ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ރައްޔިތުންގެ ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ނައިބު ޗެއަރ، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ ގައި އޮތް ރަސްމީ ބައްދަލުވުމަކަށް، ވިއްސާރަ ކޯޓެއް ލައިގެން އަތު ވެއްޖެއެވެ.
މިއީ ޑިޕްލޮމެޓިކް ގޮތުން ބަލާއިރު، އަދި އިޚްތިރާމް އަދާކުރުމުގެ މިންގަޑު ތަކަށް ބެލި ނަމަވެސް، އަދި ދެ ގައުމުގެ ސަގާފީ އާދަކާދަ ތަކަށް ބެލި ނަމަވެސް، އަދި ރަސްމީ ބައްދަލުވުން ތަކުގައި އާންމުކޮށް ބޭނުން ކުރާ ހެދުމަށް ބެލި ނަމަވެސް، އެއްވެސް ގޮތަކަށް އެއްވެސް ހަމައަކުން ޗައިނާއިން ވެސް އަދި ރާއްޖެއިންވެސް ގަބޫލު ކުރާ މިންގަޑު ތަކުން ބޭރުގައިވާ ހެދުމެކެވެ.
ޒު ޗުންޝިއު އާއި އެކު ދެން އެ ބައްދަލުވުމުގައި ޗައިނާއިން ބައިވެރި ފަރާތްތައް ވެސް ތިބީ ނުރަސްމީ ހެދުމުގައެވެ. ގޭތެރޭގައި އާންމުކޮށްލާ ހެދުމުގައެވެ. ނަމަވެސް، ޗައިނާގެ އެމްބަސީއިން ބައިވެރިވި، ޗައިނީސް އެމްބަސަޑަރ އާއި، އެމްބަސީގެ ޑިޕްލޮމެޓު ހުންނެވީ ރަސްމީ ހެދުމުގައެވެ.
ޗައިނާއިން ރާއްޖެ އާއި މެދު ދެކެނީ އެފްރިކާ ބައްރުގެ ފަގީރު ގައުމެއް ފަދައިންނެވެ. އެމީހުން ދިވެހިންނަށް އިޚްތިރާމް ނުކުރަނީ، މުއިއްޒު އަކީ އެމީހުންގެ އެހީ އަށް ސަލާން ޖަހާ ރައީސް އަކަށް ވެފައި، އަދި ދިވެހިންނަކީ ހަމުން ކަޅު ބަޔަކަށް ވުމުން ނަސްލީ ތަފާތު ކުރުންތަކުގެ ތެރެއިންނެވެ.
އިޚްތިރާމު ކުޑަކޮށް ދިވެހިންނާއި މެދު މިހާ ނިކަމެތިކޮށް ހިތަން އެއްވެސް ޤައުމަކަށް ފުރުޞަތު ދީގެން ނުވާނެއެވެ. ޗައިނާއިން މި ސަރުކާރު ހޮވުނު ތަނާ، ފޮރިންގ މިނިސްޓްރީ ގެ ބާއްވާ ބައްދަލުވުންތައްވެސް ޗެއަރ ކޮށްފައި ވެއެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޗައިނާއިން އުޅޭ ގޮތެއް ނޫނެވެ.
ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ޗައިނާގެ އަތް މައްޗަށް ދޫކޮށް، ޗައިނާއިން ދިވެހިންނަށް މިހާ އިޚްތިރާމު ކުޑަކޮށް ދިވެހިންގެ މޫނު މައްޗަށް ފައިން އަރާ ހިސާބަށް ދާއިރުވެސް، މިއަދުގެ ސަރުކާރު އޮތީ ޗައިނާގެ ފަސްބާފައި އެލިގެންނެވެ. ޗައިނާއަކީ މީގެ ކުރިންވެސް ޤައުމުތައް ހިފާ ޤައުމުތައް އަޅުވެތި ކުރުމުގެ ސަގާފަތެއް އޮތް ގައުމެކެވެ.
ފާއިތުވި 8 މަސް ހިނގި އިރު، ރާއްޖެއަށް ފައިދާ ވާހެން އެއްވެސް ޗައިނާއަށް ރާއްޖެއަށް އެއްވެސް ކަމެއް ކޮށްދީފައެއް ނުވެއެވެ.