
ޗައިނާގެ ރައީސް އަށް އާދޭސް ދަންނަވައި، މުއިއްޒު ފޮނުވި ދެ ސިޓީ އާއި ހަވާލުވެ، ރާއްޖެއިން ދިޔަ މިނިސްޓަރުންގެ ވަފްދާއި ޝީ ޖިންޕިން ބައްދަލެއް ނުކުރި!

ޗައިނާގެ ރައީސް އަށް އާދޭސް ދަންނަވައި، މުއިއްޒު ފޮނުވި ދެ ސިޓީ އާއި ހަވާލުވެ، ރާއްޖެއިން ދިޔަ މިނިސްޓަރުންގެ ވަފްދާއި ޝީ ޖިންޕިން ބައްދަލު ނުކުރި ކަން ދިޔަވަރު ނޫހަށް ހާމަ ވެއްޖެއެވެ. ސަރުކާރުން ވިސްނުންފުޅު ހުރީ، ޝީ ޖިންޕިން އަށް ރައީސް މުއިއްޒުގެ ފަރާތުން މި ދެ ޝީ ޖިންޕިން ސިޓީ އެރުވުމަށެވެ. ދިވެހި ސަރުކާރުން އެދިފައި ވަނީ ވެސް އެގޮތަށެވެ.

މި ސިޓީގައި ވަނީ ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަ އާއި، އެކަމަށް އެހީތެރިވެ ދިނުމަށް، މުއިއްޒު ކޮށްފައިވާ އާދޭހެވެ. ޗައިނާ އިން ދަނީ މުއިއްޒުގެ ނާގާބިލު ކަމުގެ ފައިދާ ނަގަމުންނެވެ. އަދި ދިވެހިރާއްޖެ އަކީ ޗައިނާގެ ބާރު އިންތިހާއަށް ހިނގާ ތަނަކަށް ވަނީ މިިހާރު ބަދަލުވެފައެވެ.

މި ގޮތުން، ލާމު އަތޮޅު ހިމެނޭހެން، ރާއްޖޭގެ އެކި ސަރަހައްދު ތަކުން، ޗައިނާއަށް 99 އަހަރަށް ދިވެހިންނަށް އެއްވެސް ފައިދާއެއް ނުވާހެން، ރަށްތަކާއި ޕްރޮޖެކްޓްތައް ވަނީ ދީފައެވެ. މިކަމުގެ އިޤްތިޞާދީ ފައިދާ ކުރާނީ ޗައިނާއަށެވެ.

ޗައިނާއަށް ވަޑައިގެންނެވި ވަޒީރުންގެ ވަފުދުގައި ހިމެނެނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެވެ.

ޗައިނާގެ ރައީސްއާއި އެ ދެ ސިޓީ ހަވާލު ނުކުރެވުމުން، ޗައިނާގެ ފޮރިން މިނިސްޓަރަށް ރައްދު ކޮށްދެއްވާފައިވާ ކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

އަދި، މި ބައްދަލުވުމުގައި ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާ މާލީ އިސްލާހުތައް ހިއްސާކުރައްވާ، އެކަންކަމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ މިދިޔަ މަހު ރައީސް އިއުލާނުކުރެއްވި މާލީ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި ބޮޑެތި ހަފުލާތައް ނުބޭއްވުން ހިމެނެ އެވެ. އޭގެ އިތުރުންވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މުއިއްޒުގެ ވާހަކަފުޅާއި ޚިލާފަށް ސިޔާސީ މަގާމު ވަނީ އޭގެ ފަހުން އިތުރު ކޮށްފައެވެ.