ޚަބަރު

މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގާ އަނިޔާތަކާއި، ރާއްޖޭގައި ޗައިނާއިން ހިންގަމުންދާ ކޮރަޕްޝަން ރިޕޯޓް ކުރުން ހުއްޓުވައި ނޫސްވެރިންގެ ނަޒާހަތްތެރިކަން ނަގާލަން، ރައީސް އޮފީހާއި ގުޅިގެން ވަކި ނޫސް ވެރިންތަކެއް ޗައިނާއަށް ގެންގޮސްފި

ދިޔަވަރު
މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގާ އަނިޔާތަކާއި، ރާއްޖޭގައި ޗައިނާއިން ހިންގަމުންދާ ކޮރަޕްޝަން ރިޕޯޓް ކުރުން ހުއްޓުވައި ނޫސްވެރިންގެ ނަޒާހަތްތެރިކަން ނަގާލަން، ރައީސް އޮފީހާއި ގުޅިގެން ވަކި ނޫސް ވެރިންތަކެއް ޗައިނާއަށް ގެންގޮސްފި

މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގާ އަނިޔާތަކާއި، ރާއްޖޭގައި ޗައިނާއިން ހިންގަމުންދާ ކޮރަޕްޝަން ރިޕޯޓް ކުރުން ހުއްޓުވުމަށް، ރައީސް އޮފީހާއި ގުޅިގެން ވަކި ނޫސް ވެރިންތަކެއް ޗައިނާއަށް ގެންގޮސްފިއެވެ. މިކަން އިންތިޒާމު ކޮށްފައި ވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިންނެވެ.

މިއީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫސް ތަކުގައި ޚަބަރު ޖަހެމަށާއި، ވަންހަނާކޮށް ހިންގާ ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތަށާއި، ޗައިނާ އިން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިގްތިޞާދީ އިސްތިޤްލާލަށް އަސަރު ކުރާހެން ހިންގާ ކޮރަޕްޝަނާއި، ޗައިނާގެ ވިޔަފާރިވެރިން ސަރުކާރުގެ އިސް ވެރިންނަށް ދޭ ކޮރަޕްޝަންގެ އަދަދު ނުކުރެވޭ ފައިސާ ތައް ސިއްރު ކުރުން ރިޕޯޓް ކުރުމުގައި، ނޫސް ވެރިންގެ ރިޕޯޓިންގެ މިނިވަން މުސްތަގިއްލު ސްޓޭންޑަރޑް ދުއްވާލުމަށް ކަނޑައެޅިގެން ކޮށްފައިވާ މަސައްކަތެކެވެ. މި ނޫސްވެރިންގެ ރިޕޯޓިންގެ ނަޒާހަތްތެރި ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މި ދަތުރުގައި ޗައިނާގެ 4 ސިޓީ އަކަށް ދަތުރު ކޮށް އެކި ތަންތަން ނޫސްވެރިން ބަލާފައި ވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް މި ނޫސްވެރިން ރިޕޯޓް ކޮށްފައެއް ނުވެއެވެ. ޗައިނާ އެމްބަސީ އިން ނޫސްވެރިން ނަގާފައި ވަނީ، މިނިވަން ނޫސްވެރިކަން ހިންގަމުންދާ "އަދަދު" "ރާއްޖެ އެމްވީ" ފަދަ ނޫސް ތަކަށް ފުރުޞަތު ނުދީއެވެ. ޗައިނާއަކީ މިނިވަން ނޫސްވެރިކަމާއި ދެކޮޅު، އަދި ނޫސްވެރިން ޖަލަށް ލައި، ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ދޭ ގައުމެކެވެ.

ދަތުރުގައި ބައިވެރިވި ނޫސްވެރިއަކު ޓްވީޓް ކޮށްފައިވާ ގޮތުން ޗައިނާއިން ރާއްޖެއާއި މެދު ދެކެނީ ގާތް އެކުވެރިއެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް، އެކުވެރިންނަކީ ބައިނަލްއަގުވާމީ މައިދާނުގައި އެއް ހަމައެއްގައި ފައި ހަމަ ކުރަން ފުރުޞަތުދީ، އެ އިޚްތިރާމް ދޭ ބަޔެކެވެ. މުއިއްޒުގެ ސަރުކާރު ފެށުނުތަނާ، ރާއްޖެއަށް އައި ޗައިނާގެ އިސް ވެރިއަކު ނިންމީ ދިވެހިންނަށް ބޯފެން ފުޅި ހަދިޔާ ކުރުމަށެވެ. އެ ބޭފުޅާ އަށް ރާއްޖެ ތަސައްވަރު ވެފައި ވަނީ، އެފްރިކާ ބައްރުގެ ނިކަމެތި ގައުމެއް ގޮތުގައެވެ. ޗައިނާ އިން ފޮނުވި ފެން ތައް ބެހެއްޓުމަށް ހުޅުމާލޭގައި މިސްކިތެއް ބަންދުކޮށް އެތަން ގުދަނަކަށް މި ސަރުކާރުން ވަނީ ހަދާފައެވެ. އެ ފެނަށް ބޭނުންވާ އެއްވެސް ދިވެއްސެއް ނެތެވެ.

މީގެ ދެދުވަސް ކުރިން، ޗައިނާގެ ހަމަ އެ ފެންވަރުގެ ބޭފުޅަކު، އެކޮނޮމިކް މިނިސްޓްރީގެ ރަސްމީ ބައްދަލުވުމަކަށް އައީ، ހުޑް ލާފައި އިން ވިއްސާރަ ކޯޓެއް ލައިގެންނެވެ. މިއީ ރަހުމަތްތެރިން އެކަކު އަނެކަކަށް އިޚްތިރާމް ކުރާ މިންގަޑުން ބޭރުން ޗައިނާއިން ހިންގާފައިވާ އަމަލެކެވެ.

މިކަން މިހެން ހުރި އިރު، ޗައިނާއާއި އެކު ސިއްރު އެއްބަސް ވުންތައް ސޮއެ ކޮށް، 99 އަހަރަށް ރާއްޖޭގެ ސަރަހައްދުތައް ޗައިނާއިން ދެމުން ދަނީ، އެކުވެރިކަން އޮވެގެން ނޫނެވެ. އެއިން ތަނަކުން ރާއްޖެއަށް ވާނެ ފައިދާއެއް ނެތެވެ. އެފަދަ ގޮތަކަށް ނަގާ ރާއްޖޭގެ ތަންތަނުގެ ސަބަބުން ރާއްޖެ މައްޗަށް ޗައިނާގެ ބާރުވެރިކަން އިންތިހާއަށް ދަނީ އިތުރު ވަމުންނެވެ.