ޚަބަރު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް, އޮރިޔާން ކާޑު ހަދާ, ބަރަހަނާ ފޮޓޯ ފޮނުވި ފަރާތެއް ށ. ފީވަކު ފެނަކަ ބުރާންޗުގެ ސުޕަވައިޒަރަކަށް!

ދިޔަވަރު
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް, އޮރިޔާން ކާޑު ހަދާ, ބަރަހަނާ ފޮޓޯ ފޮނުވި ފަރާތެއް ށ. ފީވަކު ފެނަކަ ބުރާންޗުގެ ސުޕަވައިޒަރަކަށް!

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް, އޮރިޔާން ކާޑު ހަދާ, ބަރަހަނާ ފޮޓޯ ފޮނުވި ފަރާތެއް ށ. ފީވަކު ފެނަކަ ބުރާންޗުގެ ސުޕަވައިޒަރަކަށް އައްޔަން ކޮށްފިއެވެ.

ށ. ފީވަކު ފެނަކަ ބުރާންޗުގެ ސުޕަވައިޒަރަކަށް އައްޔަން ކޮށްފައިވާ, ޖިންސީ ގޯނާގެ ތުހުމަތު އޮތް ފަރާތަކީ ށ. ފީވަށް އާމުލީގޭ މުހައްމަދު ރަވާހު ރަޝީދެވެ. ފެނަކަ ކޯޕަރޭޝަން އިން އޭނާއަށް ވަޒީފާ ހަމަޖައްސާފައިވަނީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު ފާއިތުވި ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުއެވެ. އޭނާއަށް ހަމަޖައްސާފައިވަނީ ށ. ފީވަކު ފެނަކަ ބްރާންޗުގެ ސުޕަރވައިަރުގެ މަގާމެވެ.

ރަމާހު ރަޝީދަށް ވަޒީފާ ހަމަޖައްސަ ދިން ޗިޓުގައި ވާގޮތުން އޭނާއަށް ހަމަޖައްސާފައިވަނީ 3 މަސްދުވަހުގެ ކޮންޓްރެކްޓް ވަޒީފާއެކެވެ. އެހެންނަމަވެސް ށ. ފީވަކުން "ދިޔަވަރު އޮންލައިން"އިން މައުލޫމާތު ދިން ފަރާތުން ވިދާޅުވި ގޮތުގައި އަދިވެސް އޭނާ ހުރީ ވަޒީފާގައެވެ.

އެހެންނަމަވެސް ފުލުހުންގެ ރެކޯޑުތައް ދައްކާ ގޮތުން ފުލުހުން އަދިވެސް ދަނީ, އިތުރު ބަޔަކާއެކު އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް, އޮރިޔާން ކާޑު އުފައްދާ, ބަރަހަނާ ފޮޓޯ ފޮނުވާފައިވާކަމަށް 2023 ވަނަ އަހަރުގެ އެޕްރިލްމަހުގެ 28 ވަނަ ދުވަހު ހުށަހެޅުނު މައްސަލަ ބަލަމުންނެވެ. އަދި ފުލުހުން އޭނާ ރެކޯޑް ފޯމުގައި ބަޔާން ކޮށްފައިވާ ގޮތުން އެމައްސަލަ އަދިވެސް ބަލާ ނިމިފައެއް ނުވެއެވެ.

މިސަރުކާރުން ދަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތާއި, ވައްކަމާއި އަދި ޖިނާއީ ބޮޑެތި ތުހުމަތު އޮތް ފަރާތްތަކަށް ސަރުކާރުން އިސް މަގާމްތައް ދެމުންނެވެ. އޭގެ އިތުރުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު އޮތް ފަރާތްތައްވެސް ހިމެނެއެވެ.