ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)ގެ, ގަރުދިޔަ ޖަގަހާގައި މާދަމާރޭ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ގަރުދިޔަ ޖަގަހައިގެ ޖަލްސާ މާދަމާރޭ ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކަމުގައެވެ.
ޕީއެންސީންވަނީ ގަރުދިޔަ ޖަގަހައިގެ ޖަލްސާއަށް އެޕާޓީގެ އެންމެހާ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ގަރުދިޔަ ޖަގަހައިގެ ޖަލްސާގައި މާދަމާ ރޭ ވާހަކަ ދެއްކުމަށް ސިޔާސީ ބައެއް ފަރާތްތަކަށް ދަނީ މަޖުބުރު ކުރަމުންނެވެ.
”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލު ވިދާޅުވީ, ޖަގަހަ ޖަލްސާތަކަށް މިހާރު އަރުވަމުންދަނީ, ޔާމީނާއި ގުޅުން އޮންނަކަމަށް ޕީއެންސީގެ ލީޑަރޝިޕަށް ޝައްކު ކުރެވޭ މީހުން ކަމުގައެވެ. އޭގެ ބޭނުމަކީ, އެމީހުން ލައްވާ ރައީސް ޔާމިންއަށް އެއްޗެހި ގޮއްވުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަދި ޕޯޑިއަމްގައި ވާހަކަ ދައްކާ މީހުން ޔާމިނަށް ”ވަގަށް“ ނުގޮވައިފިނަމަ އެމީހުން ކުށްވެރި ވެދާނެތީ އެކަމުގެ ބިރަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ގަރުދިޔަ ޖަގަހައިގެ ޖަލްސާތަކަށް އެރުމަށް ދެކޮޅު ހަދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޖަގަހަ ޖަލްސާ އޮންނަ ރެއަކު ގިނަ ބަޔަކު ”ބަލިވުން“ ނުވަތަ ރަށުން ބޭރަށް ދިއުން ގިނަވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލު ވިދާޅުވީ ޕީއެންސީގެ އިސް ގިނަ ބޭފުޅުން ރައީސް ޔާމިންއާއި ގުޅުން ބާއްވަމުން ގެންދަވާ ކަމަށް މުއިއްޒު ގެންދަވަނީ ޝައްކު ކުރައްވަމުން ނެވެ. އެގޮތުން އެ ޝައްކުތައް ފިލުވުމަށް މިހާރު ބޭނުން ކުރަމުންދާ ހަތިޔާރަކަށް ގަރުދިޔަ ޖަގަހައިގެ ޖަލްސާތައް ހަދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.