ރައީސް ސޯލިހް މީގެ ކުރިން މާލެ ސިޓީ ކައުންސިލަށް ވަޑައިގެންފައި ވަނިކޮށް، މުއިއްޒަކީ ކައުންސިލަރުންނާއި އަލަށް ބައްދަލު ކުރި ރައީސް ކަމަށް ބުނެ އާދަމް އާޒިމް ހުޝާމަތު ކުރުމުން އެމްޑީޕީގެ ސަޕޯޓަރުންގެ ނުރުހުން އާދަމް އާޒިމަށް އަމާޒު ވާން ފަށައިފިއެވެ.
މީ އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކު، މާލޭ ސިޓީ ކައުންސިލަށް ރަސްމީ ކޮށް، ކައުންސިލަރަކާއި ބައްދަލު ކުރާ ފަހަރު ކަން ފާހަގަ ކުރަން. ފާހަގަ ވެގެން މި ދަނީ، ލާ މަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްތަކެއް ރައީސް އިސް ނަގަމުން ދާކަން. އެހެންވެ އެކަމަށް ޓަކައި ރައީސް އަށް ވަރަށް ޝުކުރު ދަންނަވަން.
އާދަމް އާޒިމް މުއިއްޒަށް ހުޝާމަތު ކޮށް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ޓްވިޓަރ ގައި ދަނީ ރައީސް ސޯލިހް، ކައުންސިލަރުންނާއި، މާލޭ ސިޓީ ކައުންސިލްގައި ބައްދަލު ކޮށްފައިވާ ފޮޓޯ އެއް ދައުރު ކުރަމުންނެވެ. އަދި ސީދާ ކަނޑައެޅިގެން ލާމަރުކަޒީ ނިޒާމް ފުނޑު ފުނޑު ކޮށް، ކައުންސިލްތައް އުވާލައި، އަތޮޅުވެރިން އުފެއްދުމުގެ މަސައްކަތް މުއިއްޒު ކުރަމުން ދަނިކޮށް، އަދި އަމިއްލަ އަށް ކައުންސިލުން މަދު ކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނިކޮށް، ލާމަރުކަޒީ ނިޒާމް މުއިއްޒު ޚަރުދަނާ ކުރުމަށް އިސް ނަގައިގެން މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ، އަދި އެކަމަށް މުއިއްޒަށް ޝުކުރު އަދާ ކުރުމަކީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތަކުން ކުރާނޭ ކަމެއް ނޫން ކަމަށް ދިޔަވަރު ނޫހަށް މިކަމާއި ހިިތް ހަމަ ނުޖެހިގެން މައުލޫމާތު ދިން އެމްޑީޕީ އެކްޓިވިސްޓުން ކިޔައި ދެއްވިއެވެ.
އަސްލު މި މީޓިންގ އެމްޑީޕީ ކައުންސިލް މެމްބަރުން ބޮއިކޯޓް ކުރަން ޖެހޭނެ! އެއީ ލާމަރުކަޒީ ނިޒާމާއި އެއްކޮޅަށް ތިބިކަން އަންގައި ދިނުމުގެ ގޮތުން!
ދިޔަވަރު ނޫހަށް އޭނާގެ ޝުއޫރު ފާޅު ކުރިއެވެ.
ދިޔަވަރު ގުރޫޕްގައިވެސް މިކަމާއި ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައިވާއިރު، ކައުންސިލްތަކާއި އެންމެ ގުޅިގެން، ކައުންސިލްތަކަށް ގާނޫނީ ބާރު އަލަށް ދިން ފަރާތަކީ އެމްޑީޕީގެ މި ނިމުނު ވެރިކަމުގެ ދައުރެވެ. އެ ފުރިހަމަ ބާރާއި، އެ އެހީތެރިކަމެއް މުއިއްޒު މިހާރުގެ ކައުންސިލަށް ފޯރުކޮށްދީފައި ނުވާއިރު، މިފަދަ މީޓިންގ އެއް މުއިއްޒު އަމިއްލަ އަށް ކައުންސިލަށް ވަޑައިގެން ބޭއްވި ހަމަ އެކަނި މަގުޞަދަކީ، މުއިއްޒު ސާޖިދާގެ ލިސްޓަށް ބަދަލު ކުރަމުން އަންނަ ފްލެޓް ލިސްޓުގެ ޖަރީމާ ސަރުކާރުގެ ބޮލުން ނަގައި، މާލޭ ސިޓީ ކައުންސިލުގެ ބޮލަށް ޖެހުމުގެ ހީލަތްތެރި ބޭނުމުގައެވެ.
މުއިއްޒަކީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ކަމުގައި ހުރެގެން، އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، އެ މީޓިންގ ރޫމުގައި ބޭރުން ތަޅުލައި އެތައް ގަޑި އިރެއް ވަންދެން އެމީހުން ހިސާރު ކޮށް ގެންގުޅުނު މީހެކެވެ. މިކަން މުއިއްޒު ކޮށްފައި ވަނީ އެ ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން ގިނަވުމުން، ކޮމިޓީއަށް ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. މި މައްސަލަ އޭރު ނޫސްތަކުން ގެނެސްފައި ވެއެވެ. އަދި މިއީ އޮޅިގެން ހިނގާފައިވާ ކަމެއް ކަމަށް ފަހުން މުއިއްޒު ބުނެފައިވެއެވެ. މުއިއްޒު އަކީ ކައުންސިލުގައި ހުރެގެން ބޮޑެތި ވައްކަން ކޮށްފައިވާ މީހެކެވެ.