ޚަބަރު

މުސްލިމް އެތައް ގައުމެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ކުރިއިރު, ރާއްޖޭގައި ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ނުކުރި! ނަމަވެސް އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތައް ވަނީ ތަންމިނަށް ހުޅުވާލާފަ!

ދިޔަވަރު
މުސްލިމް އެތައް ގައުމެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ކުރިއިރު, ރާއްޖޭގައި ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ނުކުރި! ނަމަވެސް އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތައް ވަނީ ތަންމިނަށް ހުޅުވާލާފަ!

މުސްލިމު އެތައް ގައުމެއްގައި މިއަދު, ޝަހީދު ކޮށްލެވުނު, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ ކަށު ނަމާދު ޢައިބަށް ކުރަމުންދާއިރު, ދިވެހިރާއްޖޭގައި, އެތައް ބައެއްގެ އެދުމާއެކުވެސް, އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ކުރުމަށް މިސަރުކާރުން ހުއްދައެއް ނުދިނެވެ.

އެގޮތުން, ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް, އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް މިއަދު ކުރުމަށް ގޮވާލި ނަމަވެސް, ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އިސްމާއިލް ހަނިއްޔެގެ މައްޗަށް ޢައިބަށް ކަށުނަމާދު ޢައިބަށް ކުރުމަށް މި ސަރުކާރުން ފުރުސަތު ދީފައެއް ނުވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދުކޮށްލެވުނު ހަނިއްޔާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ގަތަރުގައެވެ. ހަނިއްޔާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުއެވެ. އަދި ހަނިއްޔާ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްމާއިލް ހާނިއްޔެ ވަޑައިގެން ހުންނެވި ގެކޮޅުގައި ގޮއްވާލި ބޮމުގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ ފާއިތުވި ހަފްތާގެ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.

ހަމައެއާއެކު ރާއްޖޭގެ ދީނީ އިލްމުވެރިޔާ, ޑރ އިޔާޒް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވާނީ ރާއްޖޭގައިވެސް ހަމާސްގެ ލީޑަރުގެ ޢައިބުގައި ކަށުނަމާދު ކުރުމަށް ގޮވާލައްވާފައެވެ. އިޔާޒް ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ޣައިބަށް ކަށުނަމާދު ކުރަމުން ގެންދާ ކަމަށެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލުމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި އިސްމާއިލް ހަނިއްޔޭގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައި ކަމުގައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކާއި އަދި ޚާއްސަކޮށް އެމެރިކާގެ ނުރުހުން މި ސަރުކާރަށް އަމާޒުވެގެން ހިގައިދާނެކަމަށް މުއިއްޒުއަށް ހީކުރެއްވުމެވެ.

ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި, ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާއިލް ހާނިޔެ, ޔަހޫދީ ދައުލަތުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދު ކޮށްލިތާ ދެ ދުވަސްފަހުން, އޭނާ ޝަހީދު ކޮށްލުން ސަރުކާރުން ވަނީ ކުށްވެރި ކޮށްފައެވެ.

ހަމައެއާއެކު, ފަލަސްތީނުގެ ހައްގު ހޯދުމަކަމަށް ވިދާޅުވެ, ފަލަސްތީނާއި ގުޅުންހުރި ހުރިހާ ކަމެއްގައި އެންމެ ފުރަތަމަ ކުރެޑިޓް ނެގުމަށް މުއިއްޒު ފާއުތުވެދިޔަ ތަނުގައި ޓުވީޓު ކުރައްވަމުން ގެންދެވި ނަމަވެސް, ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އަނިޔާވެރިކޮށް އަވަހާރަކޮށްލުން ކުށްވެރިކޮށް މިއަދާއި ހަމައަށްވެސް ޓުވީޓު ކޮށްފައި ނުވާތީއެވެ.

އިސްމާއިލް ހަނިއްޔާ ޝަހީދު ކުރުން މިސަރުކާރުން ކުށްވެރި ކޮށްފައިވަނީ, އެންމެ ދެފޮޅުވަތުގެ ބަޔާނަކުން, އީރާނުގައި އޭނާގެ ޖަނާޒާވެސް ބޭއްވި ފަހުންނެވެ. އަދި އިސްމާއިލް ހައްނިއްޔާ ޝަހީދު ކޮށްލުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިސްރާއީލުގެ ނަންވެސް ގެނެސްފައެއް ނުވެއެވެ.

އަދި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު ކޮށްލި އަނިޔާވެރި މިހަމަލާ މުއިއްޒުވެސް ކުށްވެރި ކޮށްފައި ނުވާއިރު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ކުށްވެރި ކޮށްފައެއް ނުވެއެވެ.

މިސަރުކާރުން އިސްރާއީލުގެ މިފަދަ އުދުވާންތައް ކުށްވެރި ކުރަމުން ނުދާތާގައި, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސްތަރީގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.

އަދި ފާއިތުވި މޭމަހު, އިސްރާއީލުގެ ޕާސްޕޯޓުތައް ރާއްޖެއަށް މަނާކުރުމަށް ނިންމުމަށްފަހުވެސް ހުޅަނގުގެ ގައުމުތަކަށް ބިރުން, މުއިއްޒުވަނީ އަމިއްލަފުޅު ކެބިނެޓުން ނިންމި ނިންމުންވެސް ތަންފީޒުކުރުމަށް ފަސްޖެހިގައެވެ.

މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, މުއިއްޒު ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށްވެސް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހިންއުފާ ކުރުމުގެ ފުރުސަތު ފަހިކޮށް ދެމުންނެވެ.