ޚަބަރު

ހައްލެއް ނުހޯދައި، ސިޔާސީ ފަރާތްތަކުގެ މުސާރައަށް ބޭނުންވާ އާމްދަނީ ހޯދުމަށް، ކާރުތައް ޓޯ ކުރާ މައްސަލާގައި މުއިއްޒުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކޮށްފި

ދިޔަވަރު
ހައްލެއް ނުހޯދައި، ސިޔާސީ ފަރާތްތަކުގެ މުސާރައަށް ބޭނުންވާ އާމްދަނީ ހޯދުމަށް، ކާރުތައް ޓޯ ކުރާ މައްސަލާގައި މުއިއްޒުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކޮށްފި

ރައީސް މުއިއްޒު އާއި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާ އަށް ގޮވާ މާލޭގައި ހުކުރު ވިލޭރޭ މުޒާހަރާ ކޮށްފިއެވެ. ހައްލެއް ނުހޯދައި، ވެފައިވާ ވައުދުތައް ނުފުއްދައި، ސިޔާސީ މުއައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ އާމްދަނީ ހޯދުމަށް، ކާރުތައް ޓޯ ކުރާ މައްސަލާގައި މުއިއްޒުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކޮށްފި އެވެ.

މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ވެހިކަލް ޓޯ ކުރަމުންދާ މައްސަލައިގައި ހިތް ހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން މުޒާހަރާ ކުރި މީހުން ބުނެފައިވަނީ ސަރުކާރުން ވެހިކަލްތައް ޓޯ ކުރުމަންދަނީ އެތަކެއްޗަށް ގެއްލުންވާ ގޮތައް އެތަކެތި ނެގުމަށް ފުރުސަތެއް ނުދީ ކަމަށެވެ.

ސަރުކާރުން ވެހިކަލްތަކާ މެދު ކަންކުރަމުންދާ ގޮތާ މެދު ނުރުހުން ފާޅު ކޮށް މުޒާހަރާ ކުރި މީހުންގެ ތެރޭގައި، ޓެކްސީ ޑްރައިވަރުންނާއި، ރޭސިންގ ކޮމިއުނިޓީގެ މެމްބަރުންނާއި، އާންމުން ބައިވެރިވެފައިވެއެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނެފައިވަނީ ސަރުކާރުން ވެހިކަލްތައް ޓޯ ކުރަމުންދަނީ ޕާކު ކުރާނެ އެއްވެސް ތަނެއް ނުދައްކާ ކަމުގައެވެ. އަދި ބައެއް ވެހިކަލްތައް ޓޯ ކުރަނީ ޕާކިންގ ގައި ހުއްޓާ އެއްވެސް އެންގުމަކާ ނުލައި ކަމަށާއި ވެހިކަލްތައް ޓޯ ކުރާ އިރު އެތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެ ހަލާކު ވެފައި ހުންނަ ކަމަށެވެ.

"ޓޯ ކޮށްގެން ގެންގޮސް އަގު ބޮޑު މުދާ ހަލާކު ކުރަމުން ގެންދަނީ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ސަރުކާރު އައި އިރުގައި ރައްޔިތުންނަށް ވަމުން އައި ވައުދުތަކުގެ ތެރޭގައި ޕާކިން ޒޯން ދެއްކުމާއި، ޕާކިން އިމާރާތް އެޅުމާއި އަދި ގަރާޖު ސިޓީ އާ ނުލައި ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަދައިދިނުން ހިމެނޭ ކަމަށް މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

"މީން އެއްވެސް ކަމެއް މި ސަރުކާރުން ނުކޮށް، މަގުމަތި ތަރުތީބު ކުރުމެއް ނެތި، ދުއްވާނެ މާހައުލެއް ގާއިމް ނުކޮށްދީ، ގަރާޖު ސިޓީއެއް ލިބޭނެ ގޮތެއް މަގުފަހި ނުކޮށްދީ، ޒުވާނުންގެ ކާރުތައް ފޯކްލިފްޓް ޖަހާފައި ޓޯ ކޮށްގެން ގެންދަނީ،" މުޒާހަރާ ކުރަން ޖެހުނު ސަބަބު ކިޔައިދެމުން ބައިވެރިއަކު ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި ސަރުކާރުން ކަންކަން ހައްލު ކުރުމުގެ ނަމުގައި މަގުމައްޗަށް ނުކުންނަން ވާނީ ރަނގަޅު ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާފައި އޭގެ ފަހުގައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުން ޓެކްސީ ކުރަން އުޅޭ މައްސަލައިގައިވެސް ނުރުހުން ފާޅު ކޮށްފައެވެ. އެމީހުން ބުނި ގޮތުގައި އެއީ ސަރުކާރުން ޓެކްސީ ކޮމިއުނިޓީ "ފުނޑާލަން" ކުރާ ކަމެކެވެ.

މުޒާހަރާ ކުރި މީހުން ބުނީ އެމީހުންގެ ކަންބޮޑުވުން ތަކަށް ހައްލު ނުހޯދައިދޭނަމަ އަދި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ހުއްޓާނުލާ ނަމަ މުޒާހަރާތައް ވެސް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.