ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެލާއިރަށް, ސަރުކާރުގެ އެމްޑީން މަގުމައްޗަށް ނިކުމެ ޗަރުކޭސް ކުޅުމުގައި! ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުދީ, ކާރިސާތަކުގެ ނާޖާއިޒު ފައިދާ ނެގުން މިސަރުކާރުން ވަނީ ސަގާފަތަކަށް ހަދާފަ!

ދިޔަވަރު
މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެލާއިރަށް, ސަރުކާރުގެ އެމްޑީން މަގުމައްޗަށް ނިކުމެ ޗަރުކޭސް ކުޅުމުގައި! ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުދީ, ކާރިސާތަކުގެ ނާޖާއިޒު ފައިދާ ނެގުން މިސަރުކާރުން ވަނީ ސަގާފަތަކަށް ހަދާފަ!

މާލެއަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވެ, ކުރާ ވިއްސާރައަކީ އާންމު ރައްޔިތުންނަށް ކުރިމަތިވާ ގިލަންވެރިކަމަށް ވެލާއިރަށް, ސަރުކާރު ކުންފިނިތަކުގެ ސޯޝަލް މީޑިއާ އެކައުންތަކުން އެންމެ ބޮޑު އިސްކަމެއް ދެމުންދާތަން ފެންނަމުންދަނީ ކުންފުނިތަކުގެ އެމްޑީން މަގުމައްޗަށް ނިކުމެ ފެން ހިންދުމުގައި މަސައްކަތްކުރާ މަންޒަރު ޓުވީޓު ކުރުމަށެވެ.

އެގޮތުން މިހަފްތާގަ މާލެއަށް ކުރަމުންދާ ވިއްސާރާގައިވެސް, ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިއަދު ހަމައެކަނި ފެންނަމުންދަނީ ކުންފުނިތަކުގެ އެމްޑީންނާ ވެލި ބަސްތާތައް ޖެހުމާއި ފެން ހިންދުމުގައި މަގުމައްޗަށް ނިކުމެ އެ މަސައްކަތުގައި ޝަމިލްވަމުންދާ މަންޒަރުތަކެވެ.

އެގޮތުން މިއަދު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު ވެލިބަސްތާތައް ޖެހުމާއި, އަދި ސްޓެލްކޯގެ އެމްޑީ ކަރަންޓުގެ މަސައްކަތް ހައްލުކުރުމަށް މަގުމައްޗަށް ނިކުމެ އުޅުއްވަމުން ގެންދެވި މަންޒަރުތަކެވެ.

އެހެންނަމަވެސް, އިސްވެ ދެންނެވުނު ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްވެ ދެންނެވުނު އެމްޑީންވެސް ހަގީގީ މަސައްކަތުގައި ޝާމިލް ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމްޑީން އުޅުއްވާފައިވަނީ ފޮޓޯ ނެގުމަށްފަހު ކުންފުނީގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުގެ ފޮޓޯ ޓުވީޓުކުރެެއްވުމުގައެވެ.

މިވެރިކަން ފެށިގެން އައިއިރު, މާލެއަށް ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ރައީސް މުއިއްޒުވެސް ވަނީ ޕީއެސްއެމްގެ ކެމެރާ ކުރޫއާއެކު, ގަންބޫޓުގައި މަގުމައްޗަށް ނިކުމެ ވިއްސާރައިގެ ކާރިސާ ބޮޑު މީޑިއާ ސްޓަންޓަކަށް ހައްދަވާފައެވެ. އެހެންނަމަވެސް މުއިއްޒުގެ އެޗަރުކޭހަށް އާންމު ރައްޔިތުންގެ ފާޑުކިއުން އަމާޒުވާން ފެށުމަށްފަހު, މާލޭގައި ފެންބޮޑުވާ ދުވަސްދުވަހު, ޗަރުކޭސް ކުޅުއްވުން މުއިއްޒު ވަނީ ހުއްޓަވާލައްވާފައެވެ.

މިސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ, ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުދީ, ރައްޔިތުންނަށް ކުރިމަތިވާ ގިލަންވެރިކަމުގެ ނާޖާއިޒު ފައިދާ ނަގާ, ހަމައެކަނި ޗަރުކޭސް ކުޅުމަށް އިސްކަންދޭ ގިނަ ބަޔަކު ސިޔާސީ އިސްމަގާމްތުގައި ތިބި ސަރުކާރެއްގެ ގޮތުގައެވެ.