ޚަބަރު

އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއި އެކު އައިސް، 1200 މުއައްޒަފުން ފެނަކައިން ކަނޑާލަން ނިންމައި ލިޔުން ފޮނުވައިފި! ފެނަކައަށް މިހާރުވެސް ދަނީ ސިޔާސީ ގޮތުން މީހުން އައްޔަން ކުރަމުން! 1200 އާއިލާ އެ ކޮށްލީ ބިކަ!

ދިޔަވަރު
އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއި އެކު އައިސް، 1200 މުއައްޒަފުން ފެނަކައިން ކަނޑާލަން ނިންމައި ލިޔުން ފޮނުވައިފި! ފެނަކައަށް މިހާރުވެސް ދަނީ ސިޔާސީ ގޮތުން މީހުން އައްޔަން ކުރަމުން! 1200 އާއިލާ އެ ކޮށްލީ ބިކަ!

ފެނަކައިގެ ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ތިބި، 1200 މުއައްޒަފުން ފެނަކައިން ކަނޑާލަން ނިންމައިފި ކަމަށް ދިޔަވަރު ނޫހަށް ވަރަށް މުއުތަބަރު ފަރާތަކުން ޚަބަރު ލިބިއްޖެއެވެ.

"ކުންފުނިން ހިންގަމުން އައި އިން ހައުސް ޕްރޮޖެކްޓް ތަކާއި ގުޅޭ" ލިޔެ 1200 މުއައްޒަފުންނަށް ފޮނުވާފައިވާ އީ-މެއިލް ގައި ވަނީ؛ އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކަކީ، ނުހަނު ޚަރަދު ބޮޑު ގެއްލުމުގައި ގެންގޮސްފައިވާ ޕްރޮޖެކްޓްތަކަކަށް ވުމާއި އެކު، ޚަރަދު ކުޑަ ކުރުމަށްޓަކައި، 31 އޮގަސްޓް 2024 އިން ފެށިގެން ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރާ މުއައްޒަފުން ދޫކޮލެވޭނެ ވާހަކަ ދަންނަވާ ކަމުގައެވެ. މި އީމެއިލް ފޮނުވާފައިވަނީ، ފެނަކައިގެން ހިއުމަން ރިސޯސަސް ޑިރެކްޓަރ އައިޝަތު ޖައުދާ އެވެ.

ދިޔަވަރު ނޫހަށް ލިބިފައިވާ އީމެއިލްގެ ސްކްރީން ޝޮޓް

ފެނަކައިން ގިނަ ބަޔަކު ވަޒީފާއިން ކަނޑާލުމަށް ނިންމާފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދުފުޅާއި އެކުގައެވެ. މި ގޮތަށް ވައުދު ވުމާއި ގުޅިގެން އެމްޑީޕީއިން އޭރު ވަޒީފާދީފައިވާ ބައެއް މީހުން މުއިއްޒަށް ވޯޓު ދީފައިވެއެވެ. ނަމަވެސް މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ވައުދާއި ޚިލާފަށް 1200 އެއްހާ މީހުން ވަޒީފާއިން އެއްފަހަރާ މި އިޤްތިޞާދީ ދަތި ހާލަތުގައި ރައްޔިތުން ތިއްބާ ވަކިކޮށް ބިކަ ކޮށްލުމަށެވެ.

1200 މީހުން ވަޒީފާއިން ވަކި ކޮށްލާއިރު، ޕްރައިވެޓް ސެކްޓަރ އިން ވަޒީފާ ހޯދުން ވަނީ ދަތި ކަމަކަށް ވެފައެވެ. އަދި މަސްވެރިކަމަށް ކުރިން ގިނަ ބަޔަކު ދިޔަ ކަމުގައި ވީ ނަމަވެސް، މަސްވެރިންގެ މަހަށް ޖެހޭ އަގު އިންތިހާ އަށް ކުޑަ ކޮށްފައިވުމުން، ގިނަ ދޯނިތައް މަސްވެރިކަން ކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.

އެހެންކަމުން، 1200 އެތައް އާއިލާ އެއް މުއިއްޒުގެ ވައުދާއި ޚިލާފަށް މި ނިންމި ނިންމުމާއި ގުޅިގެން ބިކަވެގެން ދާނެއެވެ. މުއިއްޒުގެ މިފަދަ ދޮގުވެރި އަމަލު ތަކާއި ހުރެ، މުއިއްޒަށް ރައްޔިތުން މުހާތަބު ކޮށް ކިޔަމުން ދަނީ ކައްޒާބު އެވެ. ކައްޒާބުގެ މާނަ އަކީ ދޮގު ހަދާ މީހާއެވެ.