“ކުރީގެ މެނޭޖްމެންޓުން ކުންފުނި ހިންގާފައިވްނީ ވަރައް ޒިންމާދާރުކަން ކުޑަގޮތެއްގައި..ކުންފުންޏަށް ބޭނުންވާވަށްވުރެ މާގިނައިން މުވައްޒަފުން ވަނީ ވައްދާފައި” މިއި ކުންފުނީގެ އެމް.ޑީ ހުސައިން ފަހުމީ މަގާމައި ހަވާލުވެގެން މުވައްޒަފުންނާ ބައްދަލުކުރާ ކޮންމެ ދުވަހަކު ތަކުރާރު ކުރާވާހަކައެކެވެ. އެހެންނަމަވެސް ހަގީގަތަކީ ކުރީގެ އެމް.ޑީ ޝަރީފުއާއި ގުޅިގެން ކުންފުންޏަށް މާލީގޮތުން ބޮޑުގެއްލުންވާގޮތަށް އެހެނަސް އޭމީހުންގެ ޖީބަށް ކަޓު ވަންނަގޮތަށް ކަންކުރިމީހުން މިއަދުވެސް އެކުންފުނީގެ އާ އެމެ.ޑީގެ އެންމެ އަރިސް މީހުންގެ ގޮތުގައި ތިބިކަމެވެ.
1.އަހުމްދު އަކްރަމް-ސޭލްސް ސެންޓަރުގެ ޖީ.އެމް.
ޝަރީފުއާއި އެެކު އިލެކްޝަންގައި އުޅުނު އިރުއްސުރެ މިދެމީހުންދިޔައީ އެކީގައި ބޮޑެތި ޖަރިމާހިންްގަަމުން އައި ދެމީހުންނެވެ. އަދި ފަހުން ސްޓެލްކޯއަށް އައިސް ޝަރީފުއާއި އެކު އޭނާ ވަނީ ބޮޑެތި ވައްކަންކޮށްފައެވެ. މިގޮތުން ސޭލްސްސެންޓަަރަށް ވިއްކަން ގެންނަަ މުދާ އިންޑިޔާގެ ސަޕްލަރަކާއި ގުޅިގްނެ މިމީހުންނަށް ބޮޑެތި ކަޓުލިބޭ ގޮތަޢް އެތައްކެމެއް ވަަނީކޮށްފައެވެ. މިގޮތުން ކޭބަލް ސަޕްލައި ކުރުމަށް ހިންގި މުޢާމާލާތުގައި އެކަނިވެސް ޝަރީފުވަނީ 50،000 ޑޮލަރު ކަޓުނަގާފައި އާދި އަކުރަމްއަށް 5،000 ޑޮލަރުދީފައެވެ. ފަހުމީގެ މެނޭޖްމެންޓުގައި ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓުގެ ޖީއެމްގެ ގޮތުގައި ބަހައްޓާފައި ހުރީ އޭނާއެވެ. ކުރާ އަދި ކުރަން އިގޭ އެއްކަމެއްވެސް އޭނާއަކަށް ނެތެވެ
2-ހަނީފް- ޕްރްކިއުމެންޓް ޖީ.އެމް.
ޝަރީފު ސްޓްލްކޯ އެމްޑީ ކަމަށް އައިސް ފުރަތަމަވެސް ކުރަންފެށިކަމަކީ އޭނައަަށް ކޮންޓްރޯލް އޮންނަގޮތަށް ޑިޕާޓްމެެންޓްތަކަށް މީހުންލަމުންދިއުމެބެ. އެގޮތުން ހަނީފުއަކީ ޕްރޮކިއުމަންޓްގެ ކޮންޓްރޯލްނަގަން ގެނައި މީހެކެވެ. 2022 ވަނަ އަހަރު މި 3 މީހުން، ޝަރީފު، އަކުރަމް، ހަނީފު ވަނީ ރިކޯޑްއަދަދަކަށް ކުންފުނީގެ ހަރަދުގައި ރަސްމީދަތުރުތައް ރާއްޖެއިން ބޭރަށްކޮށްފައެވެ. މީގެ ކޮންމެ ދަތުރަކަށް އެއާރ ޓިކެޓްނުލާ ކޮންމެމީހަކަަށް 5000 ޑޮލަރު ކުންފުނިން ދީފައި ވެއެވެ. ފަހުން ހަނީފުއަށް ވަނީ ކުންފުނީގެ ޗީފް ސާރވިސް އޮފިސަރަކަަށް ހަދާ, މުސާރަ 50.000 ރުފިޔާއަށް ބޮޑު ކޮށްފައެވެ. ފަހުމީގެ މެނޭޖްމެންޓްގައި ވެސް ހަނީފަށް ދަނީ, ކުންފުނީގެ ޕޭރޯލަށް ބާރުބޮޑުކުރަން އެއްވެސް މަސައްކަތެއްނުކޮށް ބަރާބަރަށް މުސާރަ ދެމުންނެވެ. ޒިންމާދާރުގޮތުގައި ކުންފުނި ހިންގުމަކީ މިއީ ތޯއެވެ!
ހަނީފުގެ ދަށުން ޔުނިޓްހެޑަކަށް ހުރި އަސްފާއަކީ އެއްވެސް ތަނެއްދޮރެއްދަންނަ މީހެއްނޫންކަން ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ދަނެއެވެ. ހަަނީފް ބުނި ކޮންމެގޮތަމަށް ޓެންޑާރ ކަންތައް ކުރިއަށް ގެންގޮސް އެމީހުންބޭނުންވާ ސަޕްލަޔަރުންނަށް ފަހިވާގޮތަށް ކަންތައް ރާވަމުންދަނީ އަސްފާއެވެ. މިކަމުގައި އަސްފާއަށް ހުރިހާކަމެއް ކޮށްދެނީ އަޒްހަދުއެވެ. އެނާއަކީ އަމިއްލައެދުމުން ފޯވެފައިވާ މީހެކެވެ.
ހަނީފު އަށް ޗީފްކަން ލިބުމާއެކު އަސްފާވަނީ ޕްރޮކިއުމެންޓުގެ ޖީ.އެމް ކަމަށް ބަދަލުކޮށް އަޒްހަދު އަށް އަސްފާ ހުރި ޔުނިޓުގެ ޔުނިޓްހެޑްގެ މަގާމުދީފައެވެ. މިދެމީހުންނަކީ ކުންފުނީގައި ރިކޯޑްއަދަދަކަށް ޕްރްމޯޝަން ޖަހާފައިވާ 2 މުވައްޒަފުންކަން ކުންފުނީގެ ހުރިހާ މުވަައްޒަފުންވެސް ދަނެއެވެ.

ކުރީގެ އެމްޑީ ޝަރީފުގެ ޓީމަށް ވައްކަންކުރަން ފުރުސަތުދިން މިޓީމަށް އެއްކަލަ ޒިންމާޛާރުކަން ކުޑަކޮށް ކުރީމެނޭޖްމެންޓުން ކުންފުނި ހިންގީކަމަށް ތަކުރާރުކޮށް ވިފާޅުވާ އެމްޑީ ފަހުމީގެ ޒަަޢާމަތުގައި އަސްފާއަށް އެމްޑީ ބިއުރޯގެ ޖީއެމްކަން އަދި އަޒްހަދުއަށް އެޗްއާރުގެ ރެކްރޫޓްމެންޓްޔުނިޓްގެ ޔުނިޓްހެޑްކަން ވަނީ ދީފައެވެ. އަޒްހަދު ދާދިފަހުންވަނީ އެމްޑީ ފަހުމީއަށްވެސް ވަގަށް އަޒްހަދުގެ އެއްބަނޑުއެއްބަފާ ކޮޮއްކޮއާއި އެނާގެ އައިލާގެ އެތައްބަޔަކު ކުންފުންޔަށް ނިމިގެންދިޔަ މަޖްލިސްއިންތިހާބުގައި ވެެއްދިއިރު އެމީހުންގެ ވަޒީފާގެ ޗިިޓުތަކުގައި ސޮއެކުރަން ފަހުމީ އަތަށް ގެންދިޔަ ޗިޓުތެރެއަށް އޭނާގެ ކޮއްކޮގެ (ފަހުމީއަށްނޭގި) ސޮއިކުރުވައިގެން ހުޅުމާލެ އަށް ވަޒީފާއަަށްނެރެފައެވެ.
މިފަދަ ބޮޑެތި ޖަރީމާހިންގީމަވެސް ފިޔަވަޅުއެޅުމުގަ ބަދަލުގައި އިތުރަށް އެނާއަށްވަނީ ބޮޑު ޕްރޮމޯޝަނެއް ދީފައެވެ. މިފަދަ ނޭއްގާނީ ކަންކަން ސިއްރުކުރުމަށާއި ބޭއިންސާފު ޕްރޮމޯޝަންތައް އަވަސްކުރުމަށްޓަކައި އެޗްއާރް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ބަލްކް ޕްރޮމޯޝަންތަކެެއްވެސް ވަނީ ދީފައެވެ.
އެޗްއާރްގެ ހެޑް ފަރުހާދު މުވައްޒަފުން ގާތުގައި ބުނާކަމަށްވަނީ ޕްރޮމޯޝަން ލިބޭނީ ސިޔާސީގޮތުން ކުޅެގެންކަމަށާއި އެނޫންގޮތަކަށް ހަމަނުޖެހޭނެކަމުގައެވެ. މަޖްލިސް އިންތިހާބްއާއި ދިމާކޮށް ސްޓެލްކޯ މުވައްޒަފަކަށް ޕްރްމޯޝަން ނުދީގެން ވިލިމާލެ ދާއިޜާގެ މިހާރުގެ މެމްބަރު މާފެލޭ ވަނި ސްޓެލްކޯގެ އެމްޑީގެ ކޮޓަރިއަށްވަދެ ފަހުމީއަަށް ބިރުދައްކައި އެމުވައްޒަފަށް ޕްރްމޯޝަންހޯދާދީފައެވެ.
ކުރީގެ މެނޭޖްމެންޓުން މުވައްޒަފުން ބޭނުންވާވަރަށްވުރެ އިތުރަށް ވެއްދިކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު މިފަހަރު މަޖްލިސް އިންތިހާބާދިމާކޮށް 300 އަަށްވުރެ މަދުނުވާވަރަށްވަނީ ކުންފުންޏަށް މުވައްޒަފުން ވައްދާފައެވެ. މީގެތެރެއިން %70 އަކީ ހުޅުދޫދައިރާގެ ގޮނޑި ޝާޑުއަށް ކަށަވަރުކުރުމަށްޓަކައި ވެއްދިމީހުންންނެވެ. މިހާރުވެސް ހެނދުނުގަޑީގައި ސްޓެލްކޯ ކާރިން ބުރެއްއަޅާލަފިނަމަ ކުނޑަކުދިންގެ ބަގީޗާކާރިން ހިވާނީ ހުޅުދޫ ދެކުނުއަވަށަށް ދެވިގެންއުޅޭހެންނެވެ.
މިފަދަ ނޭއްގާނީ ބޭއިންސާފުގެ ސަބަބުން މަސައްކަތްތެރި ގާބިލު މުވައްޒަފުން މާޔޫސްވެ ކުންފުންޏާއިމެދު ދެކޭގޮތްބަދަލުވެ ހިތްވަރު
ގެއްލެމުންދެއެެވެ. ޕްރޮމޯޝަންގެ ހައްގާއި މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މި ކަންކަން ރަނގަޅަށް ތަހުގީގުކޮށް އިސްލާހު ކުރަން ޖެހެ އެވެ.
އޯގަނައިޒޭޝަން ތެރޭގައި ބަލައިނުގަނެވޭނެ މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމެވެ.