ޚަބަރު

ފުށި ދިއްގަރު ފަޅު 8 މަސްތެރޭ ހިއްކާ ނިންމާނެކަމުގެ ދޮގު ވައުދު ވުމަށްފަހު, އެ ފަޅު އިތުރު 8 މަސްތެރޭ ހިއްކާނެ ކަމަށް މިރޭ ވިދާޅުވެ, އަނެއްކާވެސް މުއިއްޒު ރައްޔުތުންނަށް ނަނާ ހުވަފެން ދައްކައިފި!

ދިޔަވަރު
ފުށި ދިއްގަރު ފަޅު 8 މަސްތެރޭ ހިއްކާ ނިންމާނެކަމުގެ ދޮގު ވައުދު ވުމަށްފަހު, އެ ފަޅު އިތުރު 8 މަސްތެރޭ ހިއްކާނެ ކަމަށް މިރޭ ވިދާޅުވެ, އަނެއްކާވެސް މުއިއްޒު ރައްޔުތުންނަށް ނަނާ ހުވަފެން ދައްކައިފި!

8 މަސްތެރޭ ފުށި ދިއްގަރު ފަޅު ހިއްކާނެކަމުގެ ދޮގު ވައުދުވުމަށްފަހު, ކުރިޔަށް އޮތް 8 މަސްތެރޭ އަނެއްކާވެސް އެ ފަޅު ހިއްކާ ނިންމާނެކަމަށް މުއިއްޒު ވައުދު ވެއްޖެއެވެ.

ފުށި ދިއްގަރުފަޅު ކުރިޔަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމޭނެކަމަށް މުއިއްޒު ވައުދުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކުމަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް މިހާރު އުވާލާފައިވާ ކަމަށާއި, ދެން އެ ފަޅުން އެންމެ ބިންކޮޅެއްވެސް ސަރުކާރުން އެހެން އެއްވެސް ބަޔަކަށް ނުދޭނެ ކަމުގައެވެ.

އަދި މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކާނީ ދައުލަތުގެ ކުންފުނިތައް ބޭނުން ކޮށްގެން ކަމަށާއި, ކުރިޔަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެފަޅު ހިއްކާ ނިންމާނެ ކަމުގައެވެ.

ފުޅިދިއްގަރު ފަޅު 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް މުއިއްޒު އެންމެ ފުރަތަމަ ވައުދުވީ ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެ މަޝްރޫޢު ފައްޓަވާ ދެއްވަމުން މުއިއްޒު ވިދާޅުވީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް މުއިއްޒު އޭރުވެސް ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް… 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

މީގެ 7 މަސްކުރިން, ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.

މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ގެންދިއުމަށް އޭރު ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އޭގެފަހުން ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)އިންވަނީ ހުޅުމާލެއިން އެކުންފުންޏަށް ދޭން ސަރުކާރުން ނިންމި ހުޅުމާލޭގެ ބިންތައް ވިއްކުމަށް ބިލް ބޯޑު ބަހައްޓައިގެން އިސްތިހާރުވެސް ކޮށްފައެވެ.

އެހެންނަމަވެސް މިރޭ މުއިއްޒު ވިދާޅުވެފައިވަނީ, ދެން އެފަޅުން ހިއްކާ ބިމުން އެއްވެސް މިންވަރެއް އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމުގައެވެ. އެހެންނަމަވެސް އެ ފަޅުން ހިއްކާ ބިމުން ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) ކުންފުނީގެ އެމްޑީ ސެވެރާޖް މަނިވަންނަ މެދުވެރިވެ ފާއިތުވި މަޖިލިސް އިންތިޚާބަށް މުއިއްޒުވަނީ ރިޝްވަަތުގެ ފައިސާވެސް ނަގާފައެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމުގެ ޑީލްގެ ދަށުން, ރާޖޫ އަތުން ރިޝްވަތުގެ ފައިސާ ނެގުމަށްފަހު ރާޖޫއާއެކު ވީ އެއްބަސްވުން މިސަރުކާރުން އުވާލުމުން, ބަދަލު ހޯދުމަށް މައްސަލަ ގާނޫނީ މަރުހަލާގެ ތެރެއަށް ވެއްދުމަށް ސީއެމްސީސީ ކުންފުނިން ވިސްނަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.