ޚަބަރު

ފެކްޓު ޗެކް: ދައުރުވަމުންދަނީ ޝަހީމްގެ އަސްލު ވީޑިއޯއެއް ނޫން!

ދިޔަވަރު
ފެކްޓު ޗެކް: ދައުރުވަމުންދަނީ ޝަހީމްގެ އަސްލު ވީޑިއޯއެއް ނޫން!

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭނާގެ ވީޑިއޯއެއް ނޫންކަން އިނގިއްޖެ އެވެ.

އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރީ ރޭގަ އެވެ. ދައުރުވަމުންދާ ވީޑިއޯގައި ފިރިހެން މީހާގެ މޫނުގެ ގޮތުގައި ފެންނަނީ މިނިސްޓަރު ޝަހީމުގެ މޫނެވެ. އަންހެން މީހާގެ މޫނެއް ނުފެނެ އެވެ.

މި ވީޑިއޯ އާންމުވެ ދައުރުވާން ފެށުމާއެކު ދިޔަވަރު ޓީމުން އިތުރަށް ހޯދި ހޯދުންތަކުގައި އިނގުނު ގޮތުގައި މިއީ ޕާކިސްތާނުގެ ދެ މީހެއްގެ ވީޑިއޯއެކެވެ.

އެހެންކަމުން ދައުރުވަމުންދަނީ ޝަހީމުގެ މޫނު ލައިގެން އެޑިޓުކޮށްފައިވާ އަސްލެއް ނެތް ވީޑިއޯއެއްކަން ވަނީ ކަށަވަރުވެފަ އެވެ.