ޚަބަރު

‏ޝަހީމުގެ ޕީއެޗްޑީ އިވެލުއޭޝަން ރިޕޯޓު ލީކުވެއްޖެ، ފާހެއް ނުވޭ!

ދިޔަވަރު
‏ޝަހީމުގެ ޕީއެޗްޑީ އިވެލުއޭޝަން ރިޕޯޓު ލީކުވެއްޖެ، ފާހެއް ނުވޭ!

‏އިސްލާމިކް މިނިސްޓަރު ޝަހީމުގެ ޕީއެޗްޑީ ވައިވާ އިވެލުއޭޝަން ރިޕޯޓުގެ ސަމަރީއެއް ސޯޝަލް މީޑިޔާގައި ލީކުވެއްޖެއެވެ. މި ރިޕޯޓުގައިވާ ގޮތުން ޝަހީމު ފާހެއް ނުވެއެވެ. އަދި މި އިވެލުއޭޝަނަށް ހާޒިރުވާން ޝަހީމުގެ ސުޕަވައިޒަރު ޑރ އާރިފު އަލީ ވަނީ އުޒުރުވެރިވެ "އެބްސެންޓް ވިތް އެޕޮލޮޖީ" އެއް ފޮނުވާފައެވެ. ރިޕޯޓުން ފާހަގަކުރެވޭ ކަންތައްތައް:

‏- ފާހެއް ނުވޭ.

‏- އިންޓާނަލް، އަދި އެކްސްޓާނަލް އެގްޒާމިނާ ވަނީ ގިނަ އަދަދަކަށް ކަރެކްޝަން ހަދަން ޝަހީމަށް އަންގާފަ، އަދި މައްސަލަތައް ގިނަކަމުން އެކަމަށް ވަކި ރިޕޯޓެއްވެސް އެކުލަވާފަ.

‏- އެސޯސިއޭޓް ޕްރޮފެސަރ އަޒްމާން މުހައްމަދު ނޫރު އާއި އެކު ވަރަށް ގާތުން މަސައްކަތްކޮށްގެން އަލުން ކަންކަން ރަގަޅުކުރުމަށް ޝަހީމަށް ވަނީ އަންގާފަ.

‏- އޭގެ ފަހުން އަލުން ތީސިސް ސަބްމިޓްކުރުމަށް އިރުޝާދިދީފައިވޭ.

ޕްރޮފެސަރ އާރިފް އަލީ ތީސިސް ބެލުމުން އެއްކިބާ ވެފައި ވަނީ، ޝަހީމްގެ ފެންވަރު ދަށް ކަމުން، މިކަމުގައި ބައިވެރި ނުވުމަށް ކަމަށް ލަފާ ކުރެވެއެވެ.

‏އެކަމަކު ޝަހީމް ވަނީ މި އިރުޝާދުތަކަށް ރަގަޅަށް ތަބާނުވެ، އަނެއްކާވެސް ތީސިސް މާބޮޑު ބަދަލެއް ނުގެނެސް ސަބްމިޓްކޮށްފައެވެ. ޝަހީމަކީ އޭރު ވަޒީރަކަށް ވެފައި، މަގުބޫލުވަމުން އަންނަ މީހަކަށް ވީތީއާއި އެކީގައި ކޮމިޓީއިން ދެވަނަ ފަހަރަށް މާބޮޑު ބެލުމެއް ނުބަލާ ޝަހީމަށް ސެޓްފިކެޓް ހަވާލުވީކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިހެން ބެލެވޭ މައިގަޑު ދެ ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ސަބަބަކީ ޝަހީމްގެ ތީސިސް ޕަބްލިޝް ކުރުމުގެ ރިކުއައިމެންޓެއް ނެތުމެވެ. އެހެން ކަމުން އެއްވެސް ވަރަކަށް ޕިއާ ރިވިއު ކުރުމެއް ނޯންނާނެވެ. ހަމަ މޭޒެއްގެ ދޮށުގައި ތިބެފައި، ދެތިން މީހަކަށް މިކަން ނިންމާލެވޭނެއެވެ. ދެވަނަ ކަމަކީ އެ ޕެނަލްގައި ގިނައިން ތިބީ ޝަހީމަށްވުރެ އުމުރުން ހަގު މީހުންނެވެ. އެހެން ކަމުން އުމުރުގެ ގޮތުން ޝަހީމް ދޮށީވުމުންނާއި، މިނިސްޓަރަކަށް ވުމުން އެމީހުންގެ މައްޗަށް އަދި ނުސީދާ ނުފޫޒު އޮތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޝަހީމަށް ރަނގަޅު ކުރުމަށް އަންގާފައިވާ ކަންކަން ރަތް ކުލާގައި ފާހަގަ ކޮށްފައި.

‏ކޮލިޓީ ޕީއެޗްޑީ ނަގާފައި ތިބޭ މީހުންނަކީ ވަރަށް ހަމަޖެހިގެން އުޅޭ، ކޫލް ހެޑެޑް މީހުންނެވެ. އެކަމަކު ޝަހީމްގެ ފަރާތުން މިކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ. ފެންނަނީ ދަށް ކޮލިޓީ އަމަލުތަކެވެ. ޝަހީމްއަކީ ދައްކާ ވާހަކަތަކުގައި ވެސް އެއްވެސް އޮއްޓަރެއް ހުންނަ ބޭފުޅެއް ނޫނެވެ. ހަޖަމްކުރުމުގެބައި ވެސް ވަރަށް ދަށް ބޭފުޅެކެވެ. ހަމާސްގެ ޕޮލިޓިކަލް ލީޑަރު، އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ޝަހީދުކޮށްލުމާއިގުޅިގެން ރާއްޖޭގައި ކަށުނަމާދު ނުކުރާތީ، ޑރ އިޔާޒު އެވާހަކަ ދެއްކުމުން އެއީ މަޖުބޫރުކަމެއް ނޫންކަމަށްބުނެ ޝަހީމުވަނީ، 2 އޯގަސްޓް 2024، ގައި ރައްދުވެސްދީފައެވެ. ޝަހީމް މިހެން ރައްދު ދިނުމުން، ހުކުރު އަދި އީދު ނަމާދު ވަކިގަޑިއެއްގައި ކުރަން އިސްލާމިކް މިނިސްޓްރީއިން އަންގަނީ އެއީ ވާޖިބުކަމަކަށް ވެގެންތޯ އިޔާޒް ވަނީ އައްސަވާފައެވެ. މިސުވާލަށް ޖަވާބު ނުދީ، 3 އޯގަސްޓް 2024، ގައި ޑރ އިޔާޒުގެ ތަފްސީރު ކްލާސްތައް އިސްލާމިކް ސެންޓަރާއި ސަލްމާން މިސްކިތުގައި މީގެ ފަހުން ނުބޭއްވޭނެކަމަށާއި، އެހެން މިސްކިތެއް ހޯދުމަށް ބުނެ، އިޔާޒަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ. މިއީ ރާއްޖޭގެ މިނިސްޓަރަކު އާންމު ފަރުދަކާއި ޒާތީގޮތުން މި ފާޑަށް ޖައްސާލި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ. މިފަދަ ކަންތައްތަކުން ޝަހީމަކީ އެއްވެސް ކޮލިޓީއެއް ނެތް މީހެއްކަން އެގެއެވެ. މިކަން އިތުރަށް މިހާރު މި ކަށަވަރުވީ ޕީއެޗްޑީ ތީސިސްގެ ހަގީގަތް ވެސް ފަޅާއަރާފައިވާ ދަޑިވަޅެއްގައެވެ. މިއަދު އެކަން ކަށަވަރުވީއެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެގޭގޮތުގައި ޝަހީމް އަތުގައި އޮތީ ފޭކު ޕީއެޗްޑީއެކެވެ.