އިސްލާމީ މަރުކަޒުގައި އަދި ސަލްމާން މިސްކިތުގައި ޑރ. އިޔާޒް ނަގައިދެމުން ދިޔަ ތަފްސީރު ކުލާސް ހުއްޓާލުމަށް، އިސްލާމިކް މިނިސްޓަރ ޝަހީމް އަންގައިފިއެވެ. މި ގޮތަށް ޝަހީމް އަންގާފައި ވަނީ، މި ދިޔަ ހުކުރު ދުވަހު، ޣައިބަށް ކަށު ނަމާދު ކުރުމާއި އިސްލާމިކް މިނިސްޓްރީ އިން ދެކޮޅު ހަދާފައި ވަނިކޮށް، ބައެއް އިމާމުން އަމިއްލަ އިސްނަގައިގެން ޝަހީދު ކޮށްފައިވާ ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކުރުމުން، ސަރުކާރުން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކަށު ނަމާދު ކުރިކަމަށް ބުނެ، ރައީސް އޮފީހުން ބައެއް ނޫސްތައް މެދުވެރިކޮށް ފޮނުވި ދޮގު ހަބަރާއި ގުޅިގެން، ޑރ. އިޔާޒުގެ ޚިޔާލު އެކަމާއި ފާޅު ކުރުމުންނެވެ.
ޚިޔާލު ފާޅު ކުރުމުގެ ސަބަބުން ބަޔަކު މީހުން އުނގެނެމުންދިޔަ، ތަފްސީރު ކްލާސްތައް ހުއްޓާ ލުމަށް ޝަހީމް އަންގާފައި މިވަނީ ކުޑަ ކުއްޖަކު ތިމާ ނުރުހޭ އެއްޗެއް ބުނުމުން ބަދަލު ހިފުމަށް ކުރާ ކަހަލަ ކަމެއް ޖެއްސުމެއް ގޮތަށެވެ. މިއީ ޤައުމެއްގެ އިސްލާމީ މިނިސްޓަރެއްގެ ފެންވަރެވެ.
ސަރުކާރުން އިސްލާމީ މުހިންމު ލީޑަރެއް ނިޔާވުމުން، އެކަމާއި، ތައުޒިޔާވެސް ކިޔާ ނުލައި، ކަށު ނަމާދު ކުރަން ދެކޮޅު ހަދާފައި ވަނީ، އިޒްރޭލުގެ އަމުރަށެވެ. ޑރ މުއިއްޒު އަކީ މިހާރު އިޒްރޭލުގެ ރަސްމީ އެޖެންޓެކެވެ. އެމެރިކާއަށް ފޮރިންގ މިނިސްޓަރ ޒަމީރު ކުރި ދަތުރުގައި، މުއިއްޒަށް އިޒްރޭލުގެ މޮސާޑުން ފައިސާ ދީފައިވެއެވެ.
ދާދި ފަހުން، ސޯޝަލް މީޑިޔާގައި ވަނީ ޝަހީމް ގެންގުޅެނީ ފޭކް ޕީއެޗްޑީއެއްކަން ފަޅާ އަރާފައެވެ.