ޚަބަރު

ރެޑްވޭވް ސަލީމަށް ހުޅުމާލެއިން 30,000 އަކަފޫޓުގެ ބިމެއް! ހުޅުމާލެއިން އާންމު ރައްޔިތުންނަށް ދިން ގޯތި ތައް އަތުލުމަށް މުއިއްޒު ވަނީ އޮޑިޓް އޮފީހަށް މައްސަލަ ހުށައަޅާފައި!

ދިޔަވަރު
ރެޑްވޭވް ސަލީމަށް ހުޅުމާލެއިން 30,000 އަކަފޫޓުގެ ބިމެއް! ހުޅުމާލެއިން އާންމު ރައްޔިތުންނަށް ދިން ގޯތި ތައް އަތުލުމަށް މުއިއްޒު ވަނީ އޮޑިޓް އޮފީހަށް މައްސަލަ ހުށައަޅާފައި!

ރެޑްވޭވް ސަލީމަށް ހުޅުމާލެއިން 30,000 އަކަފޫޓުގެ ބިމެއް މުއިއްޒު ދެއްވައިފިއެވެ. މިފަދަ ބޮޑު ބިމެއް ރެޑްވޭވް ސަލީމަށް މުއިއްޒު ދެއްވިއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން މާލޭގެ އާންމު ރައްޔިތުންނަށް ރައީސް ސޯލިހްގެ ސަރުކާރުން ދީފައިވާ ގޯތި ތައް އަތުލުމަށް މުއިއްޒު ވަނީ އޮޑިޓް އޮފީހަށް މައްސަލަ ހުށައަޅާފައެވެ. މި މައްސަލަ އޮޑިޓް އޮފީހަށް މުއިއްޒު ހުށައަޅާފައި ވަނީ، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސް ކޮށްގެން، އެ ގޯތި ތަކަކީ ދައުލަތަށް ލިބުނު ގެއްލުމެއް ކަމަށް ބުނެ އެތަން އޮޑިޓްކޮށް، އެ މައްޗަށް ބިނާކޮށް އެ ބިންތައް އަތުލުމަށެވެ.

ރެޑްވޭވް ސަލީމަށް ހުޅުމާލެއިން ބޮޑު ބިމެއް މުއިއްޒު ދީފައިވާއިރު، ދާދި ފަހުން ސޯޝަލް މީޑިޔާގައި ހޯމް މިނިސްޓްރީ އިން އާންމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި، އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ދަރާ އެބަހުއްޓެވެ. ނަމަވެސް ކުދި ވިޔަފާރިތަކުން މި ގޮތަށް ލޯ ލާރިއެއް ނުދައްކާ އޮތަސް، އެތަނެއް ފައިން ކޮށް، މަސައްކަތް ނުކުރެވޭ ވަރު މުއިއްޒުގެ ސަރުކާރުން ދަނީ ކުރަމުންނެވެ.

https://twitter.com/sikkamohoree/status/1817169762121564280?s=46
ރެޑްވޭވް ސަލީމް އަށް މުއިއްޒު ދިން ބިން

ބޭރުގެ ތަރައްގީ ވެފައިވާ ޤައުމުތަކުން، ދައުލަތަށް ބޮޑު އަދަދަކުން ފައިސާ ދައްކަން ޖެހި ނުދައްކާ ފަރާތްތަކަށް، މިފަދައިން ބޮޑެތި ބިންތަކާއި، ވިޔަފާރި އަށް ލޯންތައް ދޫކޮށް ހެދުމަކީ އެއްވެސް ގޮތަކަށް ކޮށް އުޅޭ ކަމެއް ނޫނެވެ. ރެޑްވޭވް ސަލީމަކީ ކަސްޓަމުން ގެންނަ މުދަލުގެ އަގަށް ބަދަލު ގެނެސް ދަށް އަގުގައި ޓެކްސަށް މަކަރު ހެދުމަށް ކަސްޓަމަށް އާންމުކޮށް ހުށައަޅާ މީހެކެވެ. މި ގޮތުން ކަސްޓަމުން އެކަން ފާހަގަ ވެގެން ދިއުމުން، ރެޑްވޭވް ސަލީމް ވަނީ ކަސްޓަމަށް ލޯޔަރުން ފޮނުވައި އެއްބާރުލުން ނުދޭނެ ކަމަށް އަންގައި، ބާރާއި ނުފޫޒު ބޭނުންކޮށްގެން އިންވެސްޓިގޭޝަން ތަކުން ސަލާމަތް ވެފައެވެ.

މުއިއްޒުގެ ސަރުކާރުން ރެޑްވޭވް ސަލީމްގެ ދަރިއަކަށް، އެމްޓީސީސީގެ ބޯޑު މެމްބަރު ކަން ދީފައިވާ އިރު، އެހެން ދަރިއަކަށް އެޗްޑީސީގެ ބޯޑު މެމްބަރުކަން ދީފައި ވެއެވެ.