ޚަބަރު

ޑރ. އިޔާޒުގެ އެއްެވެސް ސިޓީއަކަށް ޖަވާބު ނުދީ, ރުންކުރު ޝަހީމް ދަނީ ސޯޝަލް މީޑިއާގައި ޑރ. އިޔާޒްއާއި ގުޅުވައިގެން, ބިރަކާނުލާ ދޮގު ހަދަމުން! ހުރިހާ ކަމަކުންވެސް ދައްކަމުންދަނީ މުނާފިގުކަމުގެ ސިފަ!

ދިޔަވަރު
ޑރ. އިޔާޒުގެ އެއްެވެސް ސިޓީއަކަށް ޖަވާބު ނުދީ, ރުންކުރު ޝަހީމް ދަނީ ސޯޝަލް މީޑިއާގައި ޑރ. އިޔާޒްއާއި ގުޅުވައިގެން, ބިރަކާނުލާ ދޮގު ހަދަމުން! ހުރިހާ ކަމަކުންވެސް ދައްކަމުންދަނީ މުނާފިގުކަމުގެ ސިފަ!

އިސްލާމީ މަރުކަރުގައި, ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ނަންގަވަމުންދިޔަ ތަފްސީރު ކުލާސްތައް އެއްވެސް ސަބަބެއް ނެތި ހުއްޓުވި މައްސަލާގައި, މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މުޡުލަގަށް ދޮގު ހަދަމުންދާކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ, އިސްލާމީ މަރުކަޒުގައި ޑރ. އިޔާޒް ކުރިޔަށް ގެންދަމުންދިޔަ ތަފްސީރު ކުލާސްތައް, މިނިސްޓްރީގެ މުވައްޒަފަހު ލައްވާ ހުއްޓުވާފައި ނުވާނެކަމަށް ވިދާޅުވެ ދޮގު ޝަހީމް ދޮގު ހަދާފައިަވނިކޮށް އެކަން ހިނގާދިޔަ ގޮތް ސާފު ކޮށްދިނުމަށް މިއަދު ޑރ. އިޔާޒު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އިޔާޒުގެ އެކަސް ޕޯސްޓުގައި ވިދާިވެފައިވަނީ ތަފްސީރު ކުލާސްތައް ހުއްޓާލާފައި ނުވާނެ ކަމަށާއި, އެއް މަސްދުވަހުގެ ޗުއްޓީއަކަށް ދާން ޖެހުނީ ދަރިފުޅަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދާން ޖެހިގެން ކަމުގައެވެ.

އަދި ޑރ. އިޔާޒު ވިދާޅުވީ ރާއްޖެއިން ބޭރުން އައުމަށްފަހު ވަގުތުން ކުލާސްތައް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީއަށް ގުޅި ކަމަށާއި, އެހެންނަމަވެސް މިނިސްޓްރީން އެންގީ އިސްލާމީ މަރުކަޒުގައި ކުލާސްތައް ކުރިޔަށް ނުގެންދެވޭނެ ވާހަކަ ކަމުގައެވެ.

އަދި އެބަދަލު ގެނައި ސަބަބު ސާފުކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ސިޓީ ލިޔުމުން އެ ސިޓީގެ ޖަވާބުވެސް ދީފައި ނުވާކަމަށްވެސް އިޔާޒް ވިދާޅުވެފައި ވެއެވެ.

އެގޮތުން, ތަފްސީރު ކުލާސްތައް ހުއްޓާލިކަމަށް ބުނެ ޝަހީމް ދޮގު ހަދަމުންދާކަމަށް ވިދާޅުވެ, އިސްލާމްދީނަށް ޙުރުމަތްކޮށް ހިއްތެވުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ހުންނަވާ މިފަދަ ދަށުދަރަޖައިގެ ޢަމަލެއް ޝަހީމް ހިންގަވާތީ އެކަމާ ނުހަނު ހިތާމަކޮށް, އަދި ޝަހީމް ތައުބާވުމަށް އިޔާޒް ވަނީ ގޮވާލައްވާފައެވެ.

ޑރ. އިޔާޒް ވިދާޅުވެފައިވަނީ,

އިޔާޒް ވިދާޅުވެފައިވަނީ، މީގެ ކުރިންވެސް ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ދަރުސް މެދުކަނޑާލާފައި، އެނބުރި އައިސް އަލުން ފަށައިގެން ކުރިޔަށް ގެންދެވޭ ކަމަށެވެ. ނަމަވެސް، މިފަހަރު ޙުކުމް ބަދަލުވެގެން މިއުޅެނީ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން އެމަނިކްފާނުގެ މައްޗަށް ޣައިިބަށް ކަށުނަމާދު ކޮށްދިނުމަށް އެދުމުން، ބަޔަކު މީހުންގެ ފިއްތުމާއި ހުރެ އެކަން ކުރައްވަން ކެރިވަޑައިނުގެން، އެކަމުގެ މަތިޖެއްސެވުމަށް މިނިސްޓަރ ޝަހީމް ކުރައްވާ ސިލްސިލާ ކަންތައްތަކެއްގެ ސަބަބުން ކަމަށްވެސް އިޔާޒް ވިދާޅުވެފައި ވެއެވެ.

ފާއިތުވި އެމްޑީޕީގެ ސަރުކާރުގައިވެސް ޑރ. އިޔާޒުވަނީ އެ ސަރުކާރާމެދު ބައެއް ކަންކަމުގައި ހިންހަމަނުޖެހުން ފާޅުކޮށް ފާޑުވެސް ކިޔާފައެވެ. އެހެންނަމަވެސް އެ ފާޑުކިޔުންތަކުގެ ބަދަލު ހިފާ, ތަފްސީރު ކުލާސް ހުއްޓާލުމަށް އަންގާ, ދީނީ މައުލޫމާތު ފެތުރުމަށް އެ ސަރުކާރުން ހުރަސް އަޅާފައެއް ނުވެއެވެ.

ޑރ. ޝަހީމް ޑރ. އިޔާޒުދެކެ ކޯފާ އިސްކޮށްގެ އުޅުއްވަނީ, އިސްރާއީލުން ޝަހީދު ކޮށްލި, ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް އޭނާ ގޮވާލުމާއި ގުޅިގެންނެވެ. އަދި ޑރ. ޝަހީމް ފާހަގަ ވެފައިވަނީ ފާޑުކިއުންތައް ހަޖަމް ނުވާ, އަދި ފާޑުކިޔާ ކޮންމެ މީހަކު ބްލޮކް ކުރަމުންދާ ފަރާތެއްގެ ގޮތުގައެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އިސްމާއިލް ހަނިއްޔެގެ މައްޗަށް ރާއްޖޭގައި ޢައިބަށް ކަށުނަމާދު ކޮށްފައިވާކަމަށްބުނެ, ޕީއެސްއެމްއިން ހުކުރުދުވަހު ފެތުރީ ބޮޑު ދޮގެއްކަން ހާމަވެ, އިސްލާމީ އުއްމަތުގެ ލީޑަރަކު ޝަހީދުކޮށްލި މިހާދިސާއާއި ގުޅޭގޮތުން ސަރުކާރުން އަމަލު ކޮށްފައިވާ ގޮތަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައިވަނިކޮށް, ޝަހީމް ވިދާޅުވެފައިވަނީ ހަނިއްޔެގެ މައްޗަށް ޢައިބަށް ކަށު ނަމާދު ކުރުން އިމާމުންނަށް ދޫކޮށްފައި އޮތީ އިޚްތިޔާރީ ކަމެެއްގެ ގޮތުގައި ކަމުގައެވެ.

އަދި އެކަން އިމާމުންނަށް ވާޖިބު ނުކުރީ ކަށުނަމާދަކީ ވާޖިބަކަށް ނުވާތީ ކަމުގައިވެސް ޝަހީމް ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގައި އިސްމާއިލް ހަނިއްޔެގެ މައްޗަށް ކަށު ނަމާދު ނުކުރުމުގެ ޒިންމާ ޝަހީމް އަަޅުވާފައިވަނީ އިމާމުންގެ ބޮލުގައެވެ.

އެހެންނަަމަވެސް, އިސްމާއިލް ހަނިއްޔެ ޝަހީދު ކުރިކުރުން މިސަރުކާރުގެ އިސް އެއްވެސް ވެރިޔަކު ކުށްވެރި ކޮށްފައެއް ނުވެއެވެ. އަދި ޑރ. މުއިއްޒުވެސް, އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވި ޑރ. ޝަހީމްވެސް މިހަމަލާ ކުށްވެރި ކޮށްފައެއްވެސް ނުވެއެވެ.

މުސްލިމު އެތައް ގައުމެއްގައި, ޝަހީދު ކޮށްލެވުނު, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ ކަށު ނަމާދު ޢައިބަށް މިހަފްތާގެ ހުކުރުދުވަހު ކޮށްފައިވާއިރު, ދިވެހިރާއްޖޭގައި, އެތައް ބައެއްގެ އެދުމާއެކުވެސް, އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ކުރުމަށް މިސަރުކާރުން އިލްތިމާސް ކޮށްފައެއް ނުވެއެވެ.

އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްމާއިލް ހާނިއްޔެ ވަޑައިގެން ހުންނެވި ގެކޮޅުގައި ގޮއްވާލި ބޮމުގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ ފާއިތުވި ހަފްތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލުމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި އިސްމާއިލް ހަނިއްޔޭގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައި ކަމުގައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކާއި އަދި ޚާއްސަކޮށް އެމެރިކާގެ ނުރުހުން މި ސަރުކާރަށް އަމާޒުވެގެން ހިގައިދާނެކަމަށް މުއިއްޒުއަށް ހީކުރެއްވުމެވެ.

ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި, ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާއިލް ހާނިއްޔެ, ޔަހޫދީ ދައުލަތުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދު ކޮށްލިތާ ދެ ދުވަސްފަހުން, އޭނާ ޝަހީދު ކޮށްލުން ސަރުކާރުން ކުށްވެރި ކުރިއެވެ.

ހަމައެއާއެކު, ފަލަސްތީނުގެ ހައްގު ހޯދުމަކަމަށް ވިދާޅުވެ, ފަލަސްތީނާއި ގުޅުންހުރި ހުރިހާ ކަމެއްގައި އެންމެ ފުރަތަމަ ކުރެޑިޓް ނެގުމަށް މުއިއްޒު ފާއިތުވެދިޔަ ތަނުގައި ޓުވީޓު ކުރައްވަމުން ގެންދެވި ނަމަވެސް, ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އަނިޔާވެރިކޮށް އަވަހާރަކޮށްލުން ކުށްވެރިކޮށް މިއަދާއި ހަމައަށްވެސް ޓުވީޓު ކޮށްފައި ނުވެއެވެ.

އިސްމާއިލް ހަނިއްޔާ ޝަހީދު ކުރުން މިސަރުކާރުން ކުށްވެރި ކޮށްފައިވަނީ, އެންމެ ދެފޮޅުވަތުގެ ބަޔާނަކުން, އީރާނުގައި އޭނާގެ ޖަނާޒާވެސް ބޭއްވި ފަހުންނެވެ. އަދި އިސްމާއިލް ހައްނިއްޔާ ޝަހީދު ކޮށްލުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިސްރާއީލުގެ ނަންވެސް ގެނެސްފައެއް ނުވެއެވެ.

އަދި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު ކޮށްލި އަނިޔާވެރި މިހަމަލާ މުއިއްޒުވެސް ކުށްވެރި ކޮށްފައި ނުވާއިރު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ކުށްވެރި ކޮށްފައެއް ނުވެއެވެ.

މިސަރުކާރުން އިސްރާއީލުގެ މިފަދަ އުދުވާންތައް ކުށްވެރި ކުރަމުން ނުދާތާގައި, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސްތަރީގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.

އަދި ފާއިތުވި މޭމަހު, އިސްރާއީލުގެ ޕާސްޕޯޓުތައް ރާއްޖެއަށް މަނާކުރުމަށް ނިންމުމަށްފަހުވެސް ހުޅަނގުގެ ގައުމުތަކަށް ބިރުން, މުއިއްޒުވަނީ އަމިއްލަފުޅު ކެބިނެޓުން ނިންމި ނިންމުންވެސް ތަންފީޒުކުރުމަށް ފަސްޖެހިގައެވެ.

މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, މުއިއްޒު ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށްވެސް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހިންއުފާ ކުރުމުގެ ފުރުސަތު ފަހިކޮށް ދެމުންނެވެ.