ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދުރޭ އެ މަގާމުގައި ހުންނަވާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު ގައި ޗައިނާއަށް ވަޑައިގަތުމަށް ރޭ ފުރާއިފިއެވެ. އަންދާޒާ ކުރެވޭ ގޮތުގައި ރާއްޖެއަށް އެއްވެސް ފައިދާ އެއް ނުކޮށް މި ދަތުރަށް އަދުރޭގެ ޚަރަދު ތަކަށް 3 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން އިސްރާފް ވެގެން ދާނެއެވެ. މިއީ އާންމު ގޮތެއްގައި ސަރުކާރުގެ އިސްވެރިންގެ ދަތުރު ތަކަށް އެވްރެޖް ކޮށް ދާ މިންވަރުން ބަލާނަމަ އިސްރާފް ވެގެން ދާނެ ވަރެވެ.
މިއީ، މިއަދުން އަންނަ ހުކުރު ދުވަހާއި ހަމަށް ޗައިނާގައި ކުރިއަރަމުން އަންނަ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ސެމިނާއަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސެމިނާރު ބާއްވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ. ސެމިނާއަކީ އިންޓާ ޕާލިމަންޓްރީ ޔޫނިއަން އާއި ޗައިނާގެ ސަރުކާރާ ގުޅިގެން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓު ގޯލްސް (އެސްޑީޖީ)އާ ގުޅޭ ގޮތުން ބާއްވާ ސެމިނާއެކެވެ.
ނަމަވެސް، މި ސެމިނާރުގައި ދައްކާ ވާހަކަ އެއް އަދުރޭ އަށް އިނގިރޭސި އަދި ޗައިނާ ބަސް ނޭނގޭތީ ނުއެއް އެނގޭނެއެވެ. އަދި މި ސެމިނާރުގައި އެއްވެސް ވާހަކަ އެއްވެސް އަދުރޭ ނުދައްކާނެއެވެ. ދައުލަތުގެ ފަރާތުން ރާއްޖެ ތަމްސީލު ކުރަން ބޭރުގެ ޤައުމުތަކަށް މީގެ ކުރީގެ ހުރިހާ ސަރުކާރެއްގައި ފޮނުވާފައި ވަނީ އިލްމީ ގާބިލު ބޭފޫލުން ކަމުގައި ވިއަސް، މުއިއްޒު ފޮނުވަމުން ދަނީ އުޑެއް ބުޑެއް ނުދަންނަ، އެއްވެސް އިލްމީ ޤާބިލު ކަމެއް ނެތް އެސްޓީއޯއިން ވައްކަން ކޮށްގެން އަރުވާލާފައިވާ ޓިނު އަދުރޭ މެން ފަދަ މީހުންނެވެ. މިއީ ބޭރު ދުނިޔޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭ ވަރަށް ހުތުރު ނަމެކެވެ.
ފިރުއައުނު ވީރާނާ ވެފައިވާ ފައްޅިއަކުން ހަސް ނެތިފައިވާ، ހާމާނު ގެނެސް އިސް ވަޒީރަށް ހެދިހެން، މުއިއްޒު ދަނީ ތަންތަނުގައި ވައްކަން ކޮށް އަރުވާލާފައިވާ ފަރާތްތަކާއި، ނާގާބިލު އެތައް ބައެއް ސަރުކާރާއި ދައުލަތް ހިންގަން އިސް ކުރަމުންނެވެ. ޓިނު އަދުރޭ އަކީ ރައީސް މުއިއްޒުގެ ރޯލް މެޑެލް ކަމަށް މުއިއްޒު ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ.