ޚަބަރު

ރާއްޖެއިން ރިފިލް ކޮށްގެން ދިޔަ އިޓަލީގެ މަތިންދާ ބޯޓުތަކުން އިޒްރޭލުގެ ޖެޓްތަކަށް ފިއުލް ވަނީ ދީފައި!

ދިޔަވަރު
ރާއްޖެއިން ރިފިލް ކޮށްގެން ދިޔަ އިޓަލީގެ މަތިންދާ ބޯޓުތަކުން އިޒްރޭލުގެ ޖެޓްތަކަށް ފިއުލް ވަނީ ދީފައި!

ރާއްޖެއިން ރިފިލް ކޮށްގެން މިއަދު ދިޔަ އިޓަލީގެ މަތިންދާ ބޯޓުތަކުން އިޒްރޭލުގެ ޖެޓްތަކަށް ޖެޓްފިއުލް ދީފައިވަނީ، ފަލަސްތީނު އާއި ޔަމަނުގައި ތިބި މުސްލިމުންނަށް ހަމަލާ ދިނުމަށް ކަމަށް ހާމަ ވެއްޖެއެވެ.

އިޓަލީއާއި، ރާއްޖެ މިހާ ދުރުގައި އޮއްވައި، ޖެޓް ފިއުލް އެޅުމަށް އަދި އިޒްރޭލަށް މާ ފަސޭހަ ކަމާއި އެކު ދެވެން އޮއްވައި ދިގު މަގެއް އިޓަލީ އަސްކަރިއްޔާއިން އިޚްތިޔާރު ކުރުމުގެ ސަބަބު ތަކެއް ވެއެވެ.

މި ގޮތުން މެދުއިރު މަތީގައި އިޓަލީއާއި އަސްކަރީ ޚިޔާލު ތަފާތުވުން ހުރި ގައުމުގެ ތަކުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ލިބިފައި ނުވާތީ، އަދި ހުއްދަ ނެތް ވައިގެ ސަރަޙައްދުތަކުގެ މަތިން ދަތުރު ކުރުމުގެ ސަބަބުން އުފެދޭނެ މައްސަލަތަކަކުން ސަލާމަތް ވުމަށް ރާއްޖެ މަތިން އުދުހައި، ރާއްޖެއިން ރީފިލް ކުރީ ކަމަށް މިކަމުގެ ތަޖުރިބާކާރެއް ދިޔަވަރު ނޫހަށް ހާމަ ކުރިއެވެ.

މެދުއިރު މަތީ، ޤައުމުތަކުގެ މަތިން ދަތުރުކޮށް އިޒްރޭލަށް އެހީ ތެރި ވެއްޖެނަމަ، އެކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް އަންނަލެއް ބޮޑުވެފައި، ހުއްދަނެތް ވައިގެ ސަރަހައްދަށް ވަނުމުގެ ސަބަބުން އދ. ގައި އެމައްސަލަ ޖެއްސުމާއި، މީގެ ސަބަބުން ހަނގުރާމައަށް މަގުފަހި ވެދާނެ ފަދަ އަސްކަރީ ރައްދެއް މެދުއިރުމަތީ ގައުމަކުން އިޓަލީގެ މަތިންދާ ޖެޓަށް ދީފާނެތީ އެކަންކަމުން ސަލާމަތް ވުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އިޓަލީއިން ދަނީ އިޒްރޭލުން އެހީ އަށް އެދޭ ކޮންމެ ވަގުތެއްގައި ބޭނުން ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ޖިއޯގްރަފިކް މަޤާމާއި އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ ޤައުމަކަށްވުމުގެ ސަބަބުން ލިބޭ އިސްތިރާޖީ ފައިދާތަކަކީވެސް މިފަދަ ނިންމުމެއް ނިންމުމުގައި އިޓަލީއިން ބަލާފައިވާ ކަންކަމެވެ.

https://twitter.com/warintel4u/status/1814693122422513677?
ޖުލައި މަހު ޖިބޫޓީ އިން ވަނީ ރީފިލް ކޮށްފައި.

ޔަމަނުގައި ތިބި މުސްލިމުންނަށް އިޒްރޭލުން ހަމަލާދީ މުސްލިމުން މަރަމުން ދަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ޔަމަނުގެ ހަނގުރާމަވެރި، މުޖާހިދުން އިޒްރޭލާއި ދެކޮޅަށް ހަމަލާ ދޭތީއެވެ.

https://twitter.com/iranobserver0/status/1816469226162663605?
ޖުލައި މަހު ޖިބޫޓީ އިން ވަނީ ރީފިލް ކޮށްފައި.

ރާއްޖޭގެ އިތުރުން އިޓަލީގެ މިލިޓަރީ ބޭސް ހުންނަ ޖިބޫޓީއިންވެސް ދަނީ، އިޒްރޭލަށް ހަމަލާ ދިނުމަށް ރިފިލް ކުރަމުންނެވެ. އަދި ޖިބޫޓީއަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް މިހާރު ޔަމަނުން ވަނީ ހާމަ ކޮށްފައެވެ. ޖިބޫޓީ އިން ތެޔޮ އެޅެން އޮއްވާ ރާއްޖެއިން ވެސް ޖެޓް ފިއުލް އެޅުމުގެ ސަބަބެއް ކަމަށް ލަފާ ކުރެވެނީ، ޖިބޫތީއަކީ ގިނަ ޤައުމުތަކުގެ އަސްކަރީ މަރުކަޒުތައް ހުރި ތަނެއްކަމުން އެތަނުން ރިފިލް ކުރުމުގެ ސަބަބުން އެތަނަށް ޔަމަނުން ހަމަލާއެއް ދިނުމަކީ ގިނަ ގައުމުތަކެއްގެ ނުހުރުން އިޓަލީއަށް އަމާޒުވެގެން ދާނެ ކަމަކަށް ވާތީއެވެ. އިޓަލީގެ އިތުރުން އެމެރިކާ، ފްރާންސް އަދި ޖަޕާނުފަދަ ގައުމުތަކުގެ އަސްކަރީ ވަސީލަތްތައް އެތަނުގައި ޤާއިމުކުރެވިފައި ވެއެވެ. އެހެންކަމުން، އެތަނުގައި ހިނގާ ކަންކަން ވަރަށް ގާތުން ބަލެމުންދެއެވެ. އަދި އެތަންތަނުން ރިފިލް ކުރުމުން އެ އަސްކަރީ މައުލޫމާތު ޔަމަނުގެ އަސްކަރިއްޔާއަށް ލިބުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންކަމުން ރާއްޖެ ބޭނުން ކުރަނީ މި އަސްކަރީ ހަރަކާތްތައް ވީހާވެސް ސިއްރުން ކުރިއަށް ގެންދިއުމަށެވެ.

ރާއްޖެއިން ޔަމަނުގައި ތިބި މުސްލިމުން މެރުމަށް އިޒުރޭލަށް ބޭނުންވާ ޖެޓް ފިއުލް ދެމުން ދަނީ ސީދާ މުއިއްޒުގެ އެންގުމުގެ މަތިންނެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރަން މުއިއްޒު އުޅޭކަމަށް ދެއްކުމުން ފޮރިން މިނިސްޓަރ ޒަމީރު ވަނީ އެމެރިކާއަށް ހާޒިރު ކޮށްފައެވެ. މި ދަތުރުގައި މުއިއްޒަށް އިޒްރޭލުން ވަނީ ހުށައެޅުމެއް ހުށައަޅައި، ގިނަ އަދަދެއްގެ ފައިސާ ދީފައެވެ. އިޒްރޭލް މަތިންދާ ބޯޓުތަކަށް މުސްލިމުން މެރުމަށް ބޭނުންވާ ތެޔޮ މުއިއްޒު ފޯރުކޮށްދެމުން ދަނީ އެހެންވެއެވެ.