ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވައިފި އެވެ.
އެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވިކަން ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ "ދިޔަވަރު އޮންލައިން" އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ އިސްތިއުފާ ދިނީ މިއަދު އެވެ. މިކަމާ ގުޅިގެން ތޯރިގުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބެ އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ. އެއީ, މަޖިލީހުގެ މެންބަރުކަން ކުރައްވާތާ އެންމެ ފަސްވަނައަށް އެންމެ ގިނަ މެންބަރުގެ ހައިސިއްޔަތުންނެވެ. އޭނާ މަހިބަދޫ ދާއިރާގެ މެންބަރުކަމަށް ފުރަތަމަ ހޮވުނީ އި 28، 2014 ގައި 17 ވަނަ މަޖިލީހަށެވެ.
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަންކުރައްވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މެއި 22، ގައި އެ ޕާޓީގެ ޕީޖީ ގްރޫޕާއެކު ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނެވެ. އޭނާގެ އިތުރުންވެސް ތިން ޑެޕިއުޓީން އައްޔަންކުރެއްވި އެވެ.
ޕީއެންސީގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ޔަގީން ނުވި ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް އައުމަށް އޭނާ ކެމްޕޭން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ވަނީ އެނގިފަ އެވެ.
އެ މަގާމުގައި ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކޮށް، ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ނިންމާފަ އެވެ. "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ އިސްފަރާތެއްގެ ގޮތުގައި ޖަނާ ހަމަޖައްސަން މިސަރުކާރުންވެސް ވަނީ ރެކޮމެންޑޭޝަން ދީފައެވެ. އަދި އެ ރެކޮމެންޑޭޝަން ދީފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށެވެ.
އެހެންނަމަވެސް, އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީއަށް އައްޔަން ކުރުމަށް ސަރުކާރުގެ ރެކޮމެންޑޭޝަން ހޯދުމަށް ތޯރިގް މުއިއްޒުގެ ކިބައިން އެދިފައިވާކަމަށްވެސް މައުލުމާތު ލިބިފައިވެއެވެ.
ތާރިގްގެ އެންމެ ބޮޑު ހިންހަމަ ނުޖެހުމެއް ސަރުކާރާމެދު އެފެދުނީ, ފުޓު ބޯޅް ނުވެސް ދަންނަ ފަރާތެއް ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފްއޭއެމްގެ ތެރެއަށް އަތްގަދަ ކުރުމަށް މަސައްކަތް ފެށުމުންކަމަށްވެސް ވަނީ އެނގިފައެވެ.
މުހައްމަދު އަލީ ޖަނާހުއަކީ އަބަދުވެސް އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ފަސްބައިގައި އެލިގެން ”ހަދިޔާ“ ދީގެން އުޅޭ ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ. އަދި އޭނާއަކި އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި، އަންނަ ކޮންމެ ސަރުކާރެއްގެ ތެރެއަށް ވަދެގަންނަ މީހެއްވެސް މެއެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އޭނާވަނީ މުއިއްޒުގެ އިކޮނޮމިކް އެޑްވައިޒަރުކަމަށް އައްޔަން ކޮށްފައެވެ.
އެހެންނަމަވެސް އެއްވެސް ސަރުކާރަަކަށް އެނާ ހޯދާދިން އިންވެސްޓަރެއްގެ ކިބައިން ގައުމަށް ހޯދާ ދެވުނު ފައިދާއެއް ފެންނާކަށް ނެތެވެ. ގައުމަށް މިއަދު ހިންދެމިލެވެން އޮތީ މިފަދަ ކޮރަޕްޓް ވިޔަފާރިވެރިން ނުފޫޒުން ގައުމު ސަލާމަތް ކުރެވުނު ދުވަހަކުންނެވެ.