ޚަބަރު

އިސްރާއީލު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް މުއިއްޒު ގޮވާލެއްވިއިރު, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް އަމިއްލަ ގައުމުގައި ފަސްތަރީގެ ޚިދުމަތް އަރުވަމުން! ހުރިހާ ކަމެއްގައިވެސް ދައްކަވަނީ މުނާފިގުކަމުގެ ސިފަ!

ދިޔަވަރު
އިސްރާއީލު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް މުއިއްޒު ގޮވާލެއްވިއިރު, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް އަމިއްލަ ގައުމުގައި ފަސްތަރީގެ ޚިދުމަތް އަރުވަމުން! ހުރިހާ ކަމެއްގައިވެސް ދައްކަވަނީ މުނާފިގުކަމުގެ ސިފަ!

ޣައްޒާގެ ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލުމުން އެ އަމަލު ކުށްވެރިކޮށް އިޒުރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މި ހަމަލާއާ ގުޅިގެން އެކްސްގައި މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ތަބީއިން ސްކޫލުގައި ހިމާޔަތް ހޯދައިގެން ތިބި އެތައް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެތައް އަންހެނުންނެއް ޒަހަމްކޮށްލައި ޝަހީދުކޮށްލުމަކީ ބިރުވެރި މަންޒަރެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިޒުރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީންގެ ޣައްޒާގައި ކުރިއަށް ގެންދާ ގަތުލުއާންމު ހުއްޓާލުމަށް އިޒްރޭލުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

އެހެންވެ މުއިއްޒު ވަނީ އިޒުރޭލުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ، އިޒުރޭލުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް އިޒްރޭލާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މުއިއްޒު ގޮވާލެއްވިއިރު, މުއިއްޒު ގެންދަވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހިރައްޔިތުން އުފުލަމުންދާ އަޑުތަކަށް ބީރުކަންފަތެއް ދެމުންނެވެ. އަދި އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ހުށަހެޅުއްވި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ މިހާތަނަށް 60 ދުވަސް ވަނީ ފާއިތު ވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ 39,000 ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް މިސަރުކާރުން ތަކުރާރު ކުރަމުންދަނީ ހަމަ އެއް ލަވައެކެވެ.

ރާއްޖޭގައި މިހާރުވެސް ދަނީ އިސްރާއީލުގެ ވިޔަފާރިތައް ހިންގަމުންނެވެ. އިސްރާއީލުގެ ފުޑްޗެއިން ކަމުގައިވާ ކޭއެފްސީއާއި ޕިއްޒާ ހަޓުވެސް ދަނީ ރާއްޖޭގައި އެއްވެސް ހުރަހެއްނެތި ވިޔަފާރި ކުރަމުންނެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި ރައްޔިތުން އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އެމައްސަލާގައި ރައްޔިތުން އެދެމުންދާ އެދުންތަކަށް ދެމުންދަނީ ބީރު ކަންފަތެކެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވަމުން ދިއުން މަނާކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ހަމައެއާއެކު އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ސިޓީ ފޮނުވިތާ 9 މަސްވެގެންދާއިރުވެސް އެ ސިޓީއަށްވެސް މުއިއްޒު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.

ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.

ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗައިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.