ކުޑަ ކުޑަ އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދިނުމުގެ ސަބަބުން ގައުމީ ޔުނިވާސިޓީއިން ކުރިން ކަޑަަލާފައިވާ އިޔާޒު އަތުގައިވެސް އޮންނަނީ ޝަހީމު އަތުގައިއޮތްކަހަލަ ކޮލިޓީދަށް ޕީއެޗްޑީއެއްކަން ހާމަވެއްޖެއެވެ. އިޔާޒްގެ ޕީއެޗްޑީ ވާހަކަ އެނޯނިމަސް ކާކުކަން ނޭނގޭ އެކައުންޓްތަކުން ޓުއީޓްކުރީ ޝަހީމްގެ ޓީމުންނެވެ. ޝަހީމް އަންގައިގެންނެވެ. މިވާހަކަ ފެންމަތިވުމާއެކު އިޔާޒްވަނީ އޭނާގެ ތީސިސް ޕަބްލިކް ޑޮމެއިނުން ވަގުތުން ފޮހެ، (އާންމުންނަށް ނުފެންނަ ގޮތް ހަދައި) ޝަހީމްއާއި އެކީ އެއް ދުވަހެއްގައި ގްރެޖުއޭޓްވި ފޮޓޯ އެއް ޓުއިޓާއަށް ލާފައި ޝަހީމް އަތުގައި އޮތީ ވަރަށް ކޮލިޓީ ރަގަޅު ޕީއެޗްޑީއެއްކަން ދޭހަވާގޮތަށް ޕޯސްޓެއްކޮށްފައެވެ. ޝަހީމްގެ ދިފާއުގައި އިޔާޒް މި ނުކުތީ ޝަހީމްގެ ފޭކް ޕީއެޗްޑީގެ ވާހަކަ ފެންމަތިވިތާ 72 ގަޑިއިރު ވަންދެން އެއްޗެއް ނުބުނެ ހުރުމަށްފަހު، ތިމާ މީހާވެސް ކިޔެވީ އެއްތަނަކުންކަން މީހުންނަށް އެގުނީމަ އަމިއްލަ ސަލާމަތާއި އިއްޒަތުއް ނަފްސާއި އަބުރު ރައްކާތެރިކުރުމަށް ކަމަށް ބެލެވެއެވެ. މި ދެބޭފުޅުންވެސް ޕީއެޗްޑީ ނަގާފައިވަނީ ކިއު އެސް ދުނިޔޭގެ ރޭންކިންގެ 711 ވަނައިގައި އޮތް އިސްލާމިކް އިންޓަނޭޝަނަލް ޔުނިވާސިޓީއިން 2013 ގައެވެ.

މި ޔުނިވާސިޓީއަކީ ކޮންމެވެސް ވަރަކަށް ދިވެހިންވެސް ކިޔަވަންދާ ތަނެކެވެ. އެކަމަކު މެޖޯރިޓީއަކީ ލޯކަލް ކިޔަވާ ދަރިވަރުންނެވެ. މިތާގެ ބެޗްލަސް ޑިގްރީ ޕޮރޮގްރާމްތައް ޖުމްލަގޮތެއްގައި ރަގަޅެވެ. އެކަމަކު ޕޯސްޓް ގްރެޖުއޭޓް ރިސާޗް ޕޮރޮގްރާމްތަކަށް މިއީ އެއްވެސް ވަރަކަށް މަޝްހޫރު ތަނެއް ނޫނެވެ. ދުނިޔޭގެ ޓޮޕް އެއްވެސް ޖާނަލްއެއްގައިވެސް މި ޔުނިވާސިޓީގެ ޕަބްލިކޭޝަންތައް ޕަބްލިޝްއެއް ނުކުރެއެވެ. މި ޔުނިވާސިޓީއިން ޕަބްލިޝް ކުރަނީ އެމީހުން އަމިއްލައަށް ގެންގުޅޭ ޖާނަލްތަކުގައެވެ. ޕީއެޗްޑީ ކަހަލަ ޕޯސްޓް ގްރެޖުއޭޓް ރިސާޗް ޕޮރޮގްރާމްތައް މުޅިންވެސް އަމާޒުކޮށްފައި ހުންނަނީ މެލޭޝިޔާއިން ބޭރު ދަރިވަރުންނަށެވެ. މިއީ ޔުނިވާސިޓީއަށް ފަންޑު ހޯދުމަށް ކުރާ ވިޔަފާރިއެކެވެ. މި ޔުނިވާސިޓީއިން މީގެ 2 އަހަރު ކުރިން ޕީއެޗްޑީ ފަށާފަ، ކޮލިޓީ ދަށްކަމުން ކިޔެވުން ހުއްޓާލާފަ މިހާރު ނިއު ޒިލެންޑުގައި ޕީއެޗްޑީ ހަދާ ދަރިވަރަކު މައުލޫމާތު ދިންގޮތުގައި އިސްލާމިކް އިންޓަނޭޝަނަލް ޔުނިވާސިޓީއިން ފެއިލްވި ދަރިވަރަކާ އަދި ދިމަލެއް ނުވެއެވެ. އެތަނަށް އެންރޯލްވާ ހުރިހާ ދަރިވަރުން ފާސްވެއެވެ. އަދި ޝަހީމް ޕީއެޗްޑީ ހެދިގޮތަށް އޮންލައިން / ޑިސްޓެންޓް ލާނިންގް އަކީ ކޯސް އިތުރަށް އަގުހެޔޮކޮށް، ބޭރު ކުދިންނަށް އިތުރަށް އެޓްރެކްޑިވް ކުރަން މިހާރު ހުރިހާ ކޯހަލަށް ހުއްދަ ކޮށްފައި އޮންނަ މޮޑެލްއެކެވެ. މިހެން ހެދުމުން ގިނަ ފަހަރަށް ސުޕަވައިޒަރާ ދިމާކުރަނީ އަހަރަކު އެއްފަހަރު ނުވަތަ 6 މަހުން އެއްފަހައެވެ. މިއާއި ހިލާފަށް އެހެން ކޮލިޓީ ރަގަޅު ގައުމުތަކުގައި ހަފްތާއަކު 1 ފަހަރު ދަރިވަރު ސުޕަވައިޒަރާ ބައްދަލުކުރާނެއެވެ. މިއީ އަހަރަކަށް 52 ފަހަރެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމަށް އަލިއަޅުވާލާފައިވާ ޝަހީމްގެ ތީސިސްގައި އެއްވެސް އާ ވާހަކައެއް ނެތެވެ. މި ތީސިސްއިން އެކެޑީމިޔާއަށް އެއްވެސް ކޮންޓްރިބިއުޝަނެއް ކޮށްފައެއްވެސް ނެތެވެ. ތީސިސްގައި މުޅީންވެސް ހުރީ ރާއްޖޭގައި މިހާރު ޒަކާތު ސިސްޓަމް މަސައްކަތްކުރާގޮތް، ރިޕޯޓެއްގެ ސިފައިގައި ގެނެސްދީފައެވެ. އޭގެ ބޭރުން ގެނެސްފައިވާ އެންމެހާ ވާހަކަތައް ގެނެސްދީފައިވަނީ ވިކިޕީޑިޔާއާއި އެހެން އޯޕެން ސޯސްތަކުންނެވެ. ރެފަރެންސް ކޮށްފައިހުރީވެސް އެކެޑެމިކް މިންގަޑުތަކުން ބޭރުން، ވެބް ލިންކުތައް ކޮޕީ ޕޭސްޓްކޮށްގެންނެވެ. މީގެތެރެއިން ބައެއް ލިންކުތައް މިހާރު މަސައްކަތެއްވެސް ނުކުރެއެވެ. އޯޕެން ސޯސްއަކީ އެކެޑެމިކް ރިސާޗްތަކުގައި ބޭނުންކުރާ އެއްޗެއް ނޫނެވެ. ސަބަބަކީ ކޮންމެ މީހަކަށްވެސް އެ އެއްޗެހި ބަދަލުކުރެވޭތީއެވެ. އުނި އިތުރު ގެނެވޭތީއެވެ. އެއީ މާބޮޑު ކްރެޑިބިލިޓީއެއް ހުންނަ އެއްޗެއް ނޫނެވެ. އެބްސްޓްރެކްޓްގައިވެސް ގިނަ އަދަދަކަށް ކުށް ހިމެނޭ މި ތީސިސްއަށް ސޯޝަލް މީޑިޔާގައި އާންމު ފަރާތްތަކުންވެސް ދަނީ ފާޑުކިޔަމުންނެވެ. ކުރީގެ ޖުޑީޝަލް ކޮމިޝަންގެ މެންބަރު އާއިޝަތު ވެލެޒިނީވެސް ވަނީ މި ތީސިސްއަށް ފާޑުކިޔާފައެވެ. މިގޮތުން މިއީ ޕީއެޗްޑީ ތީސިސްއެއްގައި ހުންނަން ޖެހޭ ޑެޕްތް ނެތް އެއްޗެއްކަމަށް ބުނެ، މި ތީސިސް ވަނީ އާންމު އާދައިގެ ރިޕޯޓަކާ އެއްވަރުކޮށްފައެވެ. ވެލެޒިނީއަކީ ނެދަލެންޑްސްގައި ޕީއެޗްޑީ ހަދަން އުޅުނު ދަރިވަރެކެވެ. މީގެ އިތުރަށް ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެހެނިހެން ފަރާތްތަކުންވެސް ވަނީ މި ތީސިސްއަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
އިޔާޒް ޝަހީމުގެ ދިފާއުގައި ނިކުމެފައި މިވަނީ މި ދެބޭފުޅުންގެ ދޭތެރޭގައި ވަރަށް މައްސަލަ ޖެހިފައި އޮތް ދަޑިވަޅެއްގައެވެ. މި ދެބޭފުޅުންނަކީވެސް ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލުކަން ދަށް ބޭފުޅުންނެވެ. އިޔާޒްއަކީ މީގެ ކުރިން މަޖިލިސް އިންތިހާބުގައި ވާދަކޮށް ބަލިވި ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އިޔާޒަކީ ރައީސް ސޯލިހުގެ ވެރިކަމުގައި، ޝެއިޚް އިމްރާން ބޭނުންވާ އެއްޗެހި ޓްވީޓް ކުރުމަށް ބޮޓެއްގެ ބޭނުމަށް ޓްވިޓަރ ގައި ގެންގުޅުނު ފަރާތެކެވެ. އިޔާޒްގެ ތީސިސް ނުފޮރުވާ، ރައްޔިތުންނަށް ފެންނާނެހެން ޕަބްލިޝްކުރުމަށް ގޮވާލަމެވެ.