ޚަބަރު

ޔާމީނުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއްގެ އަލުން ކުރުމަށް މުއިއްޒު އަންގައިގެން ޕީޖީއިން ކްރިމިނަލް ކޯޓަށް ފޮނުވައިފި! ކުރިން ބުނި "ހަރާން ދައުވާތައް" ކުރުމަށް ކޯޓަށް މިއަދު މި ފޮނުވަނީ މުއިއްޒުގެ އަމުރަށް!

ދިޔަވަރު
ޔާމީނުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއްގެ އަލުން ކުރުމަށް މުއިއްޒު އަންގައިގެން ޕީޖީއިން ކްރިމިނަލް ކޯޓަށް ފޮނުވައިފި! ކުރިން ބުނި "ހަރާން ދައުވާތައް" ކުރުމަށް ކޯޓަށް މިއަދު މި ފޮނުވަނީ މުއިއްޒުގެ އަމުރަށް!

ރައީސް ޔާމީނުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއްގެ އަލުން ކުރުމަށް މުއިއްޒު އަންގައިގެން ޕީޖީއިން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ކުރިން ބުނި "ހަރާން ދައުވާތައް" ކުރުމަށް ކޯޓަށް މިއަދު މި ފޮނުވަނީ މުއިއްޒު އަންގައިގެން ނެވެ.

ރ. ފުއްގިރި މައްސަލަ އާއި ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކެއްގެ ޝަރީއަތުގެ އަޑުއެހުންތައް މެދުކެނޑުމަކަށްފަހު، ބާއްވަން ހަމަ ޖައްސާފައި ވަނީ މި ހަފްތާގައެވެ.

ޔާމީންގެ މައްޗަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލަ އާއި ވ. އާރަށް މައްސަލާގަ އެވެ. އެއީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

މީގެ ތެރެއިން އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށްފަހު ހައި ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ. ނަމަވެސް ފުއްގިރި މައްސަލަ މިހާތަނަށް ކްރިމިނަލް ކޯޓުގައި އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފަ އެވެ.

އޭގެ ތެރެއިން ފުއްގިރި މައްސަލާގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައި ވާއިރު، އާރަށް މައްސަލާގެ ޝަރީއަތް އަންނަ ބުދަ ދުވަހަށެވެ. އެ ދެ މައްސަލަ ވެސް މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ފުއްގިރި މައްސަލާގައި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރާއިރު, އާރަށް މައްސަލާގައި ވެސް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރެ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ބޮޑު ޖަލު ހުކުމެއް އަންނާނެ އެވެ.

ޔާމީނުގެ އަޑު ކަނޑުވައި ޔާމީނު ޖަލަށް ލުމަށް މުއިއްޒު މަސައްކަތް ކުރަމުން ދަނީ، ސަރުކާރަށް ސަޕޯޓް ކުރާ ގިނަ ބަޔަކު، މުއިއްޒުގެ ސަރުކާރުގެ ކަންކަން ހިނގަމުންދާ ގޮތާއި ދެކޮޅުވެ، ޔާމީނު އާއި އެއްބައި ވެދާނެ ކަމަށް ހީކޮށެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ މަޖިލިސް ތެރޭގައި އޮތް މުއިއްޒުގެ ބާރުވެރިކަން ގެއްލިގެން ދާނެ ކަމަށް ސިޔާސީ މުފައްކިރުން ހާމަ ކުރެއެވެ.