ޝައިތާނީ އަމަލުތަކާއި، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މުޑުދާރު އަމަލުތަކާއި، އެމީހުންގެ އޮރިޔާން ގުނަވަންތައް ފެންނަހެން، ޕެރިހުގައި އިފްތިތާހު ކުރި، އޮލިމްޕިކްސް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އިންނެވި އެއް ފަރާތަކީ ރާއްޖޭގެ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފުއެވެ.
ފެށިގެން ގޮސް ނިމެންދެން އެމަނިކުފާނު، އެ މަންޒަރުތައް ބައްލަވަން އިންނެވި އިނުމަކީ ހުޅަނގުން ފަތުރަމުންދާ އެއްޖިންސުން ގުޅުން ހިންގުމާއި، ކުޑަކުދިންނާއި ބެހުންފަދަ، ޝައިތާނާހެ އަމަލުތައް ކުރިއަށް ގެންދިއުމަށް ތާޢީދު ކޮށްގެން އިނުމެވެ. ފިރިހެނެއްގެ ޖިންސީ ގުނަވަން ފެންނަމުން ދިޔައިރު، އެ މަންޒަރު ބަލަން %100 އިސްލާމީ ގައުމެއްގެ ނައިބު ރައީސް އިންނެވި އިންނެވުމަކީ، އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާޢުގައި ވެރިކަމަށް އައިސް މިތިބީ ސީދާ ލާދީނީ ބައެއްކަން ފެނި ހާމަ ވެގެން ދިޔަ މަންޒަރެކެވެ.
އީސާ އަލައިހިއްސަލާމް އަށް މަލާމާތްކޮށް، ހަޖޫ ޖަހާ، ނަބީ ބޭކަލަކަށް އެވަރަށް ބޭ އިޚްތިރާމް ކުރި މަންޒަރު ބަލައި އަތް ޖަހަން، %100 އިސްލާމީ ޤައުމެއްގެ ލީޑަރުން ތިބި ތިބުމަކީ ބަޔަކު އަޖާއިބު ވާންވީ ވަރުގެ ކަމެކެވެ. އެފަދަ ކަމެއް ފެށޭ އިރަށް އެތަނެއް ދޫކޮށް، ނުކުމެގެން ދިއުން މުސްލިމުންގެ މައްޗަށް ވާޖިބު ވެގެން ވެއެވެ.
ރަސޫލުންނަށް މަލާމާތްކޮށް، ޝައިތާނީ އަމަލުތަކުން ތަޣައްޔަރު ކޮށްފައިވާ މި ހަފްލާ ގައި އިސްލާމީ ލީޑަރުން ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ހަފްލާތަކަކީ ލައުނަތް ލެއްވިގެންވާ ހަފްލާތަކެވެ. އަދި މާތްﷲގެ ކޯފާއަކަށް ބިރުވެތިވެ، އެފަދަ ހަރަކާތެއް ފެށުމުން، ވީއައިޕީގައި އަތް ޖަހަން ނީނދެ ރާއްޖޭގެ ނާއިބް ރައީސް އެތަން ދޫކޮށް ދާން ޖެހެއެވެ. އިސްލާމް ދީނަށްޓަކައި އެފަދަ ކުޑަ ކުޑަ ގުރުބާނީއެއް ނުވެވޭ ލީޑަރަކު ދިވެހިން ތަމްސީލް ކުރަން ތަންތަނަށް ނުދާށެވެ.
ނަމަވެސް، ނައިބް ރައީސް ވީއައިޕީ ސީޓުގައި އިންނެވީ އާވާރާވެ އެ މަންޒަރަށް ގެއްލި އެ މަސްތުގައި ޖެހިފައި ކަމަށް ޕެރިހަށް ދިޔަ ދިވެއްސެއްގެ ފަރާތުން ދިޔަވަރަށް މައުލޫމާތު ލިބެއެވެ. ޝައިތާނީ މަންޒަރުތަކާއި، އީސާގެފާނަށް ފުރައްސާރަ ކުރުމާއި، ފިރިހެންކުޅި މަންޒަރުތަކުން ސެމްބެ ހާސިލް ކުރަން ބޭނުންވަނީ ކޮން ކަމެއް ސާފެއް ނުވެއެވެ. އަދިވެސް ހުންނެވީ ޕެރިހުގައެވެ. ދީނާއި ޤަމަށްޓަކައެވެ. ރައްޔިތުންގެ ޓެކްސް ފައިސާގައެވެ.