ޚަބަރު

މިނިވަން ދުވަސް ފާހަގަ ކުރި އިރު، އަޒާން ހޯދަން ދިޔަ، އެތައް ހާސް އިންޑިޔާ ސިފައިންނަކާއި، އުތުރު ތިލަފަޅުގައި މިލިޓަރީ ބޭހެއް އަޅާ ކަމަށް ބުނެ، ފެތުރި ދޮގުތަކަށް ޖަވާބެއް ނުލިބުނު!

ދިޔަވަރު
މިނިވަން ދުވަސް ފާހަގަ ކުރި އިރު، އަޒާން ހޯދަން ދިޔަ، އެތައް ހާސް އިންޑިޔާ ސިފައިންނަކާއި، އުތުރު ތިލަފަޅުގައި މިލިޓަރީ ބޭހެއް އަޅާ ކަމަށް ބުނެ، ފެތުރި ދޮގުތަކަށް ޖަވާބެއް ނުލިބުނު!

މިނިވަން ދުވަސް ފާހަގަ ކުރި އިރު، އަޒާން ހޯދަން ދިޔަ، އެތައް ހާސް އިންޑިޔާ ސިފައިންނަކާއި، އުތުރު ތިލަފަޅުގައި މިލިޓަރީ ބޭހެއް އަޅާ ކަމަށް ބުނެ، ފެތުރި ދޮގުތަކަށް ޖަވާބެއް ނުލިބުނެވެ. ޔޫޓީއެފްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އެތާގައި ގައި މިލިޓަރީ ބޭހެއް އަޅަމުން ދާނަމަ، މި ސަރުކާރުން އެކަން ހުއްޓުވަން ވާނެތާއެވެ. ނުހުއްޓުވައެވެ. އެއީ އެފަދަ އެއްވެސް މިލިޓަރީ ބޭހެއް އެއްވެސް އިރެއްގައި އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި އަޅަމުން ނުދާތީއެވެ.

ނަމަވެސް، އެމްޑީޕީއަށް އެންމެ ގިނަ ވޯޓު ގެއްލުމަށް މެދުވެރިވި އެއް ސަބަބަކީ އެތައް ހާސް އިންޑީޔާ ސިފައިންނެއް، ޔޫޓީއެފްގައި ތިބި ކަމަށް ބުނެ އޭރު ފަތުރަމުން ދިޔަ ދޮގު ވާހަކަ ތަކެވެ. އެ ދޮގު ރައްޔިތުންނަށް ޔަގީން ކޮށް ދިނުމުގެ ނަމުގައި، އަޒާން އާއި، ދިޔަރެސްގެ ސިޔާސީ ނޫސް ވެރިން، ޔޫޓީއެފް އަށް އެރުމަށް ގޮސް، ދިވެހި ސިފައިންގެ ބޭކަލަކަށް ފުރައްސާރަ ވެސް ކޮށްފައިވެއެވެ.

އަދި ޔޫޓީއެފް އެއްބަސް ވުމަކީ ރާއްޖެ އަޅުވެތި ވާނެހެން ހަދާފައިވާ އެއްބަސް ވުމެއް ކަމަށް ބުނެ، އެ އެއްބަސްވުން ހާމަ ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެ އެއްބަސްވުން ހާމަ ކުރަން ސަރުކާރަށް ނުކެރިގެން އުޅެނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރު ކުރާހެން އޭގައި އެންމެ ޖުމްލައެއްވެސް އެމްޑީޕީ ސަރުކާރުން ހިމަނާފައި ނުވާތީ އެވެ.

އަޒާން ވަނީ މަޖިލީހަށް ހޮވުމުން، 241 ކޮމިޓީއިން މި އެއްބަސްވުންތައް ބަލާފައެވެ. މިކަމުން 241 ކޮމިޓީގެ މެމްބަރުންނަށް އިތުރަށް ސާފުވެގެން ދިޔައީ، އަޒާން ހަދަމުން ދިޔައީ ދޮގުތައް ކަމުގައި އެކޮމެޓީގެ މެމްބަރަކު މީގެ ކުރިން ވަނީ ދިޔަވަރު ނޫހަށް މައުލޫމާތު ދީފައެވެ.

ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނާއި، ބަސްމަގު ހުރި ގޮތުން ތިމަންނާމެން ރައްޔިތުންނަށް އޮޅުވާލަން ރޯބުހުތާނު ދޮގު ހަދާފައިވާކަމަށް މި ވަނީ އިއުތިރާފް ވެފައެވެ.