މުހައްމަދު ފިރާޒް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑްގެ ނައިބު ރައީސްގެ މަގާމުން ދައުރު ހަމަ ނުވަނީސް ވަކިކޮށްފި އެވެ.
ފިރާޒް ވިދާޅުވި ގޮތުގާ ވަޒީފާއިން ވަކި ކުރި ސަބަބެއް އަދި އިނގިފަކައެއް ނެތެވެ. ނަމަވެސް ދިޔަވަރު ނޫހުން އިތުރަށް ހޯދި ހޯދުމުން، އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ ތައުލީމު ނެތް އެތައް ބަޔަކަށް ވަޒީފާތައް ދޭތީ، މީހުން އައްޔަން ކުރުމަށް އުފައްދާފައިވާ އުސޫލުތަކާއި އެއްގޮތަށް އެކަން ނުކުރެވޭތީ ފެންވަރު ރަނގަޅު މީހުންގެ ނަންތައް މަގާމުތަކަށް ފޮނުވުމަށް އެދިފައި ވަނިކޮށެވެ.
ފިރާޒް މިމަގާމަށް އައްޔަނު ކުރެވުނީ 2022 ވަނަ އަހަރު، އޭރު ޕީސީބީގެ ރައީސްއަކަށް ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭރުގެ ނައިބު ރައީސް އާސިމް މުހައްމަދު ޕީސީބީގެ ރައީސްގެ ގޮތުގާ ހަމަ ޖެއްސުމުންނެވެ.
ފިރާޒް ވަނީ ރައީސް މުހައްމަދު މުއިއްޒުއަށް ދައުލަތުގާ މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވީތީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ޝުކުރު އަދާ ކޮއްފަ އެވެ.
މިޕޯސްޓުގާ ފިރާޒް އޭނާ ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެ ޕީސީބީ އަށް ކުރިއަށް އޮތްތާގާ ކާމިޔާބަށް އެދޭ ކަމަށް ބުނެފަ އެވެ.
ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.