130 މިލިއަން އާއި 90 މިލިއަން ޑޮލަރުގެ ރޭންޖެއްގައި ކުރީ ސަރުކާރުން މިދިޔަ 5 އަހަރު ތެރޭ ހިފަހައްޓާފައި ހުރި، ޑޮލަރުގެ ރިޒާރވް ނުވަތަ ބޭނުންކުރެވޭ ގޮތަށް ހުންނަ ޑޮލަރު އެކީ ހުސްވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމެވެ. ގައުމެއްގައި ބޭރު ފައިސާއިން ހުންނަ ރިޒާވަކީ އެ ގައުމެއްގެ އިގްތިސާދީ އަދި މާލީ ހާލަތު މިންކުރަން ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުން ބަލާ މިންގަނޑުވެސް މެއެވެ.
އެމްއެމްއޭ އިން މިދިޔަ މަހުގެ ފަހުކޮޅު މާލީ ވުޒާރާއަށް ފޮނުވި ސިޓީ ގައި ވާގޮތުން އެ އިދާރާއިން ވަނީ ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އެކީ ހުސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ސަރުކާރުގެ ބައެއް ކުންފުނިތަކަށް އެ ސިޓީ މާލީ ވުޒާރާއިން މިހާރު ފޮނުވާފައިވާކަން ވަނީ މި ނޫހަށް ކަށަވަރުވެފައެވެ
އެ ސިޓީ އެއްކަރުދާސްކޮށް، މާލީ ވުޒާރާއިން އެދިފައި ވަނީ ބޭރު ފައިސާގެ އާމްދަނީ ސީދާ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށާއި ބޭރު ފައިސާ މާލިއްޔާގައި ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅައިދިނުމަށެވެ.
މި ހިނގާ ޖުލައި މަސް ނިމޭއިރު ޔޫޒަބަލް ރިޒާވް ގާތްގަނޑަކަށް 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި އޮގަސްޓް މަހުން ފެށިގެން ޔޫޒަބަލް ރިޒާވް ހުސްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ރައީސް ސޯލިހް ސަރުކާރު ނިމުނު އިރު 100 މިލިއަން ޑޮލަރު ޔޫސަބަލް ރިޒާވް ގައި ހުއްޓެވެ. 130 މިލިއަން އާއި 90 މިލިއަން ޑޮލަރުގެ ރޭންޖެއްގައި ކުރީ ސަރުކާރުން މިދިޔަ 5 އަހަރު ތެރޭ ހިފަހައްޓާފައި ހުރި، ޑޮލަރުގެ ރިޒާރވް މި ހުސްވީ ސަރުކާރުގެ ހިންގުމުގެ ދޯދިޔާ ކަމުންނާއި ޚަރަދުތައް އިންތިހާއަށް ބޮޑު ވެގެންނެވެ. މި ގޮތުން އެމްބަސީ ތަކުގައި ތިބި ސިޔާސީ ފަރާތްތަކުގެ އަދަދު ބައެއް އެމްބަސީ ތަކުގައި 2 ގުނަ ކޮށްފައި ވާއިރު، 6 ގުނަ އަށް އިތުރު ކޮށްފައިވާ އެމްބަސީތައް ވެސް އެބަހުއްޓެވެ. މިއިން ކޮންމެ ތަނެއްގެ ކޮންމެ މީހެއްގެ މުސާރަ ދެނީ ޑޮލަރުންނެވެ.
އެމްއެމްއޭގެ އެ ސިޓީގައި ބުނެފައި ވަނީ، މިދިޔަ މަހުގެ 24ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 365.44 މިލިއަން ޑޮލަރުގައި ހުރިއިރު، ބޭނުންކުރެވޭ ރިޒާވް ހުރީ 21.97 މިލިއަން ޑޮލަރުގައި ކަމަށެވެ. އެ ސިޓީގައި ބުނެފައި ވަނީ:
އަންދާޒާތަކަށް ބަލާއިރު މިދިޔަ މަސް ނިމޭއިރު ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް
"މީގެ އިތުރުން މި އޮތޯރިޓީން ޖުލައި މަހު ތައްޔާރުކުރި ރަސްމީ ރިޒާވުގެ އަންދާޒާތަކަށް ބަލާއިރު، މި ހިނގާ ޖުލައި މަސް ނިމޭއިރު ޔޫޒަބަލް ރިޒާވް ގާތްގަނޑަކަށް 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި އޮގަސްޓް މަހުން ފެށިގެން ޔޫޒަބަލް ރިޒާވް ހުސްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ،" ޖުލައި މަހުގެ ފަހުކޮޅު އެމްއެމްއޭން މާލީ ވުޒާރާއަށް ފޮނުވި ސިޓީގައިވެ އެވެ.
އެމްއެމްއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަނީ ޖޫން މަހާ ހަމައަށް ރާއްޖޭގެ ރިޒާވްގެ ތަފާސްހިސާބުތަކެވެ. އެ ތަފާސްހިސާބުތަކުން ދައްކަނީ ޖޫންގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް ހުރީ - 66.9 މިލިއަން ޑޮލަރެވެ.
އެހެންވެ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގައި ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާ ތެރޭ ސިޓީއަކުން އެދިފައި ވަނީ ޑޮލަރުން މުސާރަ ދިނުން ފަދަ ކަންކަން ކުރުން މިވަގުތަށް ހުއްޓާލުމަށެވެ.
އެ ސިޓީއާ ގުޅޭ ގޮތުން އެމްއެމްއޭއާ ސުވާލުކުރުމުން އެ ތަނުގެ މީޑިއާ ސެކްޝަނުން ބުނީ އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށެވެ. އެމްއެމްއޭއިން އެހެން ބުނި ނަމަވެސް، އެ ސިޓީ ފޮނުވިކަން އިތުބާރުހުރި މަސްދަރުތަކުން ރާއްޖޭގެ ބައެއް ނޫސްތަކަށް ވަނީ ކަށަވަރުވެފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ސުވާލުކުރުމުން އެ ސިޓީއާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވަ އެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 އާއި 80 މިލިއަން ޑޮލަރު ރާއްޖެއަށް ބޭނުންވެ އެވެ. އެހެންކަމުން، އެމްއެމްއޭން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވް ނަމްބަރުތަކުން ވެސް ދައްކަނީ އެއީ ނުވަ މަސްދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރަން ބޭނުންވާނެހާ ފައިސާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދެއްކުމަށް މި އަހަރު ތެރޭ ރާއްޖެއިން 508 މިލިއަން ޑޮލަރު ބޭނުންވެ އެވެ.
ރާއްޖޭގެ ބޭނުން ކުރެވޭ ރަސްމީ ރިޒާވް ރެކޯޑް މިންވަރަކަށް ދަށަށް ދާތީ ދުނިޔޭގެ މަޝްހޫރު ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިން 'ސީސީސީ ޕްލަސް'އަށް ވައްޓާލައިފަ އެވެ. އެއީ މާލީ ހާލަތު ދަށްވެ ބޭރުގެ ދަރަނި ނުދެއްކުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރޭޓިން އެވެ.