ސިޔާސީ

މަޖިލީސް މެމްބަރުންނަށް އަދީބު ދިން ކޮރަޕްޝަންގެ ފައިސާ، މުއީއްޒު ދެއްވާނީ އެލަވަންސްގެ ނަމުގައި؟

ދިޔަވަރު
މަޖިލީސް މެމްބަރުންނަށް އަދީބު ދިން ކޮރަޕްޝަންގެ ފައިސާ، މުއީއްޒު ދެއްވާނީ އެލަވަންސްގެ ނަމުގައި؟

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޓިކެޓުގައި ވާދަކޮށް މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރައާ އިނާޔަތްތަކުގެ އިތުރުން ޕާޓީން ހާއްސަ އިނާޔަތެއް ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ވާދަކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމުގަ އެވެ.

މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން

މުއިއްޒު ލިޔުއްވާފައިވެ އެވެ.

ފާއިތުވި ޕީޕީއެމްގެ ވެރިކަމުގައި، މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ކަމުގައި ވީނަމަވެސް، ސަރުކާރުގެ ބިލްތަކަށްވެސް ޕީޕީއެމް ކޮރަޕްޓް މެމްބަރުން ވޯޓު ދީފައިވަނީ ޔާމީނުގެ އެންގުމަށް އަދީބު އަތުން ފައިސާ ނަގައިގެންނެވެ. މަޖިިލީހުގެ މުސާރައިގެ އިތުރަށް އެލަވަންސްގެ ނަމުގައި ބަޔަކަށް ފައިސާ ދޭނޭކަމަށް ބުނެ އިއުލާން ކުރުމަކީ މަޖިލީސް އިންތިހާބަށް ނުފޫޒު ފޯރުވައި، މުއީއްޒުގެ ފަރާތުން މަޖިލީހަށް ނުކުންނަ ފަރާތްތަކަށް ނާޖާޢިޒު މަންފާތަކެއް ހޯދަދޭނެކަމަށް ބުނުމެވެ.

މުއީއްޒަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހުގެ މެޖޯރިޓީ ހޯދުމެވެ. އަދި ޔާމީނުގެ ސަޕޯޓަރުންނަށް މަޖިލީހަށް ކުރިމަތިލުމުގެ ފުރުޞަތު ހަނިކުރުމެވެ.