ޚަބަރު

"ގަރުދިޔަ ޖަގަހައިގެ" މިރޭގެ ޖަލްސާގައި. އަބުދުއްރަހީމްގެ ވާހަކަ އަމާޒުކުރުމަށް ހަމަޖެހިފައިވަނީ , ޝަހީމުގެ "ފޭކް ޕީއެޗްޑީ"ދިފާއު ކުރުމަށް, އެމްއެންޔޫގައި މިފަހްތާގަ އަބުދުއްރަހީމް ވަނީ "ރިސާޗް"ތަކުގެ މުހިންމުކަމާ ގުޅޭގޮތުން ތަގުރީރު ކުރައްވާފަ!

ދިޔަވަރު
"ގަރުދިޔަ ޖަގަހައިގެ" މިރޭގެ ޖަލްސާގައި. އަބުދުއްރަހީމްގެ ވާހަކަ އަމާޒުކުރުމަށް ހަމަޖެހިފައިވަނީ , ޝަހީމުގެ "ފޭކް ޕީއެޗްޑީ"ދިފާއު ކުރުމަށް, އެމްއެންޔޫގައި މިފަހްތާގަ އަބުދުއްރަހީމް ވަނީ "ރިސާޗް"ތަކުގެ މުހިންމުކަމާ ގުޅޭގޮތުން ތަގުރީރު ކުރައްވާފަ!

ވެރިކަން ކުރާ ޕީއެންސީގެ "ގަރުދިޔަ ޖަގަހާގަ" މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާގައި, އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ "ފޭކް ޕީއެޗްޑީ" ދިފާއުކޮށް ވާހަކަ ދެއްކުމަށް ޝަހީމް އެދިއްޖެއެވެ.

"ގަރުދިޔަ ޖަގަހާގަ" މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދެއްކުމަށް ހަމެޖެހިފައިވަނީ, ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމް އަބުދުالله އާއި, އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހުގެ އިތުރުން މިސަރުކާރުގެ ނައިބު ރައީސްކަމުގެ މަގާމްގައި ހުންނެވި ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)އެވެ.

މިހުރިހާ ބޭފުޅުންނަކީވެސް އެއްވެސް ތައުލީމީ ފެންވަރެއް ހުރި ބޭފުޅުންނެއް ނޫނެނެވެ. އެގޮތުން ފަލާހުއާއި އަދުރޭއަކީ ރަސްމީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް ނުވާއިރު, މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވާ, ނައިބު ރައީސް ސެމްބެއަކީ އަޒުހަރު ޔުނިވަރސީޓީން އަރަބިބަހުން ކޯހެއް ފުރިހަމަ ކުރުމަށްފަހު, ރާއްޖޭގައި ހަމަޖެހިފަ އޮންނަ އުސޫލާ ޚިލާފަށް ނަމުގެ ކުރިޔަށް "އުސްތާޒުގެ" ލަގަބު ޖައްސަވައިގެން އުޅުއްވާ ބޭފުޅެވެ.

ވަކީން ޚާއްސަކޮށް މިރޭގެ ޖަލްސާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމް އަބުދުاللهގެ ވާހަކާގައި, ޝަހީމްގެ "ފޭކް ޕީއެޗްޑީ"ގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަަކަ ދެއްކުމަށް ހަމަޖެހިފައިވާކަމަށް ވެރިކަން ކުރާ ޕީއެންސީގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫކާތު ދެމުން ވިދާޅުވެފައި ވެއެވެ.

"ގަރުދިޔަ ޖަގަހާގަ" މިރޭގެ ޖަލްސާގައި މަޖިލިސް ރައީސް އަބުދުއްރަހީމްގެ ވާހަކާގައި ޝަހީމްގެ "ފޭކް ޕީއެޗްޑީ"އަށް ޚާއްސަ ނަޒަރިއްޔާތަކުން އަލި އަޅުވާ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާއިރު, މިހަފްތާގައި އަބުދުއްރަހީމްވަނީ, ނޭޝަނަލް ޔުނިވާރސިޓީގައި ބޭއްވުނު, އެ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވި ޖަލްސާއެއްގައި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ "ރިސާޗު"ތަކާއި ގުޅޭގޮތުން ތަގުރީރު ކުރައްވާފައެވެ.

އެހެންނަމަވެސް އަބުދުއްރަހީމް މި ތަގުރީރުގައި "ރިސާޗް"ކުރުމާއި ގުޅޭގޮތުން ހަމަ އެކަނި ވިދާޅުވީ "ކިޔަވާކުދިން ރިސާޗް ކުރުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް", މި އިބާރާތް އެކަންޏެވެ.

ދާދިފަހުން ހާމަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑރ. ޝަހީމް ހާސިލްކުރައްވައިގެން ހުންނެވީ ފޭކް ޕީއެޗްޑީއެކެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޝަހީމުގެ ޕީއެޗްޑީ ވައިވާ އިވެލުއޭޝަން ރިޕޯޓުގެ ސަމަރީއެއް ސޯޝަލް މީޑިޔާގައި ވަނީ ލީކުވެފައެވެ. މި ރިޕޯޓުގައިވާ ގޮތުން ޝަހީމު ފާހެއް ނުވެއެވެ. އަދި މި އިވެލުއޭޝަނަށް ހާޒިރުވާން ޝަހީމުގެ ސުޕަވައިޒަރު ޑރ އާރިފު އަލީ ވަނީ އުޒުރުވެރިވެ ”އެބްސެންޓް ވިތް އެޕޮލޮޖީ“ އެއް ފޮނުވާފައެވެ. ރިޕޯޓުން ފާހަގަކުރެވޭ ކަންތައްތައް:

‏- ފާހެއް ނުވޭ.

‏- އިންޓާނަލް، އަދި އެކްސްޓާނަލް އެގްޒާމިނާ ވަނީ ގިނަ އަދަދަކަށް ކަރެކްޝަން ހަދަން ޝަހީމަށް އަންގާފަ، އަދި މައްސަލަތައް ގިނަކަމުން އެކަމަށް ވަކި ރިޕޯޓެއްވެސް އެކުލަވާފަ.

‏- އެސޯސިއޭޓް ޕްރޮފެސަރ އަޒްމާން މުހައްމަދު ނޫރު އާއި އެކު ވަރަށް ގާތުން މަސައްކަތްކޮށްގެން އަލުން ކަންކަން ރަގަޅުކުރުމަށް ޝަހީމަށް ވަނީ އަންގާފަ.

‏- އޭގެ ފަހުން އަލުން ތީސިސް ސަބްމިޓްކުރުމަށް އިރުޝާދިދީފައިވޭ.

ޝަހީމް "ފޭކް ޕީއެޗްޑީ"ގައި މުޅިންވެސް ހިމަނާފައި ހުރީ ވިކިޕީޑިއާގެ ލިންކުތަކުން ކޮޕީ ޕޭސްޓު ކޮށްފައި ހުރި މައުލުމާތު ތަކެވެ. އަދި އެ މައުލޫމާތުތައް އެގޮތުގައި ވިކިޕީޑިއާގައި މިހާރު ފެންނާކަށްވެސް ނެތެވެ. އެގޮތަށް މައުލޫމާތު ކޮޕީ ޕޭސްޓު ކުރުމަކީ, ސްކޫލްތަކުގައާއި އަދި ކޮލެޖްތަކުގެ އާދައިގެ ކޯސްތަކުގައި ހަދަންޖެހޭ ރިޕޯޓިތަކުގައި މައުލޫމާތު ޝާއިއުކުރުމަށް ބޭނުންކުރާ އުސޫލެއްކަން ފާހަގަ ކޮށްލެވެއެވެ.

ޝަހީމް ނެންގެވި ޕީއެންޑީއަކީ "ފޭކް" އެއްކަން ހާމަވުމުން އޭނާ ގެންދަވަނީ ސިޔާސީ އެކްޓިވިސްޓުން ލައްވާ އޭނާގެ ދިފާއުގައި އެކްސްގައި ޕޯސްޓުތައް ކުރައްވަމުންނެވެ.